ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:15 - ކިތާބުލް މުޤައްދަސާ15 އީސާގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ކަމުގައި ބަލައިގަންނަ ކޮންމެ މީހަކާއި އެކުގައި މާތްރަސްކަލާނގެ ވޮޑިގެންވެއެވެ. އަދި މިގޮތުގެމަތިން އެމީހަކީ މާތްރަސްކަލާނގެ އާއި ގުޅިލާމެހިފައިވާ މީހެކެވެ. အခန်းကိုကြည့်ပါ။ |
އަލްމަސީޙަށް ތިޔަބައިމީހުން އީމާންވި ހިނދު ތިޔަބައިމީހުންނަށް އިންޖީލުން ދަސްވި ކަންތައް ތިޔަބައިމީހުންގެ ހިތްތަކުގައި ހަރުލައްވާށެވެ. އަދި އެގޮތުގައި ތިބެ، އެ ޚަބަރުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ތިޔަބައިމީހުން އުޅެމުން ގެންދާނަމަ މަތިވެރި ބައްޕާފުޅު އަދި އެކަލާނގެ ދަރިކަލުން، އީސާގެފާނާއި އެކުގައި އެއްބައިވަންތަ ގުޅުމެއް މަތީ ތިޔަބައިމީހުން ދެމިތިބޭނެވެ.
އަހަރެމެންނީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ބައެއް ނަމަ އަހަރެމެން ވާނީ މާތްރަސްކަލާނގެ އާ ގުޅި ލާމެހިފައެވެ. އަދި އެކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައި ވެސްމެއެވެ. އެކަލާނގެ އަހަރެމެންނާ ގުޅި ލާމެހިފައިވާކަން އަހަރެމެންނަށް އެނގެނީ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ވާތީއެވެ.