Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 3:8 - ކިތާބުލް މުޤައްދަސާ

8 ފާފަކުރުން މަތީގައި ދެމިހުންނަ މީހަކީ ޝައިތާނާއަށް މިލްކުވެގެންވާ މީހެކެވެ. ސަބަބަކީ ދުނިޔެ ފެށުނީއްސުރެން ޝައިތާނާ ވަނީ ފާފަކުރުންމަތީގައެވެ. މާތްރަސްކަލާނގެ ދަރިކަލުން މި ދުނިޔެއަށް ވަޑައިގެންނެވީ ޝައިތާނާގެ އެންމެހާ އަމަލުތަކެއް ނެތިކުރެއްވުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 3:8
26 ပူးပေါင်းရင်းမြစ်များ  

ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


ނަމަވެސް އަހަރެން މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ޖިންނިތައް ފައްސާލާ ކަމުގައިވާނަމަ، މިކަންތަކުން ސާބިތުކޮށްދެނީ މާތްރަސްކަލާނގެ ރަސްކަންފުޅު ކަލޭމެންގެ ކައިރިއަށް ވަޑައިގެންފި ކަން.


ދަނޑަކީ ދުނިޔެ. އަދި ރަނގަޅު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅު ގަބޫލު ކުރާ މީހުން. އަދި ވިނަގަސްތަކަކީ ޝައިތާނާގެ ބާރުގެ ދަށުގައިވާ މީހުން.


ދެން އިބިލީސް އައިސް އީސާގެފާނަށް ވަސްވާސް ދިނުމުގެ ގޮތުން ބުންޏެވެ. ”⁠ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މި ހިލަތަކަށް ރޮއްޓަށް ބަދަލުވާށޭ އަމުރު ކުރައްވާ.⁠“


”⁠އޭ. ނާޒަރަތުގެ އީސާ، ކަލޭގެފާނު ތިޔަ އުޅުއްވަނީ އަހަރެމެންނަށް ކީއްކުރައްވަން؟ ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަހަރެމެން ނެތިކޮށްލައްވަންތަ؟ އަހަރެންނަށް ކަލޭގެފާނަކީ ކޮން ބޭކަލެއްކަން އެނގޭ. ކަލޭގެފާނީ މާތްރަސްކަލާނގެ މަތިވެރިކުރައްވައި ޚާއްސަ ކުރެއްވި ފަރާތް!⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ވިދުވަރަކުން އެޅި ހޮނެއް ފަދައިން އިބިލީސް އުޑުން ބިމަށް ވެއްޓެނިކޮށް އަހަރެން ދުށިން.


ދެން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠މި ދުނިޔޭގެ މީސްތަކުންގެ މައްޗަށް ހިސާބުބެއްލެވުމުގެ ވަގުތު ޖެހިއްޖެ. މި ދުނިޔޭގެ ވަލީޢަހުދު ކަމުގައިވާ ޝައިތާނާ ދެން ބޭރުކޮށްލެވިދާނެ.


އަދި އެމީހުން ހިސާބު ބެއްލެވުމާ މެދު އެދެކެނީއަކީ ރަނގަޅަކަށެއް ނޫން. އެގޮތަކީ މިހާރު ވެސް މީހަކު ވަނީ ކުށްވެރިވެ ނިމިފައި. އެމީހަކީ މި ދުނިޔޭގެ ވަލީޢަހުދު، ޝައިތާނާ.


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


އެ ދުވަސްތަކުގައި ތިޔަބައިމީހުން ބަލަމުން ދިޔައީ ދުނިޔޭގައި ވީ ނުބައި ގޮތްތަކަށެވެ. އަދި ކިޔަމަންތެރި ވެވުނީ ޝައިތާނާއަށެވެ. މުޅި ދުނިޔޭގެ މައްޗަށް އޭނާގެ ބާރު ހިންގައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ ހުރިހާ އެންމެންގެ މައްޗަށް އެ ޝައިތާނާގެ ރޫޙުގެ ބާރު ފޯރުވާނެއެވެ.


އެ ސަލީބު މަތީ އޮންނަވާ ޝައިތާނީ ހުރިހާ އަމުރުތަކާއި ބާރުތަކެއް އެކަލޭގެފާނު ނައްތަވާލެއްވިއެވެ. އަދި އެންމެންގެ ކުރިމަތީގައި ނަސްރު ހޯއްދަވައި އެ ބާރުތައް ލަދުގަންވާލެއްވިއެވެ.


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


އެކަލޭގެފާނު، ދަރިން ކަމަށް އެވިދާޅުވާ މީހުންނަކީ އަހަރެމެން ފަދައިން މަހާއި ލެއިންވާ މީހުންނެވެ. ޚުދު އީސާގެފާނު ވެސް އެމީހުން ފަދައިން ވެވަޑައިގަންނަވައި އެމީހުންނާއެކު އިންސާނީ ފިތުރަތު ޙިއްސާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ގޮތަށް އަވަހާރަވެ ވަޑައިގަތީ މެރުމުގެ ބާރު ލިބިގެންވާ ޝައިތާނާ ހަލާކު ކޮށްލެއްވުމަށް ޓަކައެވެ.


އެކަން އޮތީ އެ ގޮތަށް ނަމަ ދުނިޔެ އުފެއްދެވީއްސުރެން އަހަރަކު އެއްފަހަރު އެކަލޭގެފާނުގެ ލޭފޮދު އޮއްސަވަން ޖެހުނީސް ނޫންހެވެ؟ އެކަމަކު މިހާރު އެންމެ ފަހަރަކު އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތުމުގެ ސަބަބުން ދުނިޔެ ނިމެންދެން ވެސް މީސްތަކުންގެ ފާފަތައް ފުހެވިގެން ދާނެ ގޮތް މިވަނީ މެދުވެރިވެފައެވެ.


މަލާއިކަތުންގެ ފާފަވެރިކަން ވެސް ބަރިއްޔަ ނުކުރައްވާ ޙައްޤު ޖަޒާ އެފަރާތްތަކަށް މާތްރަސްކަލާނގެ ދެއްވިއެވެ. އަދި އިންސާފު ކުރައްވާ ދުވަހާއި ހަމައަށް އޮލަ ދުމުން އެކުލެވިގެންވާ ފުންވަޅެއް ފަދަ އަނދިރި ވެގެންވާ ނަރަކަޔަށް އެ މަލާއިކަތުން ހުށަހެޅިގެންވިއެވެ.


ދިރުން ދެއްވާ ފަރާތް ކަމުގައިވާ އީސާގެފާނު އަހަރެމެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވިއެވެ. އަދި އަހަރެމެން އެކަލޭގެފާނު ދުށީމެވެ. އެހެންވީމާ އެކަލޭގެފާނާއި ބެހޭ ތެދު ޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން މި ބުނެދެނީ އެކަލޭގެފާނާއި މެދު ހެކިވަނިވި ބައެއްގެ ގޮތުގައި ތިބެއެވެ. އެ ދާއިމީ ޙަޔާތް ލިބެނީ ބައްޕާފުޅުގެ ކިބައިންނެވެ.


މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ.


އަދި އީސާގެފާނު ވަޑައިގެންނެވީ އަހަރެމެން ހުރިހާ އެންމެންގެ ފާފަ ޢަފޫކޮށްދެއްވުމަށް ކަން ތިޔަބައިމީހުންނަށް އެނގޭނެއެވެ. އަދި އެކަލޭގެފާނީ ފާފައިން ހުސްދުރުވެގެންވާ ބޭކަލެއްކަން ވެސް ތިޔަބައިމީހުން ދަންނާނެއެވެ.


އަހަރެމެންނަކީ މާތްކަލާނގެ ދަރިންކަން އަހަރެމެން ޔަޤީން ކުރަމެވެ. އެކަމަކު އަހަރެމެންގެ ވަށައިގެންވާ ދުނިޔެ މިވަނީ ޝައިތާނާގެ ބާރުގެ ދަށުގައެވެ.


މަލާއިކަތުންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ މަސްއޫލިއްޔަތުން ބޭރުވެ އެފަރާތްތަކުގެ ގޮވަތިތަކުން ބޭރަށް ނުކުތެވެ. އެ ފަރާތްތައް ވެސް ނިމުމެއް ނުވާ ގޮތުގެ މަތިން ހިލިހިލާ ޖައްސަވައި އަނދިރި ވެގެންވާ ވަޅުތަކުގައި އިންސާފު ގާއިމު ކުރެވޭ ދުވަސް އައުމަށް ދާނދެން ބައިތިއްބާފައި ވެއެވެ.


އެއަށް ފަހު، އެބައިމީހުން މޮޔަހެއްދުވި ޝައިތާނާ އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވޭނެއެވެ. އަދި ކައްސަނދުވާނިން އަނދައި ދެއެވެ. އެއީ ކަނޑު ދާއްބަ އާއި ދޮގުވެރި ނަބީކަލޭގެ ވެސް ހުށަހެޅުނު ތަނެވެ. އަދި އެތަނުގައި އެބައިމީހުންނަށް ދުވާލާއި ރޭގަނޑު އަބަދާއި އަބަދު ޢުޤޫބާތް ލިބިލިބި ހުންނާނެ އެވެ.


ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެންނުވާ ހުރިހާ އެންމެން އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ