Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 5:3 - ކިތާބުލް މުޤައްދަސާ

3 މާތްކަލާނގެ ދެކެ ލޯބިވަމޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމެވެ. އެކަލާނގެ އަމުރުފުޅުތަކަކީ ބުރަ އަމުރުފުޅުތަކެއް ނޫނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 5:3
26 ပူးပေါင်းရင်းမြစ်များ  

އެކަމަކު އަހަރެން ދެކެ ލޯބިވެ އަހަރެންގެ އަމުރުތަކަށް ކިޔަމަންތެރިވާ ފަރާތްތަކަށް އެމީހުންގެ ހާސް ދަރިކޮޅާ ހަމަޔަށް ވެސް އަހަރެންގެ ދެގޮތެއްނުވާ ލޯބި ދޭނަން.


ވިސްނުންތެރިކަމަކީ ދިރިއުޅުން އުފާވެރި ކޮށްދީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭ އެއްޗެކެވެ.


އެބައިމީހުން ހަރުކަށި ގަވާޢިދުތައް ހަދާނެ. އެބައިމީހުންނަށް ކިޔަމަންތެރިވުމަށް މީސްތަކުންނަށް އެބައިމީހުން އަމުރު ކުރާނެ. ނަމަވެސް އެބައިމީހުންގެ ހަރުކަށި ގަވާޢިދުތަކުގައި ހިފެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމަށް އެބައިމީހުން ފުރަގަސްދޭ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެން ދެކެ ލޯބިވާނަމަ އަހަރެންގެ އަމުރަށް ކިޔަމަންވާނެ.


އަހަރެންގެ އަމުރަށް ކިޔަމަން ވާނަމަ ކަލޭމެން ތިބޭނީ އަހަރެންގެ ލޯތްބާ ގުޅިފައި. އެއީ އަހަރެން ބައްޕާފުޅު ބަސް އެހުމުގެ ސަބަބުން އަހަރެން ބައްޕާފުޅުގެ ލޯތްބާ ގުޅިފައިވާ ފަދައިން.


ކަލޭމެން އަހަރެންގެ ބަސްތަކަށް ކިޔަމަން ވަނީ ނަމަ ކަލޭމެންނަކީ އަހަރެންގެ ރަޙުމަތްތެރިން، އަދި ގާތް މީހުން.


އެކަމަކު ތިމަންކަލާނގެ އިސްރާއީލުންނަށް މި އާ ޢަހުދުނާމާ ގާއިމު ކުރައްވައި، ތިމަންކަލާނގެ މީސްތަކުންގެ ސިކުނޑިއަށް އެއަމުރުފުޅުތައް ވައްދަވައި، އެއަމުރުފުޅުތައް އެމީހުންގެ ހިތްތަކުގައި ލިޔުއްވާނެ ދުވަސް އެބަ އާދެއެވެ. ތިމަންކަލާނގެ ވާހުށީ އެމީހުންގެ ކަލާނގެ ކަމުގައެވެ. އަދި އެމީހުން ވާހުށީ ތިމަންކަލާނގެ މީހުން ކަމުގައެވެ.


އަހަރެމެންނަށް މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރެވެނީނަމަ އަހަރެމެންނަށް އެކަލާނގެ އެނގޭކަން ކަށަވަރުވެއެވެ.


ލޯބިވުމުގެ މާނައަކީ މާތްރަސްކަލާނގެ އެންގެވި ފަދައިން އަހަރެމެން އަމަލުކުރުން ވެސް މެއެވެ. އަދި ފެށުމުގައި ވެސް އެންމެ ފުރަތަމަ، އެ ކަލާނގެ އެންގެވީ އެކަލާނގެއާއި އެހެނިހެން މީހުން ދެކެ ލޯބި ވުންމަތީ ތިޔަބައިމީހުންގެ ދިރިއުޅުން ހޭދަ ކުރަމުން ގެންދިއުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ