Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 5:8 - ކިތާބުލް މުޤައްދަސާ

8 އެއީ މާތްރޫޙުފުޅާއި ފެނާއި ލެޔެއެވެ. މިތިނެތި އެއްބަސްވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 5:8
14 ပူးပေါင်းရင်းမြစ်များ  

އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ. މަތިވެރި ބައްޕާފުޅާއި ދަރިކަލުންނާއި އަދި މާތްރޫޙުފުޅުގެ ނަންފުޅުމަތީ އެމީހުން ތައުބާގެ ހިނެވުމުން ހިނަވާ. ހަމައެހެންމެ އަހަރެން ތިޔަބައިމީހުންނަށް ކިޔަމަންތެރިވުމަށް އަމުރުކުރި އެންމެހާ ކަންތައްތައް އެބައިމީހުންނަށް އުނގަންނައިދީ. އަދި އަހަރެން ބުނަން. ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.⁠“


ގިނަ ޢަދަދެއްގެ މީސްތަކުން ވެގެން އީސާގެފާނާއި ދެކޮޅަށް ދޮގުހެކި ދިން ކަމުގައި ވިޔަސް އެއިން އެއްވެސް މީހެއްގެ ވާހަކަ އެކަކުއަނެކަކު ކިޔާ އެއްޗަކާ ދިމައެއް ނުވެއެވެ.


ބައްޕާފުޅުގެ ފަރާތުން ފޮނުއްވޭ އެހީތެރިޔާ ކަމަށް ވާ، މާތްރޫޙުފުޅު އަހަރެން ކަލޭމެންގެ ގާތަށް ފޮނުއްވާނަން. އެރޫޙުފުޅު ކަލޭމެންނަށް ތެދަކީ ކޮބައިކަން ފުރިހަމައަށް އަންގަވައިދެއްވާނެ. އެ ރޫޙުފުޅު އަހަރެންނާއި މެދު ހެކިދޭނެ.


ނަމަވެސް އެތަނުން ސިފައިންގެ މީހަކު އެކަލޭގެފާނުގެ އަރިކަށިފުޅަށް ލޮންސިއެއް ހަރާލިއެވެ. އެއާއެކު އެކަލޭގެފާނުގެ ހަށިކޮޅުން ލެއާއި ފެން ފައިބައިގަތެވެ.


ނަބީބޭކަލުން އެބޭކަލުންގެ ލިޔުއްވުންތަކުގައި ލިޔުއްވި ބަސްފުޅުތަކާ މިހާރު މި ވަމުން ދާ ކަންތައްތަކާއި މުޅިން އެއްގޮތް. އެއީ ލިޔެވިގެންވި:


އީސާގެފާނު ސަލީބަށް އެރުވި އަވަހާރަވީ ރަށްބޭރު ދޮރާށިން ބޭރުގައެވެ. އެއީ އެކަލޭގެފާނުގެ ހަށިކޮޅުގެ ލޭފޮދުން އެކަލޭގެފާނުގެ މީހުންގެ ފާފައިން ތާހިރު ކުރެއްވުމަށެވެ.


އެމީހެއްގެ އީމާންކަން ދޫކޮށްލި މީހަކު އަލުން އަނބުރާ އީމާންކަމުގެ ތެރެއަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ ހިތްތަކަށް ވަނީ މާތްރަސްކަލާނގެ ނޫރުފުޅުގެ އަލިކަން މީގެ ކުރީގައި ލިބިފައެވެ. އެމީހުންނަށް ވަނީ ސުވަރުގޭގެ ހަދިޔާގެ ރަހަފެނި މާތްރޫޙުފުޅު ޙިއްސާ ކުރެވިފައެވެ.


އެ ފެނުގެ ތޫފާނުގައި ވީ ފެނަކީ މިއަދު ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދީފައިވާ ތައުބާގެ ހިނެވުމާއި މެދުގައި ވީ ސިފަކުރުމެކެވެ. ނަމަވެސް ތައުބާގެ ހިނެވުމަކީ ތިޔަބައިމީހުންގެ ހަށިގަނޑު ދޮވެލުމަށް ވުރެން މާ މަތިވެރިކަމެކެވެ. މީގެ މާނައަކީ ޟަމީރުގެ ސާފުކަމާއިއެކު މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަވުމެވެ. ސަބަބަކީ އީސާ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގަތުމެވެ.


އަހަރެމެން އިންސާނުންގެ ހެކިބަސް ވެސް ގަބޫލު ކުރަމެވެ. މާތްކަލާނގެ ހެކިވެ ވޮޑިގަތުން އިންސާނެއްގެ ހެކިބަހަށް ވުރެން މާ މަތިވެރި ކަމެކެވެ. އެކަލާނގެ ވަނީ އެ ދަރިކަލުންނާ މެދު މި ގޮތަށް ހެކިވެ ވޮޑިގެންފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ