ޕަތަރަސްގެ ފުރަތަމަ ސިޓީ 1:18 - ކިތާބުލް މުޤައްދަސާ18 ތިޔަބައިމީހުންގެ ކާބަފައިންގެ ތަރިކައިން ތިޔަބައިމީހުންނަށް ދަސްވެފައިވީ އަގެއްނެތް ހުސް ދިރިއުޅުމުގެ ކައްފާރާއެއްގެ ގޮތުން މާތްރަސްކަލާނގެ ބަދަލު ދެއްވައި ތިޔަބައިމީހުން ސަލާމަތް ކުރައްވާފައި ވަނީ ރަނާއި ރިއްސަކުން ނޫނެވެ. އެ ތަކެއްޗަކީ ނެތިފަނާވެދާ ތަކެއްޗެވެ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންގެ ހުރި އީމާންތެރިކަމެއްގެ ޙަޤީޤަތް ސާބިތުވާނީ މިފަދަ އިމްތިޙާނުތަކުންނެވެ. އެހެނީ ރަން ވެސް އޭގައި ހުންނަ ނުސާފުކަން ސާފުކުރުމަށް އަލިފާނަށް ލާން ޖެހެއެވެ. ތިޔަބައިމީހުންގެ އީމާންތެރިކަން ފަނާވެދާނެ ރަނަށް ވުރެން އަގު ބޮޑެވެފައި މާ މުހިންމު ކަމަށް ވާތީ އެވެ. އެއީ އީސާ އަލްމަސީޙު ފާޅުވެވަޑައިގަންނަވާ ދުވަހު ތިޔަބައިމީހުންނަށް ވެސް އެކަލޭގެފާނުގެ ތާރީފާއި ޖަލާލަތާއި އިއްޒަތުގައި ޝާމިލު ވުމުގެ ޙައްޤު ލިބިގެންދާނެ ގޮތް ވުމަށްޓަކައެވެ.
ކަލާނގެވަންތަކަން ގަބޫލުނުކުރާ ފަރާތްތަކުން މާޒީގައި އުފާކުރި ކަންތައްތަކުގައި ތިޔަބައިމީހުންގެ ވަގުތުތައް ވެސް ވަނީ ބޭކާރު ކޮށްލާފައެވެ. ޖިންސީ ފާފަވެރިކަމާއި، ފާޙިޝް އެދުންތަކާއި، މަސްތުވުމާއި، ދިޔޯގެކުޅި ކުޅުމާއި، މަސްތުވުމަށްޓަކައި ބޮޑެތި ޖާފަތްތައް ބޭއްވުމާއި އަދި މާތްރަސްކަލާނގެ ފިޔަވައި އެހެނިހެން ތަކެއްޗަށް އަޅުކަން ކޮށްފައެވެ.