ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:4 - ކިތާބުލް މުޤައްދަސާ4 ދަރިންނޭވެ! ތިޔަބައިމީހުންނީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ތިޔަބައިމީހުން ވަނީ އެފަދަ އެންމެހާ މީހުންގެ ދޮގު ފަތުވާތަކުގެ މައްޗަށް ފަތަޙަ ހޯދާފައެވެ. ތިޔަބައިމީހުންނަށް މިފަދަ ހިތްވަރެއް ލިބިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ ކިބައިގައި ވާތީއެވެ. ސަބަބަކީ އެ މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ އަކީ ކޮބައިކަން ނޭނގޭ މީހުންގެ މައްޗަށް ބާރުހިންގާ ޝައިތާނާގެ ރޫޙަށް ވުރެން މާ މަތިވެރި ބާރެއް ކަމުންނެވެ. အခန်းကိုကြည့်ပါ။ |
އަޅުގަނޑު ވަނީ އެމީހުންގެ ކިބައިގައި. އިނބަރަސްކަލާނގެ ވަނީ އަޅުގަނޑުގެ ކިބައިގައި. އެހެންކަމުން އެމީހުންނަކީ ވެސް ފުރިހަމަ އެކައްޗަކަށް ވާނެ. އެއީ އަޅުގަނޑު ދުނިޔެއަށް ފޮނުއްވީ އިނބަރަސްކަލާނގެ ކަން ދުނިޔެއަށް އެނގޭނެ ގޮތް މެދުވެރި ވުމަށްޓަކައި. އަދި އެމީހުން ދެކެވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ވާ ފަދަ ލޯތްބެއް ވާކަން އެނގި ފާޅުވުމަށްޓަކައި.
އަހަރެންގެ ލޮބުވެތި ދަރިންނޭވެ. އަހަރެން މިހެން ތިޔަބައިމީހުންނަށް މިލިޔަނީ ތިޔަބައިމީހުން ނުބައިވެގެންވީ ފާފަވެރި އަމަލުތަކުގައި ބައިވެރި ނުވާނެ ގޮތް ހެދުމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ނުބައި ޢަމަލެއް ކުރެވިއްޖެނަމަ މާތްރަސްކަލާނގެ ބައްޕާފުޅުގެ ޙަޟްރަތުގައި އަހަރެމެންނާމެދު މަދަދުވެރިވާނެ ފަރާތެއް ވެއެވެ. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ހަމައެކަނި ޞާލިޙުވަންތަ ފަރާތް ކަމުގައިވާ އީސާ އަލްމަސީޙު އެވެ.
ބަފައިންނަށް މިފަދައިން އަހަރެން މިލިޔަނީ ދުނިޔެ ފެށުމުގެ ކުރީގައި ވެސް ހުންނެވި އަލްމަސީޙު ތިޔަބައިމީހުންނަށް އެނގިފައިވާތީއެވެ. ޒުވާނުންނޭވެ! ތިޔަ އެންމެހައި ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފައި ވާތީއެވެ. އަހަރެންގެ ލޮބުވެތި ދަރިންނޭވެ! އަހަރެން މިފަދައިން ތިޔަ ދަރިންނަށް ލިޔާ ސަބަބަކީ ތިޔަ ދަރިންނަށް މަތިވެރި ބައްޕާފުޅު އެނގިފައިވާތީއެވެ.
އަހަރެމެންނީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ބައެއް ނަމަ އަހަރެމެން ވާނީ މާތްރަސްކަލާނގެ އާ ގުޅި ލާމެހިފައެވެ. އަދި އެކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައި ވެސްމެއެވެ. އެކަލާނގެ އަހަރެމެންނާ ގުޅި ލާމެހިފައިވާކަން އަހަރެމެންނަށް އެނގެނީ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ވާތީއެވެ.
އަހަރެމެންނީ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ބަޔަކީމުއެވެ. ވުމާއެކު، މާތްރަސްކަލާނގެ ދަންނަ ކޮންމެ މީހަކު އަހަރެމެންގެ އުނގަންނައިދިނުންތަކުގެ އަޑު އަހައެވެ. ނަމަވެސް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި މީސްތަކުންގެ ތެރެއިން ނުވާ އެއްވެސް މީހަކު އަހަރެމެންގެ އުނގަންނައިދިނުންތަކުގެ އަޑެއް ނާހައެވެ. އެހެންވީމާ، މާތްރަސްކަލާނގެ މާތްރޫޙުފުޅު ވޮޑިގެންވާ ކަމުގައި ބުނެ މީސްތަކުން ދައްކާ ވާހަކަތަކުގެ ދޮގުތެދު އަހަރެމެންނަށް އެނގެނީ މިގޮތުގެ މަތިންނެވެ.