Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:11 - ކިތާބުލް މުޤައްދަސާ

11 އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މާތްރަސްކަލާނގެ އަހަރެމެންދެކެ ނުހަނު ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަމުން އަހަރެމެން ވެސް އެކަކު އަނެކަކާ މެދު ލޯބިވާން ޖެހެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 4:11
14 ပူးပေါင်းရင်းမြစ်များ  

މިމީހާ ޖަވާބުގައި ބުންޏެވެ. ”⁠އޭނާގެ މައްޗަށް ހެޔޮކޮށް ހިތި މީހާ.⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ ވެސް އޭނާ އެކަންކުރި ފަދައިން ކަންކުރޭ.⁠“


ނަމަވެސް އަހަރެން ކަލޭމެންނަށް އާ އަމުރެއް ކުރަން. އެ އަމުރަކީ ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވޭ. ހަމަ އަހަރެން ކަލޭމެން ދެކެ ލޯބިވީ ފަދައިން ކަލޭމެން ވެސް އެކަކު އަނެކަކު ދެކެ ލޯބިވާތި.


ކުށަށް މަޢާފު ނުކުރުމާއި، ޤަދަރުޅިއައުމުންނާއި، ރުޅިވެރި ބަސްތަކުން ހަޅޭ ލެވުމާއި، އަނެކުން ހިތުގައި ޖެހޭފަދަ ބަހުރުވައިން މުޚާތަބު ކުރުމާއި، ގަސްދުގައި އަނެކުންނަށް އަނިޔާވެރިވުމުން އެއްކިބާވާށެވެ.


އަނެކާއާމެދު ކުރާނެ ޝަކުވާއެއް އޮވެއްޖެނަމަ އެކަން ބަރުދާސްތުކޮށް މަޢާފު ކުރާށެވެ. މާތްކަލާނގެ ތިޔަބައިމީހުންނަށް ވެސް މަޢާފުކޮށްދެއްވި ފަދައިން އެކަކުއަނެކާއަށް ތިޔަބައިމީހުން ވެސް މަޢާފު ކުރާށެވެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެން ތިޔަބައިމީހުންނަށް ލިޔާ މި އަމުރުފުޅަކީ އާ އަމުރުފުޅެއްނޫނެވެ. މިއީ ތިޔަބައިމީހުންނަށް އެންމެ ކުރީގައި ވެސް ބާވައިލައްވާފައިވާ އަމުރުފުޅެކެވެ. މިއީ ތިޔަބައިމީހުންނަށް މީގެ ކުރީގައި ވެސް އަޑުއިވިފައިވާނެ އަމުރުފުޅެއް ވެސް މެއެވެ.


ފެށުނީއްސުރެން ތިޔަބައިމީހުން އަޑުއަހަމުން އައި އެންގެވުމަކީ މިއީއެވެ: ”⁠އަހަރެމެން އެކަކު އަނެކަކު ދެކެ ލޯބިވޭ!⁠“


މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ އީސާ އަލްމަސީޙަކީ އެކަލާނގެ ދަރިކަލުން ކަމަށް އަހަރެމެން އީމާން ވުމަށެވެ. އަދި އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތިކޮށް ހިތުމަށެވެ. މިއީ މާތްރަސްކަލާނގެ އަހަރެމެންނަށް އަމުރުފުޅު ކުރައްވާފައިވާ ކަންތަކެވެ.


އިޚުލާސްތެރި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވާށެވެ. އެއީ ލޯތްބަކީ މާތްރަސްކަލާނގެ ޙަޟްރަތުން ލިބިދޭ ކަމަކަށް ވާތީއެވެ. އެހެންވީމާ ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނެކުންނާއި މެދުގައި ލޯބިވާކަމުގައި ވާނަމަ އެ މީހަކީ މާތްރަސްކަލާނގެ ދަރިއެކެވެ. އަދި އެމީހަކަށް ޙަގީގަތުގައި މާތްރަސްކަލާނގެ އެނގިގެން ވެއެވެ.


ލޯބިވާ ކަމަނާއެވެ! ތިޔަބައިމީހުން މީގެ ކުރީން އަމަލުކޮށްފައި ނުވާ ކަމެއް ކުރަން އެންގުމަކަށް އަހަރެން މިސިޓީއެއް ނުލިޔަމެވެ. އަހަރެން މި ސިޓީގައި މި ލިޔަނީ ތިޔަބައިމީހުން އެކަކު އަނެކެއްގެ މައްޗަށް ލޯބި ވުމަށެވެ. އެއީ އެންމެ ފުރަތަމައިނުން ތިޔަބައިމީހުން ކުރުމަށް އަންގަވާފައިވާ ކަންތަކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ