ޔޫޙަންނާގެ ފުރަތަމަ ސިޓީ 5:10 - ކިތާބުލް މުޤައްދަސާ10 އެހެންކަމުން އެ ހެކިބަސް ވަނީ މާތްކަލާނގެ ދަރިކަލުން ގަބޫލު ކުރާ މީހުންގެ ހިތުގައި ބިންވަޅު ނެގިފައެވެ. އެކަމަކު މާތްކަލާނގެ ގަބޫލު ނުކުރާ މީހުން އެކަލާނގެ ބަސްފުޅު ދޮގު ކުރެއެވެ. އެހެނީ އެމީހުން އެކަލާނގެ ދަރިކަލުންނާ މެދު ވަޙީކުރެއްވި ބަސްފުޅު ގަބޫލެއް ނުކުރެއެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.
އެފަދަ ތަޖުރިބާކަމުގެ ސަބަބުން އަހަރެމެންނަށް ނަބީން ގެންނެވި ބަސްފުޅުތަކާމެދު އިތުރު އިތުބާރެއް ލިއްބާދެއެވެ. އެބޭކަލުން ލިޔުއްވާފައިވާ ބަސްފުޅުތަކާއިމެދު ސަމާލުވާށެވެ. އެބޭކަލުންގެ ބަސްފުޅުތައް އަނދިރި ތަނެއްގައި ބަބުޅަމުން ދާ އަލިކަންފަދައިން ވެއެވެ. އެއީ އަލްމަސީޙު އެނބުރި ވަޑައިގެން ފަޖުރުތަރި ފަދައިން ތިޔަބައިމީހުންގެ ހިތްތަކުގައި ވިދާ ބަބުޅާ ދުވަހަށް ދާންދެނެވެ.
ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.“