Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:16 - ކިތާބުލް މުޤައްދަސާ

16 އަހަރެމެންނާ މެދު މާތްކަލާނގެ ލޯބިވެ ވޮޑިގަންނަވާ މިންވަރު އަހަރެމެންނަށް އެނގެއެވެ. އެލޯތްބާމެދު އަހަރެމެން މިތިބީ އިތުބާރު ކޮށްގެންނެވެ. މާތްކަލާނގެއަކީ ލޯތްބެވެ. އެހެންކަމުން ލޮބުވެތިކަން މަތީގައި ތިބޭ ބަޔަކު އެތިބެނީ މާތްކަލާނގެއާ ގުޅިލާމެހިފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:16
13 ပူးပေါင်းရင်းမြစ်များ  

އަޅުގަނޑުމެން މިތިބީ ތިޔަ ބަސްފުޅުތައް ގަބޫލުކޮށްގެން. އަދި ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ފޮނުއްވި މާތް އަލްމަސީޙު ކަން ވެސް މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އެއަކީ އޭނާ ނުވަތަ އޭނާގެ މައިންބަފައިން ކުރި ފާފައެއްގެ ސަބަބަކުން ވެސް ނޫން. އެއީ މާތްރަސްކަލާނގެ ކުޅަދުން ވަންތަކަން މީސްތަކުންނަށް ދެއްކެވުމަށްޓަކާ.


މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.


އީސާގެފާނު އަހަރެމެންނަށްޓަކައި އެކަލޭގެފާނުގެ ޙަޔާތްޕުޅު ދެއްވުމުގެ ސަބަބުން އަހަރެމެންނަށް ލޯތްބަކީ ކޮބައިކަން އެނގިއްޖެއެވެ. އެހެންވީމާ، އަހަރެމެންގެ މުޅި ޙަޔާތް ވެސް އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ދޭންޖެހެއެވެ.


އަހަރެމެންނީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ބައެއް ނަމަ އަހަރެމެން ވާނީ މާތްރަސްކަލާނގެ އާ ގުޅި ލާމެހިފައެވެ. އަދި އެކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައި ވެސްމެއެވެ. އެކަލާނގެ އަހަރެމެންނާ ގުޅި ލާމެހިފައިވާކަން އަހަރެމެންނަށް އެނގެނީ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ވާތީއެވެ.


އިޚުލާސްތެރި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވާށެވެ. އެއީ ލޯތްބަކީ މާތްރަސްކަލާނގެ ޙަޟްރަތުން ލިބިދޭ ކަމަކަށް ވާތީއެވެ. އެހެންވީމާ ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނެކުންނާއި މެދުގައި ލޯބިވާކަމުގައި ވާނަމަ އެ މީހަކީ މާތްރަސްކަލާނގެ ދަރިއެކެވެ. އަދި އެމީހަކަށް ޙަގީގަތުގައި މާތްރަސްކަލާނގެ އެނގިގެން ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ