Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:3 - ކިތާބުލް މުޤައްދަސާ

3 ނަމަވެސް އެއްވެސް ބަޔަކު އީސާ އަލްމަސީޙު މިދުނިޔެއަށް ވަޑައިގެންނެވީ ފުރިހަމަ އިންސާނެއްގެ ގޮތުގައި ނޫންކަމަށް ބުނާނަމަ އެބަޔަކީ މާތްރަސްކަލާނގެ ހަޟުރަތުން ފޮނުއްވާފައިވާ ބައެއް ނޫނެވެ. އެފަދަ ބަޔަކުވާނީ އަލްމަސީޙުގެ ޢަދުއްވު ދައްޖާލުގެ ރޫޙާނީ ނުފޫޒުގެ ދަށުގައިވާ ބަޔަކަށެވެ. މިއީ މި ދުނިޔެއަށް އަންނާނެ ކަމަށް ތިޔަބައިމީހުން އަޑުއަހާފައިވާ ނުބައިވެގެންވާ ރޫޙާނީ ބާރު ވެސްމެއެވެ. އަދި މި ނުބައި ބާރު މިހާރު މިދުނިޔޭގައި އެބަވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:3
5 ပူးပေါင်းရင်းမြစ်များ  

ގިނަ ބަޔަކު އައިސް އެބައިމީހުންނަކީ ’⁠އަލްމަސީޙު⁠‘ ކަމުގައި ބުނެ އެތައްބަޔަކު މަގުފުރައްދާނެ.


އަހަރެންގެ ދަރިންނޭވެ! މި ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ! ދައްޖާލު ފައުޅު ވާނޭކަމުގެ ޚަބަރު ތިޔަބައިމީހުން ވާނީ އަޑުއަހާފައެވެ. އަދި އެތަކެއް ދައްޖާލުން މިހާރު ވެސް ވަނީ ފައުޅުވެފައެވެ. އެހެނީ ދުނިޔެ ނިމުމުގެ ވަގުތު ކައިރިވެފައި ވާކަން އަހަރެމެންނަށް އެނގެނީ މިގޮތުން ވެސްމެއެވެ.


އެންމެ ބޮޑު ދޮގުވެރިޔަކީ ކާކުކަން އަހަރެން ތިޔަބައިމީހުންނަށް ބުނެދެން ހެއްޔެވެ؟ އެއީ އީސާގެފާނީ އަލްމަސީޙު ނޫން ކަމަށް ދުލުން ބުނެ އެކަލޭގެފާނު ގަބޫލުނުކުރާ ކޮންމެ މީހެކެވެ. މިފަދަ ކޮންމެ މީހަކީ އަލްމަސީޙުގެ ޢަދުއްވެއްގެ ގޮތުގައިވާ ދައްޖާލެކެވެ. ހަމަ އެހެންމެ އެފަދަ މީހުން ވަނީ އަހަރެމެންގެ ބައްޕާފުޅާއި އަދި އެކަލާނގެ ދަރިކަލުން އިންކާރުކޮށް އެއްކިބާ ކޮށްފައެވެ.


އެތަކެއް ދޮގުވެރިން ވަނީ މި ދުނިޔެތެރެއަށް ފެތުރިފައެވެ. އެ މަކަރުވެރި ދޮގުވެރިން ބުނެފައި ވަނީ އީސާ އަލްމަސީޙަށް ކައްޓާ މަހުން އެކުލެވިފައިވާ ފުރިހަމަ ހަށިކޮޅެއް ޙަގީގަތުގައި ލިބިވަޑައިގެންފައި ނުވާ ކަމުގައެވެ. ނަމަވެސް އެބައިމީހުންނީ ދޮގުވެރިންނެވެ. އަދި އަލްމަސީޙުގެ ޢަދުއްވުން ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ