ޔޫޙަންނާގެ ފުރަތަމަ ސިޓީ 5:1 - ކިތާބުލް މުޤައްދަސާ1 އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އަކީ ޙަޤީޤަގަތުގައި ވެސް ކަލޭމެންގެ ބައްޕަ ނަމަ ކަލޭމެން އަހަރެން ދެކެ ލޯބި ވީސް. އެހެނީ އަހަރެން އައިސް މިހިރީ މާތްރަސްކަލާނގެ ފޮނުއްވީމާ. އަހަރެން މިތަނުގައި މިހިރީއަކީ އަހަރެންގެ އަމިއްލަ ޙައިސިއްޔަތަކުންނެއް ނޫން. އަހަރެން ފޮނުއްވާފައި މިވަނީ މާތްރަސްކަލާނގެ ޙަޟްރަތުން.
އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.
މާތްރަސްކަލާނގެ ދަރިންގެ ގޮތުގައިވާ އެއްވެސް ބަޔަކު ފާފަކުރުމުގައި ދެމިއެއް ނުތިބެއެވެ. ސަބަބަކީ އެބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ ޒާތުފުޅު ވޮޑިގެންވާކަމެވެ. އެހެންވީމާ، އެފަދަ ބަޔަކު ފާފަކުރުން މަތީގައި ދެމި ތިބުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ބަޔަކު ވާނީ މާތްރަސްކަލާނގެ ދަރިން ކަމުގައެވެ.
އިޚުލާސްތެރި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވާށެވެ. އެއީ ލޯތްބަކީ މާތްރަސްކަލާނގެ ޙަޟްރަތުން ލިބިދޭ ކަމަކަށް ވާތީއެވެ. އެހެންވީމާ ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނެކުންނާއި މެދުގައި ލޯބިވާކަމުގައި ވާނަމަ އެ މީހަކީ މާތްރަސްކަލާނގެ ދަރިއެކެވެ. އަދި އެމީހަކަށް ޙަގީގަތުގައި މާތްރަސްކަލާނގެ އެނގިގެން ވެއެވެ.