Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:20 - ކިތާބުލް މުޤައްދަސާ

20 އަހަރެމެން މާތްރަސްކަލާނގެ އާއިމެދު ލޮބުވެތި ވަމޭ ބުނެ އަހަރެމެން މަސީޙީން އެކަކުއަނެކަކު ދެކެ ލޯބި ނުވާނަމަ އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އެހެނީ އަހަރެމެންނަށް ފެންނަން ތިބި އަޚުންނާ އުޚުތުން ދެކެ ލޯބި ނުވެވޭނަމަ އަހަރެމެންގެ ލޮލަށް ނުފެންނަ ކަލެއް ދެކެ ލޯބިވެވޭނެ ހެއްޔެވެ؟

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:20
9 ပူးပေါင်းရင်းမြစ်များ  

ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވަނީ ނަމަ ކަލޭމެން ތިޔައީ އަހަރެންގެ އަސްޙާބީން ކަން އެންމެންނަށް ވެސް އެނގި ހާމަ ވާނެ.⁠“


ތިޔަބައިމީހުންނަށް އަލްމަސީޙު ފެނިގެން ނުވިއެއް ކަމަކު އެކަލޭގެފާނު ދެކެ ލޯބިވަމުއެވެ. ހަމައެހެންމެ، އެކަލޭގެފާނު ފެނިދެނިގެންނުވާ ޙާލުގައި އެކަލޭގެފާނަށް އިތުބާރު ކުރައްވާ އީމާންވަމުއެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުން ވަނީ ތަސައްވުރު ކުރަން ނޭނގޭ ފަދަ މަތިވެރި އުފާ ފާގަތިކަމެއްގައެވެ.


އެހެންވީމާ، އަހަރެމެން ރޫޙާނީ އެއްބައިވަންތަ ކަމުގެ ގުޅުމުން މާތްރަސްކަލާނގެ އާއި އެކު ގުޅިފައިވާކަމުގައި ބުނެ، އަހަރެމެންގެ ޙަޔާތް އަނދިރީގައި ވޭތުކުރަމުން ގެންދާނަމަ އަހަރެމެން ބުނާ ބުނުންތަކަކީ ދޮގު ބުނުން ތަކެކެވެ. އަދި އަހަރެމެންގެ އަމަލުތަކުން ދައްކައިދޭނީ އަހަރެމެންގެ ޙަޔާތާއިގެން އަހަރެމެން ކުރިއަށްދަނީ ތެދުވެރި ގޮތެއްގައި ނޫންކަމެވެ.


އަހަރެމެން ފާފައެއް ނުކުރާކަމުގައި ބުނާ ނަމަ އަހަރެމެން އަމިއްލައަށް އަހަރެމެންގެ ނަފްސުތައް މޮޔަ ހައްދުވަނީ އެވެ. އަދި އަހަރެމެންގެ ހިތްތަކުގައި ތެދުވެރިކަމެއް ނުވަނީއެވެ.


އެހެނަސް އަހަރެމެން އަނެކުންގެ މައްޗަށް ނަފްރަތު ކުރާނަމަ އަހަރެމެންނަށް ޙަޔާތާއިގެން ކުރިއަށް އެދެވެނީ އަނދިރީގެ ތެރޭގައެވެ. އަހަރެމެންނަށް ދެވޭ ނުދެވޭ ތަނެއް ނޭނގި މަގުއޮޅިދެއެވެ. ސަބަބަކީ އަހަރެމެންގެ ލޮލަށް އަނދިރީގައި ނުފެންނަކަމެވެ.


އެހެންވީމާ، އަހަރެމެންނަށް އެކަލާނގެ އެނގޭކަމަށް ދަޢުވާ އުފުލައި އަހަރެމެން އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ނުވާނަމަ، އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އަހަރެމެންގެ ހިތްތަކުގައި އެއްވެސް ތެދުވެރިކަމެއް ނުވަނީއެވެ.


އެހެންވީމާ، އަހަރެމެން މިތިބީ އަލިކަމުގެ ތެރޭގައި ކަމަށް ދަޢުވާ ކުރާހިނދު އަހަރެމެންގެ އަޚުންނާއި އުޚުތުންނާމެދު ނަފްރަތު ކުރަނީނަމަ އަހަރެމެންނަށް ޙަގީގަތުގައި އަދިވެސް އެތިބެވެނީ އަނދިރި ކަމުގެ ތެރޭގައެވެ.


ނަމަވެސް އަހަރެމެންގެ ތެރެއިން މީހަކު ތަނަވަސް ޙަޔާތެއްގައި ވާހިނދު އަދި އޭނާގެ އަޚާއާއި އުޚުތާގެ ޒަރޫރީ ބޭނުންތައް ފެނުނަކަސް އެހީތެރިއެއް ނުވެއެވެ. އެކަމުން ދައްކަނީ މިފަދަ މީހާ މާތްރަސްކަލާނގެ ދެކެ ލޯތްބެއް ނުވާކަމެވެ.


އެއްވެސް އިންސާނަކަށް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. ނަމަވެސް އަހަރެމެން އެކަކު އަނެކަކަށް ލޯބިވާނަމަ، މާތްރަސްކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައެވެ. އަދި އެކަލާނގެ ލޯބި އަހަރެމެންގެ ކިބައިގައި ފުރިހަމަވެފައި ވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ