ޔޫޙަންނާގެ ފުރަތަމަ ސިޓީ 5:11 - ކިތާބުލް މުޤައްދަސާ11 މި ބުނެވުނު ހެކީގެ ބަޔާނަކީ މިއީއެވެ: މާތްކަލާނގެ ވަނީ އަހަރެމެންނަށް ނިމުމެއްނުވާ ދިރިހުރުން ދެއްވާފައެވެ. މި ދިރިހުރުން އަހަރެމެންނަށް ލިބިފައި ވަނީ އެ ދަރިކަލުން މެދުވެރި ވެގެންނެވެ. အခန်းကိုကြည့်ပါ။ |
އަހަރެންނާއިމެދު މާތްރަސްކަލާނގެ ކޮޅެއްނެތްހާ ކެތްތެރިކަމާއެކު ބައްލަވާ ވޮޑިގެން އަހަރެންފަދަ އެންމެ ނުބައި ފާފަވެރިއަކަށް އެކަލާނގެ ރަޙުމަތްވަންތަކަން ދެއްވުމުގެ ބޭނުންފުޅަކީ އީސާ އަލްމަސީޙާއި މެދު ޢާންމު ނަމޫނާއެއްކަމުގައި އަހަރެން ލެއްވުމެވެ. ހަމައެހެންމެ، އެހެންމީހުން މިކަން ބަލައި އެނގި އެކަލޭގެފާނު ގަބޫލުކޮށް އީމާން ވުމުން ނިމުންނުވާ ޙަޔާތް ލިބުމެވެ.
ޙަޤީޤީ ލޯތްބަކީ މިއީއެވެ. ފަހަރެއްގައި ވެސް އަހަރެމެން މާތްކަލާނގެ އާއިމެދުގައި ލޮބުވެތިކަމާއެކުގައި ވާތީއެއް ނޫނެވެ. އެއީ އެކަލާނގެ އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. އަދި މާތްކަލާނގެ އެކަލާނގެ ދަރިކަލުން މިދުނިޔެއަށް ފޮނުއްވައި އެ ކަލޭގެފާނު ޤުރުބާންވެ ވަޑައިގެންނެވުމުގެ ސަބަބުން އަހަރެމެންގެ ފާފަތައް ވަނީ އަފޫކޮށްދެއްވާފައި އެވެ.
މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.