ޔޫޙަންނާގެ ފުރަތަމަ ސިޓީ 5:21 - ކިތާބުލް މުޤައްދަސާ21 އަހަރެންގެ ލޯބިވާ ދަރިންނޭވެ! ތިޔަބައިމީހުންގެ ހިތުގައިވާ މާތްކަލާނގެ މަޤާމު އަތުލައިފާނެ ހުރިހާ ވިޔާނުދާ ކަމަކުން ދުރުހެލިވެ ތިބޭށެވެ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުން އަހަރެމެން ބަލައިގަތްގޮތާއިމެދު އެކި ކަންކޮޅުތަކުގައި ވީ މީސްތަކުން އަހަރެމެންނަށް ބުނެދީފައިވެއެވެ. އަދި ތިޔަބައިމީހުން ބުދުތަކަށް އަޅުކަން ކުރުމުން އެއްކިބާވެ، ދިރިދެމި ވޮޑިގެންވާ ހަޤީޤީ ރަސްކަލާނގެ ކިބަފުޅަށް އަޅުކަންކުރުން މަތީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދާ ގޮތުގެ ވާހަކަވެސް އެ މީސްތަކުން އަހަރެމެންނަށް ބުނެދީފައި ވެއެވެ.
އަހަރެންގެ ލޮބުވެތި ދަރިންނޭވެ. އަހަރެން މިހެން ތިޔަބައިމީހުންނަށް މިލިޔަނީ ތިޔަބައިމީހުން ނުބައިވެގެންވީ ފާފަވެރި އަމަލުތަކުގައި ބައިވެރި ނުވާނެ ގޮތް ހެދުމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ނުބައި ޢަމަލެއް ކުރެވިއްޖެނަމަ މާތްރަސްކަލާނގެ ބައްޕާފުޅުގެ ޙަޟްރަތުގައި އަހަރެމެންނާމެދު މަދަދުވެރިވާނެ ފަރާތެއް ވެއެވެ. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ހަމައެކަނި ޞާލިޙުވަންތަ ފަރާތް ކަމުގައިވާ އީސާ އަލްމަސީޙު އެވެ.
އެބައިމީހުން ކަނޑު ދާއްބައަށާއި އޭތީގެ ސޫރައަށް އަޅުކަންކޮށް އަދި އޭތީގެ ނަމުގެ ނިޝާން ޖަހާފައިވާނަމަ، އެބައިމީހުންނަށް ދުވާލާއި ރޭގަނޑު ޢުޤޫބާތް ދެއްވުމުގައިވާނެ. އެބައިމީހުންނަށް ދެވޭ ޢުޤޫބާތުގެ ދުންތައް އަބަދާއި އަބަދު މައްޗަށް އަރައަރާ ހުންނާނެމެ. އަދި އެބައިމީހުންނަށް އަރާމުކޮށްލުމަށް ވަގުތެއް ނުމެލިބޭނެ.“
މި މުސީބާތްތަކުން މަރުނުވެ ތިބި މީސްތަކުން އެބައިމީހުންގެ އަތުން ހަދާފައިވާ އެއްޗިއްސަށް އަޅުކަން ކުރުން ހުއްޓައި އެމީހުންގެ ފާފަތަކަށް ތައުބާ ނުމެވިއެވެ. އެމީހުން ޖިންނިތަކަށާއި ނުވަތަ ރަނާއި ރިހިންނާއި، ކަފުލޮއިންނާއި ހިލައިގެ އިތުރުން އަދި ލަކުޑިން ހަދާފައިވާ ބުދުތަކަށް އަޅުކަން ކުރުން ނުމެ ހުއްޓިމެއެވެ. އެތަކެއްޗަކީ ފެނުމެއް ލިބިގެންނުވާ އަދި އިވުމެއްނުވާ އަދި ނުހިނގޭ ތަކެއްޗެވެ.