Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:7 - ކިތާބުލް މުޤައްދަސާ

7 އިޚުލާސްތެރި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވާށެވެ. އެއީ ލޯތްބަކީ މާތްރަސްކަލާނގެ ޙަޟްރަތުން ލިބިދޭ ކަމަކަށް ވާތީއެވެ. އެހެންވީމާ ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނެކުންނާއި މެދުގައި ލޯބިވާކަމުގައި ވާނަމަ އެ މީހަކީ މާތްރަސްކަލާނގެ ދަރިއެކެވެ. އަދި އެމީހަކަށް ޙަގީގަތުގައި މާތްރަސްކަލާނގެ އެނގިގެން ވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:7
25 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އަހަރެން ކަލޭމެންނަށް އާ އަމުރެއް ކުރަން. އެ އަމުރަކީ ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވޭ. ހަމަ އަހަރެން ކަލޭމެން ދެކެ ލޯބިވީ ފަދައިން ކަލޭމެން ވެސް އެކަކު އަނެކަކު ދެކެ ލޯބިވާތި.


ނިމުންނުވާ ދިރިހުރުން ލިބުމުގެ މާނައަކީ ހަމައެކަނި މުޠުލަގުވަންތަ ކަލަކީ ކޮބައިކަން އެނގުމާއި އަދި އިނބަރަސްކަލާނގެ ފޮނުއްވި އީސާ އަލްމަސީޙު އަކީ ކޮބައިކަން އެނގި ކަށަވަރު ވުން.


ނަމަވެސް މިހާރު ކަލޭމެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން އެނގިއްޖެއެވެ. ނުވަތަ އެހެންގޮތަކަށް ބުނާނަމަ މާތްރަސްކަލާނގެ ކަލޭމެން ދެނެވޮޑިގެންފިއެވެ. ވީއިރު އަނެއްކާ ކަލޭމެން ކުރީގެ ގޮތްތަކަށް އެނބުރި ގޮސް، ދުނިޔޭގައި ވެރިކަން ހިންގަމުން ދާ ބާރެއް ނެތް ބޭކާރު ރޫޙުތަކެއްގެ ދަށުވުމަށް ދާން ތިޔަ އުޅެނީ ކީއްވެހެއްޔެވެ؟ އަނެއްކާވެސް ކަލޭމެން ބޭނުމީ އެތަކެތީގެ އަޅުންނަށް ވުމަށްހެއްޔެވެ؟


ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން،


އަހަރެމެން ބިރުވެތިވެ ފިނޑިވުމަކަށް މާތްރަސްކަލާނގެ އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަކަށް ނުދެއްވައެވެ. އެހެނަސް އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވީ ބާރާ، ލޯތްބާއި ނަފްސު ތަރުބިއްޔަތު ކޮށްދެއްވުމަށެވެ.


މިހާރު، ތިޔަބައިމީހުންގެ ނަފްސުތައް ސާފު ތާހިރުވެގެން ވަނީ އުފާވެރި ޚަބަރުފުޅާމެދު ކިޔަމަންތެރިކަމާއެކު އިތުބާރު ކުރުމުންނެވެ. އެހެންވީމާ، ތިޔަބައިމީހުން ތެދުވެރިކަމާއެކު މަސީޙީންގެ އެކަކު އަނެކަކަށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


ނަމަވެސް އަހަރެމެން އަނެކުންނާއިމެދު ލޮބުވެތިކޮށް ހިތާނަމަ އަހަރެމެންނަށް އެތިބެވެނީ އަލިކަމުގެ ތެރޭގައެވެ. އޭރުން އަހަރެމެންގެ ކިބައިން އަނެކާގެ މަގުން ކައްސާލާނެ ގޮތް މެދުވެރިއެއް ނުވާނެއެވެ.


ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން އަބަދުވެސް އަލްމަސީޙު އަމަލު ކުރައްވާނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިންނެވެ. އެހެންކަމުން އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލު ކުރާ އެންމެންނަކީ އެކަލާނގެ ދަރިންކަން އަހަރެމެންނަށް އެނގެއެވެ.


އަހަރެމެންނަށް މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރެވެނީނަމަ އަހަރެމެންނަށް އެކަލާނގެ އެނގޭކަން ކަށަވަރުވެއެވެ.


އެހެންވީމާ، އަހަރެމެންނަށް އެކަލާނގެ އެނގޭކަމަށް ދަޢުވާ އުފުލައި އަހަރެމެން އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ނުވާނަމަ، އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އަހަރެމެންގެ ހިތްތަކުގައި އެއްވެސް ތެދުވެރިކަމެއް ނުވަނީއެވެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެން ތިޔަބައިމީހުންނަށް ލިޔާ މި އަމުރުފުޅަކީ އާ އަމުރުފުޅެއްނޫނެވެ. މިއީ ތިޔަބައިމީހުންނަށް އެންމެ ކުރީގައި ވެސް ބާވައިލައްވާފައިވާ އަމުރުފުޅެކެވެ. މިއީ ތިޔަބައިމީހުންނަށް މީގެ ކުރީގައި ވެސް އަޑުއިވިފައިވާނެ އަމުރުފުޅެއް ވެސް މެއެވެ.


މާތްރަސްކަލާނގެ ދަރިންގެ ގޮތުގައިވާ އެއްވެސް ބަޔަކު ފާފަކުރުމުގައި ދެމިއެއް ނުތިބެއެވެ. ސަބަބަކީ އެބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ ޒާތުފުޅު ވޮޑިގެންވާކަމެވެ. އެހެންވީމާ، އެފަދަ ބަޔަކު ފާފަކުރުން މަތީގައި ދެމި ތިބުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ބަޔަކު ވާނީ މާތްރަސްކަލާނގެ ދަރިން ކަމުގައެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މާތްރަސްކަލާނގެ އަހަރެމެންދެކެ ނުހަނު ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަމުން އަހަރެމެން ވެސް އެކަކު އަނެކަކާ މެދު ލޯބިވާން ޖެހެއެވެ.


އެއްވެސް އިންސާނަކަށް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. ނަމަވެސް އަހަރެމެން އެކަކު އަނެކަކަށް ލޯބިވާނަމަ، މާތްރަސްކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައެވެ. އަދި އެކަލާނގެ ލޯބި އަހަރެމެންގެ ކިބައިގައި ފުރިހަމަވެފައި ވާނެއެވެ.


އަހަރެމެންނާ މެދު މާތްކަލާނގެ ލޯބިވެ ވޮޑިގަންނަވާ މިންވަރު އަހަރެމެންނަށް އެނގެއެވެ. އެލޯތްބާމެދު އަހަރެމެން މިތިބީ އިތުބާރު ކޮށްގެންނެވެ. މާތްކަލާނގެއަކީ ލޯތްބެވެ. އެހެންކަމުން ލޮބުވެތިކަން މަތީގައި ތިބޭ ބަޔަކު އެތިބެނީ މާތްކަލާނގެއާ ގުޅިލާމެހިފައެވެ.


އަހަރެމެން މާތްރަސްކަލާނގެ އާއިމެދު ލޮބުވެތި ވަމޭ ބުނެ އަހަރެމެން މަސީޙީން އެކަކުއަނެކަކު ދެކެ ލޯބި ނުވާނަމަ އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އެހެނީ އަހަރެމެންނަށް ފެންނަން ތިބި އަޚުންނާ އުޚުތުން ދެކެ ލޯބި ނުވެވޭނަމަ އަހަރެމެންގެ ލޮލަށް ނުފެންނަ ކަލެއް ދެކެ ލޯބިވެވޭނެ ހެއްޔެވެ؟


ނަމަވެސް އަނެކުންނާއި މެދު ލޮބުވެތި ކަމާއެކު އަމަލު ކުރަމުން ނުގެންދާ ބަޔަކަށް މާތްރަސްކަލާނގެ އެއް ނޭނގޭނެއެވެ. ސަބަބަކީ އެންމެހާ ކަމެއްގައި މާތްރަސްކަލާނގެއީ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ.


އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ.


ލޯބިވާ ކަމަނާއެވެ! ތިޔަބައިމީހުން މީގެ ކުރީން އަމަލުކޮށްފައި ނުވާ ކަމެއް ކުރަން އެންގުމަކަށް އަހަރެން މިސިޓީއެއް ނުލިޔަމެވެ. އަހަރެން މި ސިޓީގައި މި ލިޔަނީ ތިޔަބައިމީހުން އެކަކު އަނެކެއްގެ މައްޗަށް ލޯބި ވުމަށެވެ. އެއީ އެންމެ ފުރަތަމައިނުން ތިޔަބައިމީހުން ކުރުމަށް އަންގަވާފައިވާ ކަންތަކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ