Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 1:4 - ކިތާބުލް މުޤައްދަސާ

4 އެހެންވީމާ، މާތްރަސްކަލާނގެ، އެކަލާނގެ ދަރިންނަށްޓަކައި މަތިވެރިވެގެންވާ ތަރިކައެއްވަނީ ފަހަށް ރައްކާތެރި ކުރައްވާފައެވެ. އެތަރިކަ ތިޔަބައި މީހުންނަށްޓަކައި ތާހިރުކުރެވި އުނިކަމެއް އަދި ވީރާނާވުމެއް ނެތި ސުވަރުގޭގައި ވަނީ ރައްކާތެރި ކުރެވިފައިވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 1:4
27 ပူးပေါင်းရင်းမြစ်များ  

ދެން ރަސްގެފާނު އެމަނިކުފާނުގެ ކަނާތްޕުޅު ފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ބައްޕާފުޅު ތިޔަބައިމީހުންނަށް ބަރަކާތް ލައްވައިފި! ދުނިޔެ އުފެއްދެވުމުގެ ކުރިން ތިޔަބައިމީހުންނަށް ޓަކައި ތައްޔާރު ކުރެވިފައިވާ ރަސްކަން ލިބިގަތުމަށް އާދޭ.


އީސާގެފާނު އެކަލޭގެފާނުގެ ދަތުރުފުޅު ފެއްޓެވި ހިނދު، ފިރިހެނަކު ދުވެފައި އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠ހެޔޮލަފާ އެދުރުކަލޭގެފާނު، ނިމުންނުވާ ޙަޔާތެއް ލިބިގަތުމަށްޓަކައި އަޅުގަނޑު ކުރަން ޖެހޭނީ ކޮން ކަމެއްތޯ؟⁠“


މިއަދު އަހަރެން ކަލޭމެން މާތްރަސްކަލާނގެ ބެލެއްވުމުގެ ދަށަށާއި އެކަލާނގެ ނިޢުމަތްފުޅުގެ އުފާވެރި ޚަބަރުފުޅުގެ މައްޗަށް ދޫކޮށް އެކަލާނގެ ކިބަފުޅާއި ހަވާލު ކުރަން. އެ ޚަބަރުފުޅުގެ ސަބަބުން އެކަލާނގެ ޚާއްސަކުރައްވާ ހޮއްވަވާފައިވާ މީހުންނަށް ލިބޭނެ ހުރިހާ ރަޙުމަތެއް ކަލޭމެންނަށް ލިބޭނެ.


ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ދެއްވުމަށް ވަޢުދުފުޅު ކުރެއްވި މަތިވެރި ރަޙުމަތްފުޅު، އަމުރުފުޅުތަކާއި ގަވާއިދުތައް މެދުވެރިކޮށް އަހަރެމެންނަށް ލިބޭނެ ނަމަ، ދެން ކޮންމެހެން އެވަޢުދުފުޅު ކުރެއްވުމުގެ ބޭނުމެއް ނުވޭ ނޫންތޯއެވެ؟ ނަމަވެސް މާތްރަސްކަލާނގެ އެރަޙުމަތްފުޅު އިބްރާހީމްގެފާނަށް ދެއްވީ އެކަލާނގެ އެކުރެއްވި ވަޢުދުފުޅުންނެވެ.


އަލްމަސީޙާއި އަހަރެމެން ގުޅިފައިވަމުން އަހަރެމެންނަށް މާތްކަލާނގެ ވަނީ ތަރިކައެއް ދެއްވާފައެވެ. އެކަލާނގެ ވަނީ މާކުރީގައި ވެސް އަހަރެމެން އިޚްތިޔާރު ކުރައްވާފައެވެ. އެކަލާނގެ ހުރިހާ ކަމެއް ކުރައްވަނީ އެކަލާނގެ ރޭއްވެވުންފުޅާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.


މި މާތްރޫޙުފުޅަކީ އެކަލާނގެ އަގުދައްކަވައި ބައްލަވައިގެންފައިވާ އެކަލާނގެ ދަރިންނަށް ދެއްވަން ވަޢުދުވެ ވޮޑިގެންނެވި ތަކެތި ދެއްވާނެކަމުގެ ބަޔާނާއެވެ. އެއީ އެކަލާނގެއަށް މަތިވެރި ކަމާމެދު ޙަމްދު ތާރީފު ލިބިވޮޑިގަންނަވާނެ ފަދައިން ވުމަށެވެ.


ތިޔަބައިމީހުންގެ ހިތްއަލިކުރެއްވުން އެދި އަހަރެން ދުޢާ ދަންނަވަމެވެ. އޭރުން އެކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކަށް ދެއްވުމަށް އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި އުންމީދަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގިގެންވާނެއެވެ. އަދި އެކަލާނގެ މުޤައްދަސްކުރެއްވި ފަރާތްތަކަށް އެކަލާނގެ ދެއްވާ ތަރިކައިގެ މަތިވެރިކަމާއި މުއްސަނދިކަން ތިޔަބައިމީހުންނަށް ވިސްނޭނެއެވެ.


މަތިވެރި ބައްޕާފުޅަށް އަބަދުވެސް ޝުކުރު ކުރުން މަތީ ދެމިތިބޭށެވެ. އެކަލާނގެއީ އެކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތަރިކަ ދެއްވަން އެކަށޭނަ ފަދަ މުޤައްދަސް ބަޔަކަށް ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. އެއީ އެކަލާނގެ ރަސްކަންފުޅުގެ އަލިކަމުގެ ތެރޭގައި ވާ މީހުންނެވެ.


މި ކަމަކީ އުޑުގައި ތިޔަބައިމީހުންނަށްޓަކައި ބެހެއްޓިފައިވާ ތަކެއްޗާމެދު ތިޔަބައިމީހުން ކުރާ އުންމީދުގެ ނަތީޖާއެވެ. މި އުންމީދު ތިޔަބައިމީހުންނަށް ލިބިފައި ވަނީ ހެޔޮޚަބަރުފުޅުގެ ތެދު ރިސާލަތު ތިޔަބައިމީހުންނަށް ލިބުނު ހިނދުން ފެށިގެންނެވެ.


އެކަމުގެ ބަދަލުގައި މާތްސާހިބާގެ މީހުންނަށް ދެއްވަން ބަހައްޓަވާފައިވާ އިނާމުތައް ތިޔަބައިމީހުންނަށް ވެސް ދެއްވާނެއެވެ. އެހެނީ ތިޔަބައިމީހުންގެ އެޚިދުމަތް ރައްދުވަނީ މާތްސާހިބާ އީސާ އަލްމަސީޙަށެވެ.


މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.


އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.


އީސާގެފާނު އަވަހާރަވީ ކުރީގެ ޢަހުދުނާމާގެ ދަށުގައި ތިބެ ފާފަ ކުރި މީހުންގެ ފާފަތަކަށް ވެސް އަގު ދެއްކެވުމަށްޓަކައެވެ. މިއަދު އެކަލޭގެފާނު ހޮއްވެވި މީހުންނަށްޓަކައި އާ ޢަހުދުނާމާއެއް ހޯއްދަވައި ދެއްވުމުގައި އެކަލޭގެފާނު މެދުވެރިވެ ވަޑައިގެންފިއެވެ. އެ ޢަހުދުނާމާއަކީ މާތްރަސްކަލާނގެ ނިމުމެއް ނުވާ ބަރަކާތް އެމީހުންގެ މައްޗަށް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިދެނިވި ޢަހުދުނާމާއެކެވެ.


މުއްސަނދިންނަށް ޙާސިލު ކުރެވިފައިވާ އެންމެހާ ތަކެތި އެބައިމީހުންގެ އަތުން ނެތިގެން ދަނީ އިރު އޭގެ ގަދަފަދަ ހޫނުކަމާއެކު އަރައިގެން އައިސް ގަސްތަކުގެ ފަތްތައް މިލައިމޯޅި ކުރުވައި އޭގެ މައު ވެރި އަދި އޭގެ ރީތިކަން ނެތިގެންދާ ފަދައިންނެވެ. އަދި އެފަދަ މީހުން ނިމިގެންދާނީ އެބައިމީހުންގެ ވިޔަފާރިއާއިމެދުގައި އަވަދިނެތި އުޅޭ ޙާލުގައެވެ.


ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ.


އެއަށް ފަހު އަލްމަސީޙު، ހުއިހެއްޕުމުގެ އެންމެމަތީ ވެރިޔާ އެނބުރި ވަޑައިގަތުމުން، އޭގެ ރީތިކަމަށް ފަނޑުކަމެއް ނާންނަ ފަދަ ނޫރުން އެކުލެވިގެންވާ މަތިވެރި ތާޖު، ތިޔަބައިމީހުންނަށް ލިބިދޭނޭއެވެ.


ނަމަވެސް ތޯހިރު ވެގެން ނުވާ އެއްވެސް އެއްޗެއް އެ ސަހަރަކަށް އެތެރެއް ނުވާނެއެވެ. ނޫނީ ލަދުވެތި އަމަލުތައް ކުރާ މީހުންނާއި ދޮގުވެރިންނަށް އެ ސަހަރަކަށް ނުވަދެވޭނެއެވެ. އެ ސަހަރަށް ހަމައެކަނި ވަދެވޭނީ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި ނަން ލިޔެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ