ޔޫޙަންނާގެ ފުރަތަމަ ސިޓީ 3:10 - ކިތާބުލް މުޤައްދަސާ10 މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ. အခန်းကိုကြည့်ပါ။ |
ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ ޘަވާބު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ.
ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.
މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.
އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! މިހާރު އަހަރެމެންނީ މާތްރަސްކަލާނގެ ދަރިންނެވެ. ފަހުން އަލްމަސީޙު މި ދުނިޔެއަށް އެނބުރި ވަޑައިގަންނަވާ ހިނދު އަހަރެމެން ދެން ވާނީ ކޮންފަދަ ބަޔަކަށް ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ނަމަވެސް ޔަޤީންކަމާއެކު އަހަރެމެންނަށް އެނގެނީ އަލްމަސީޙު އެނބުރި މި ދުނިޔެއަށް ވަޑައިގެންނެވުމުން އަހަރެމެން އެކަލޭގެފާނާ އެއްގޮތް ވާނޭ ކަމެވެ. ސަބަބަކީ އަހަރެމެންނަށް އެކަލޭގެފާނުގެ އަސްލު ޒާތުފުޅު އޭރުން ސާފުކޮށް ފެންނާނެތީއެވެ.
އަހަރެމެންނީ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ބަޔަކީމުއެވެ. ވުމާއެކު، މާތްރަސްކަލާނގެ ދަންނަ ކޮންމެ މީހަކު އަހަރެމެންގެ އުނގަންނައިދިނުންތަކުގެ އަޑު އަހައެވެ. ނަމަވެސް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި މީސްތަކުންގެ ތެރެއިން ނުވާ އެއްވެސް މީހަކު އަހަރެމެންގެ އުނގަންނައިދިނުންތަކުގެ އަޑެއް ނާހައެވެ. އެހެންވީމާ، މާތްރަސްކަލާނގެ މާތްރޫޙުފުޅު ވޮޑިގެންވާ ކަމުގައި ބުނެ މީސްތަކުން ދައްކާ ވާހަކަތަކުގެ ދޮގުތެދު އަހަރެމެންނަށް އެނގެނީ މިގޮތުގެ މަތިންނެވެ.