Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:5 - ކިތާބުލް މުޤައްދަސާ

5 މިފަދަ ދޮގު އެދުރުންނީ ދުނިޔަވީ ދޮގުވެރިންނެވެ. އެފަދަ މީހުންގެ އުނގަންނައިދިނުންތައް ބިނާވެފައި ވާނީ ވެސް ދުނިޔަވީ އުސޫލުތަކުގެ މައްޗަށެވެ. އަދި ދުނިޔޭގެ މީސްތަކުން އެފަދަ ދޮގުވެރިންގެ އަޑުއަހާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:5
15 ပူးပေါင်းရင်းမြစ်များ  

މި މުއްސަނދި މީހާ އޭނާގެ މި މަކަރުވެރި މެނޭޖަރަށް ސާބަސް ދިން. އެއީ އޭނާ އެ ކަންތައް ކުރިލެއް ހުޝިޔާރު ކަމުން. އެއީ މާތްރަސްކަލާނގެ ދެއްވި ތެދު އަލިމަގުގައި ވާ މީހުންނަށް ވުރެ އެކަލާނގެއަށް އީމާން ނުވާ މީހުން އެކަކު އަނެކަކާއި މެދު ކަންތައް ކުރާއިރު މާ ހުޝިޔާރުވާނެ.


އިނބަރަސްކަލާނގެ އެންގެވުންތައް އަޅުގަނޑު އެމީހުންނަށް ފޯރުކޮށް ދިނިން. އެމީހުން ދެކެ ދުނިޔެ ނަފްރަތު ކުރޭ. އެހެނީ އެމީހުންނަކީ ދުނިޔެއަށް ނިސްބަތްވާ ބައެއް ނޫން. އެއީ އަޅުގަނޑަކީ ވެސް ދުނިޔެވީ މީހަކަށް ނުވާ ފަދައިން.


ހަމަ އަޅުގަނޑެކޭ ވެސް އެއްފަދައިން އެމީހުންނަކީ ވެސް މި ދުނިޔެއަށް ނިސްބަތްވާ ބައެއް ނޫން


”⁠އެކަލޭގެފާނު ވަޑައިގެންނެވީ އެންމެ މަތިން. ނަމަވެސް އަހަރެންނަކީ މި ދުނިޔޭގެ މީހެއް. އަދި އަހަރެންނަށް އެނގެނީ ވެސް މި ދުނިޔޭގެ ކަންތައްތައް. ނަމަވެސް އެކަލޭގެފާނު ވަޑައިގެންނެވީ ސުވަރުގެއިން. އެހެން އެއްވެސް މީހަކަށް ވުރެ އެކަލޭގެފާނުގެ މަތިވެރިކަން ބޮޑު.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ތިރީ ދުނިޔޭގެ މީހުން. އަހަރެން މިއީ މަތީ ދުނިޔޭގެ މީހެއް. ކަލޭމެންނަކީ މި ދުނިޔޭގެ މީހުން. ނަމަވެސް އަހަރެންނަކީ މިދުނިޔޭގެ މީހެއް ނޫން.


ސައްޙަ ތައުލީމެއްގެ އަޑުއަހަން މީސްތަކުންނަށް ކެތްނުކުރެވޭނެ ފަދަ ދުވަހެއް އަންނާނެއެވެ. އޭގެ ބަދަލުގައި އެމީހުން އަހާހިތްވާނީ އެމީހުންގެ ކަންފަތްތަކުގެ ކެހުން ފިލާފަލަ ބަސްތަކެވެ. އެމީހުން ހިތް އެދޭ އެފަދަ ބަސްތައް ބުނާ އެދުރުން ވަށާލެވޭތޯ އެމީހުން ބަލާނެއެވެ.


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ