Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޕަތަރަސްގެ ފުރަތަމަ ސިޓީ 1:21 - ކިތާބުލް މުޤައްދަސާ

21 އީސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުންނަށް އީމާންތެރި ވެވެނީ އެކަލޭގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރުއްވައި މަތިވެރި ޖަލާލަތުކަން ދެއްވި ކަމުންނެވެ. އެއީ ތިޔަބައިމީހުން އެކަލާނގެއަށް އުންމީދުކޮށް އިތުބާރުކުރާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޕަތަރަސްގެ ފުރަތަމަ ސިޓީ 1:21
34 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެބޭކަލުންނާއި ހަމައަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އުޑާއި ބިމުގައިވާހާ އަމުރުވެރިކަން އަހަރެންނަށް ވަނީ ދެއްވާފަ.


ވަރަށް ގަދަ އަޑުފުޅަކުން އީސާގެފާނު މީސްތަކުންނާއި މުޚާތަބު ކުރެއްވިއެވެ. ”⁠އަހަރެންނަށް އީމާންވާ މީހުން އެއީމާން ވަނީ އަހަރެންގެ މައްޗަށް އެކަންޏެއް ނޫން. އެމީހުން އެ އީމާންވަނީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ ކިބަފުޅަށް ވެސް މެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްގޮތަކަށް ވެސް ކަންބޮޑުނުވޭ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އިތުބާރުކޮށް އަހަރެންނަށް އީމާންވޭ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.


މި ހުރިހާ ވާހަކަތަކެއް އަސްޙާބީންގެ ގާތުގައި ދައްކަވައި ނިމިވަޑައިގަތުމުން އެކަލޭގެފާނު އުޑާއި ދިމާއަށް ބައްލަވާފައި ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! ދަރިފުޅުގެ ޖަލާލަތުކަން ފާޅުކުރައްވާ. އެއީ ދަރިފުޅުގެ ފަރާތުން އެ ޖަލާލުވަންތަކަން ފާޅުވެވޭނެ ގޮތް ވުމަށްޓަކާ!


ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.


ބައްޕާފުޅާ! އަޅުގަނޑަށް އިނބަރަސްކަލާނގެ ޙަޟްރަތުގައި މިހާރު ޖަލާލަތުކަން ދެއްވާ! އެއީ ދުނިޔެ އުފެއްދެވުމުގެ ކުރީގައި އިނބަރަސްކަލާނގެ ޙަޟްރަތުގައި އަޅުގަނޑަށް ދެއްވާފައިވާ ޖަލާލަތުކަން.⁠“


އެހެނީ އެކަލޭގެފާނު ފޮނުއްވެވީ މާތްރަސްކަލާނގެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލާނގެ ބަސްފުޅު. އެއީ މާތްރަސްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ ކިބައިގައި ވަކި ވަގުތެއް ވަކި މިންވަރެއް ނެތި ވާތީ.


އެހެންނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. އެއީ އެކަލޭގެފާނުގެ މައްޗަށް މަރަކަށް ބާރެއް ނުފޯރުވޭނެ.


އަހަރެމެންގެ ކާބަފައިން އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު އަޅުކަން ކުރާ މަތިވެރިކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އެކަލާނގެ އެންގެވި ފަދައިން ކަންކޮށް ޚިދުމަތް ކުރެއްވި އީސާގެފާނުގެ ނަންފުޅު މަތިވެރި ކުރައްވައިފި. މި އީސާގެފާނަކީ ކަލޭމެން އެކަލޭގެފާނާއި ދެކޮޅުވެ ޕިލާތުސްގެ ކައިރިއަށް ގެންދިޔަ އީސާގެފާނު. ޕިލާތުސްއަށް އެކަލޭގެފާނުގެ ކިބައިން އެއްވެސް ކުށެއް ނުފެނުމުން އެކަލޭގެފާނު ދޫކޮށްލުމަށް ނިންމި. ނަމަވެސް ކަލޭމެން އެދުނީ މި މާތް ރަނގަޅު ޞާލިޙު ކަލޭގެފާނުގެ ބަދަލުގައި އެތައް ބަޔަކު މަރާފައިވާ ނުބައި ކުށްވެރިއަކު ދޫކޮށްލުމަށް.


މިގޮތުން ކަލޭމެން މީސްތަކުންނަށް ދިރިހުރުން ދެއްވާ މީހާ މަރާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި. އަހަރެމެން އެތަން ދެކި އެކަމަށް ހެކިވަން.


ވީއިރު އަހާ. އަޅުގަނޑުމެން ބަނީއިސްރާއީލުގެ އެންމެންނަށް ހާމަކޮށް އަންގަން. އޭނާ ރަނގަޅުވީ ނާޒަރަތުގެ ރަށްވެއްސެއް ކަމުގައި ވީ އީސާ އަލްމަސީޙުގެ ބާރުފުޅުން. ކަލޭމެން އެކަލޭގެފާނު ސަލީބަކަށް ނަގާ މަރާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. މި ވާވެފައިވީ ނުހިނގޭ މީހާ މުޅިން ރަނގަޅުވެ މިއަދު ތިޔަ އެންމެ ހާ މީސްތަކުންގެ ކުރިމަތީ ކޮޅަށް މިހިރީ އީސާގެފާނުގެ ބާރުފުޅުން.


ތިޔަބައިމީހުން މާތްސާހިބާ އީސާގެފާނަށް ތަބާވެ އީމާންވީ ކަމާއި، އަދި މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ހުރިހާ އެންމެންނާއި މެދު ތިޔަބައިމީހުންގެ ހިތުގައިވާ ލޯތްބާއި ކުލުނުވާ ޚަބަރު އިވުމުން ތިޔަބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރުން އަހަރެން ހުއްޓައި ނުލަމެވެ. އަބަދާ އަބަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން ދުޢާ ދަންނަވަމެވެ.


މާތްކަލާނގެ އެ މީހުންނަށް މި ފާޅު ކުރައްވަނީ ހައްދެއް ނެތްފަދަ އިއްޒަތްތެރި އަދި ސިއްރެކެވެ. މި ސިއްރަކީ ބަނީއިސްރާއީލުން ނޫން މީހުންގެ ކިބައިގައި ވެސް އަލްމަސީޙު ވާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޖަލާލަތުކަން އައުމުން ތިޔަބައިމީހުންނާ ވެސް އެ ޖަލާލަތުކަން ޙިއްސާވެގެން ދާނެ ކަމުގެ މަތިވެރި އުންމީދު ތިޔަބައިމީހުންނަށް ލިއްބައިދޭނެ ކަމުގެ ޔަޤީންކަމެވެ.


މި ސިޓީ އަކީ އީސާގެފާނުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ އަދި އަހަރެމެން ހަމައެކަނި ދިންނަވާ ފަރާތުގެ އަމުރުފުޅަށް ހަމަޖެއްސެވި، އެކަލާނގެ މަންދޫބެއް ކަމުގައިވާ ޕައުލް ލިޔާ ސިޓީއެކެވެ. މި ހަމަޖެއްސެވުމަކީ އަހަރެމެންގެ އުންމީދު ކަމުގައިވާ އީސާ އަލްމަސީޙުގެ ހަމަޖެއްސެވުމެކެވެ.


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


އެކަމަކު ކުޑަ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށްކޮށް އީސާގެފާނު ހުންނެވިތަން އަހަރެމެންނަށް ފެނުނެވެ. އެހެން އެވީ މާތްރަސްކަލާނގެ ނިޢުމަތްފުޅުން އެންމެހާ މީސްތަކުންގެ ބަދަލުގައި އެކަލޭގެފާނު އަވަހާރަވެ ދިއުމަށްޓަކައެވެ. މިހާރު މި ފެންނަނީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތާޖު ބެހެއްޓެވި ޖަލާލަތު ކަމާއި ޝަރަފުވެރިކަން ދެއްވާފައި އެކަލޭގެފާނު ހުންނެވި ތަނެވެ. އެކަން އެހެން އެވީ މީސްތަކުންނަށްޓަކައި އެކަލޭގެފާނަށް އަވަހާރަވުމުގެ ރަހަ ފެނިވަޑައިގެންނެވި ކަމުންނެވެ.


އަހަރެމެން އީސާއަލްމަސީޙާ ބެހޭގޮތުން ދަސްކުރި އަސާސީ ފިލާވަޅުތަކާއިގެން އަބަދު ނޫޅެ މިކަންތަކާ މެދު ތަންކޮޅެއްބޮޑަށް މިހާރު ތަސައްރަފު ފުދެން ވެއްޖެއެވެ. އެއީ މަރާދިމާއަށް މީހާ ގެންދަވާ ޝައިތާނީ ކަންކަމާ ދުރުވެ މާތްރަސްކަލާނގެއަށް އީމާން ވުމާ ބެހޭ ވާހަކައެވެ. އެވާހަކަ ދެން ނުދައްކަމާ ހެއްޔެވެ؟


މާތްރަސްކަލާނގެ ޙަޟްރަތަށް ގެންދެވޭ މީހުން، އެކަލޭގެފާނު މެދުވެރިވެގެން ހުރިހާއިރަކުވެސް ސަލާމަތް ކުރެއްވުމުގެ ބާރުފުޅު އެކަލޭގެފާނަށް ލިބިވަޑައިގަންނަވައެވެ. އެމީސްތަކުންނާ ބެހޭ ވާހަކަތައް މާތްރަސްކަލާނގެއަށް ދެންނެވުމަށް އަބަދުވެސް އެކަލޭގެފާނު ދިރިދެމި ހުންނަވައެވެ.


އަލްމަސީޙުގެ މާތްރޫޙުފުޅު އެބޭކަލުންނާއި އެކުގައި ވޮޑިގެންވިއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރައްވާނޭ ވޭންތަކަށް ފަހު އެކަލޭގެފާނަށް މަތިވެރި ޖަލާލަތު ލިބިދެއްވާނޭ ޚަބަރުފުޅު މިކަންތައް ހިނގާ ދިޔުމުގެ ކުރިން އެބޭކަލުންނަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެހެންވީމާ، އެބޭކަލުން އަލްމަސީޙަކީ ކޮންބޭކަލެއް ކަމާއިމެދުގައްޔާއި އަދި އެކަލޭގެފާނު ވަޑައިގަންނަވާނެ ވަގުތަކާ މެދު އެތައް ގޮތަކުން ހޯދައިބެލިއެވެ.


އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.


އަލްމަސީޙު މިހާރު ވަޑައިގެން ވަނީ ސުވަރުގޭގައެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި މަތިވެރި ކަމާއެކުގައި ވަޑައިގެން ވެއެވެ. އަދި އެންމެހާ މަލާއިކަތުންނާއި އެންމެހާ ބާރުވެރި ފަރާތްތަކެއްގެ މައްޗަށް ބާރުހިންގުމުގެ ކުޅަދާނަކަން ލިބިގެން ވަނީ އެކަލޭގެފާނަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ