ޕަތަރަސްގެ ފުރަތަމަ ސިޓީ 1:20 - ކިތާބުލް މުޤައްދަސާ20 ދުނިޔެ އުފެއްދުވުމުގެ އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރެއްވީ މި މަގުސަދަށްޓަކައެވެ. ނަމަވެސް މިފަހަކަށް އައިސް މީސްތަކުންނަށް ފެނިދެނިވި ގޮތެއްގައި އެކަލޭގެފާނު ވަނީ މި ދުނިޔެއަށް ވަޑައިގަންނަވާފައެވެ. އަދި އެކަލޭގެފާނު މިފަދައިން އަމަލު ކުރެއްވީ ތިޔަބައި މީހުންނަށްޓަކައެވެ. အခန်းကိုကြည့်ပါ။ |
ދުނިޔެ އުފެއްދެވުމުގެ ކުރިން މާތްރަސްކަލާނގެ އަހަރެމެން ޚިޔާރު ކުރެއްވީ އަލްމަސީޙާއި އެކުގައި އެއްބައިވަންތަ ކަމުގައިވުމަށެވެ. އެއީ އަހަރެމެން ބަދުނާމުތަކުން އެއްކިބާކުރުވާ މާތް ކުރެއްވުމަށެވެ. އެކަލާނގެ ލޯބިވެ ވޮޑިގެންނެވުމުގެ ސަބަބުން އީސާ އަލްމަސީޙު މެދުވެރި ކުރައްވާ އަހަރެމެން ވަނީ އެކަލާނގެ ދަރިންގެގޮތުގައި ޚިޔާރު ކުރައްވާފައެވެ. އެއީ އެކަލާނގެ އެދިވޮޑިގަންނަވާ އަދި އުފާފުޅުވެވޮޑިގަންނަވާ ގޮތުގެ މަތިންނެވެ.
އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.
އެކަލޭގެފާނު، ދަރިން ކަމަށް އެވިދާޅުވާ މީހުންނަކީ އަހަރެމެން ފަދައިން މަހާއި ލެއިންވާ މީހުންނެވެ. ޚުދު އީސާގެފާނު ވެސް އެމީހުން ފަދައިން ވެވަޑައިގަންނަވައި އެމީހުންނާއެކު އިންސާނީ ފިތުރަތު ޙިއްސާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ގޮތަށް އަވަހާރަވެ ވަޑައިގަތީ މެރުމުގެ ބާރު ލިބިގެންވާ ޝައިތާނާ ހަލާކު ކޮށްލެއްވުމަށް ޓަކައެވެ.
އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!
ދިރުން ދެއްވާ ފަރާތް ކަމުގައިވާ އީސާގެފާނު އަހަރެމެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވިއެވެ. އަދި އަހަރެމެން އެކަލޭގެފާނު ދުށީމެވެ. އެހެންވީމާ އެކަލޭގެފާނާއި ބެހޭ ތެދު ޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން މި ބުނެދެނީ އެކަލޭގެފާނާއި މެދު ހެކިވަނިވި ބައެއްގެ ގޮތުގައި ތިބެއެވެ. އެ ދާއިމީ ޙަޔާތް ލިބެނީ ބައްޕާފުޅުގެ ކިބައިންނެވެ.