ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:17 - ކިތާބުލް މުޤައްދަސާ17 އަހަރެމެން މާތްކަލާނގެއާ ގުޅި ލާމެހިފައިވުމުން އަހަރެމެންގެ ލޮބުވެތިކަން ފުރިހަމަވެގެން ދާނެއެވެ. އެހެންކަމުން އަހަރެމެން ޤިޔާމަތް ދުވަހާމެދަކު ބިރުވެތިވާކަށް ނުޖެހެއެވެ. އެހެނީ އެކަލާނގެ ޙަޟްރަތަށް އަހަރެމެން ދާނީ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކުގައެވެ. އެގޮތަކީ މިދުނިޔޭގައި އަހަރެމެން އުޅެމުން ގެންދަނީ އީސާގެފާނު ފަދައިން ކަމުގައިވާތީއެވެ. အခန်းကိုကြည့်ပါ။ |
ނޯކަރަކު އެމީހެއްގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެއޭ އަހަރެން ކަލޭމެން ގާތު ބުނިކަން ހަނދާން އެބަ ހުރިތަ؟ އެމީހުން އަހަރެންނާމެދު ނުބައިކޮށް ކަންކުރިއިރު ކަލޭމެންނާމެދު ވެސް ނުބައިކޮށް ކަންކުރާނެއެންނު. އަހަރެންގެ ބަސްތަކަށް އެމީހުން އަމަލު ކުރާނަމަ ކަލޭމެންގެ ބަސްތަކަށް ވެސް އެމީހުން އަމަލުކުރާނެ.
މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.