ޔޫޙަންނާގެ ފުރަތަމަ ސިޓީ 3:9 - ކިތާބުލް މުޤައްދަސާ9 މާތްރަސްކަލާނގެ ދަރިންގެ ގޮތުގައިވާ އެއްވެސް ބަޔަކު ފާފަކުރުމުގައި ދެމިއެއް ނުތިބެއެވެ. ސަބަބަކީ އެބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ ޒާތުފުޅު ވޮޑިގެންވާކަމެވެ. އެހެންވީމާ، އެފަދަ ބަޔަކު ފާފަކުރުން މަތީގައި ދެމި ތިބުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ބަޔަކު ވާނީ މާތްރަސްކަލާނގެ ދަރިން ކަމުގައެވެ. အခန်းကိုကြည့်ပါ။ |
އެގޮތަކީ އަހަރެމެންގެ އަމިއްލަ ނަފްސުގެ އެދުންތަކަކީ މާތްރޫޙުފުޅުގެ އެދުންތަކަށް ނުވާތީއެވެ. އަދި މާތްރޫޙުފުޅު އެދޭގޮތަކީ އަމިއްލަ ނަފްސު އެދޭގޮތެއް ވެސް ނޫނެވެ. އަބަދުވެސް މާތްރޫޙުފުޅު އަހަރެމެންނަށް ރަނގަޅު ކަންތައްތައް ކުރުމަށް ހިތްޖައްސަވާ ހިނދު، ނުބައިކަންތައް ކުރުމަށް އަމިއްލަ ނަފްސު އަހަރެމެންނަށް ހިތް ޖައްސުވައެވެ. އެހެނަސް މާތްރޫޙުފުޅު ކަލޭމެންގެ ނަފްސުގެ އެދުމާއި އެއްގޮތަކަށް ކަންތައް ކުރުމަށް ހުރަސްއަޅައެވެ.
އެއީ ތިޔަބައިމީހުން އަލުން އުފަންވެފައި ވުމެވެ. މި އާ އުފަންކުރެއްވުން ތިޔަބައިމީހުންނަށް ގެނެސްދިނީ ތިޔަބައިމީހުންގެ ދުނިޔަވީ މައިންބަފައިންނެއް ނޫނެވެ. ސަބަބަކީ ތިޔަބައިމީހުންގެ މައިންބަފައިން ދޭ ޙަޔާތަކީ ފަނާވެދާ ޙަޔާތެއް ކަމުގައިވުމެވެ. ނަމަވެސް މި އާ ޙަޔާތް އަބަދަށް ދެމިގެންވެއެވެ. ސަބަބަކީ ތިޔަބައިމީހުންނަށް އެ ޙަޔާތް ލިބިދިނީ ދާއިމަށް ދެމިގެންދާނެ މާތްކަލާނގެ ބަސްފުޅުން ކަމުގައިވުމެވެ.
އިޚުލާސްތެރި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވާށެވެ. އެއީ ލޯތްބަކީ މާތްރަސްކަލާނގެ ޙަޟްރަތުން ލިބިދޭ ކަމަކަށް ވާތީއެވެ. އެހެންވީމާ ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނެކުންނާއި މެދުގައި ލޯބިވާކަމުގައި ވާނަމަ އެ މީހަކީ މާތްރަސްކަލާނގެ ދަރިއެކެވެ. އަދި އެމީހަކަށް ޙަގީގަތުގައި މާތްރަސްކަލާނގެ އެނގިގެން ވެއެވެ.