ޕަތަރަސްގެ ފުރަތަމަ ސިޓީ 1:14 - ކިތާބުލް މުޤައްދަސާ14 މާތްރަސްކަލާނގެއަށް ކިޔަމަންތެރިވާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ދަރިން ކަމުގައި ވުމެވެ. މާޒީގައި ތިޔަބައިމީހުންނަށް ކުރެވިދިޔަ ނުބައި އަމަލުތައް ކުރުމަށް އެނބުރި ނުދާށެވެ. އެކަންތައްތަކަކީ ތިޔަބައިމީހުންނަށް އެނގިގެންނުވާ ޙާލުގައި ކުރެވުނު ކަންތައްތަކެވެ. အခန်းကိုကြည့်ပါ။ |
އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!