Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 3:1 - ކިތާބުލް މުޤައްދަސާ

1 މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 3:1
33 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ މިއަޅާއަށް ތިޔަ ދެއްވާ ޤަދަރު މި ހިސާބުން ވެސް ނިންމަވާ ނުލައްވައި މިއަޅާގެ ދަރިކޮޅުގެ މީހުންނަށް ވެސް އިނބަރަސްކަލާނގެ މިރަސްމަތިފުޅު ތިޔަދެއްވަނީ. ސާހިބުވަންތަ މާތްރަސްކަލާނކޯ! މިއީ އިނބަރަސްކަލާނގެ ހުރިހާ އިންސާނުންނާމެދު ވެސް ކަންތައް ކުރައްވާ ގޮތްތޯ؟


އަދި އެމީހުން ދެން ދުވަހަކު ވެސް މަރެއް ވެސް ނުވާނެ. އެއީ އެމީހުން މަލާއިކަތުންނެކޭ އެއްފަދަ ވާނެ. އެއީ އެމީހުންނަކީ މަރުވުމަށް ފަހު އަލުން ދިރުއްވުނު މާތްރަސްކަލާނގެ ދަރިން.


ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންވި މީހުންނަށް މާތްރަސްކަލާނގެ ދަރިން ކަމުގައި ވުމުގެ ޙައްޤު އެކަލޭގެފާނު ދެއްވިއެވެ.


އަދި އެކަލޭގެފާނު އަވަހާރަވެ ވަޑައިގަންނަވާނީ އެކަލޭގެފާނުގެ ޤައުމަށްޓަކައި އެކަނި ނޫން ކަމާއި ދުނިޔޭގެ އެތަން މިތަނަށް ވިއްސިވިހާލި ވެފައިވާ މާތްރަސްކަލާނގެ ދަރިންތައް އެކަތިގަނޑަކަށް ހައްދަވައި އެމީހުންގެ މެދުގައި ގުޅުން ގާއިމުކޮށް ދެއްވުމަށްޓަކައި ވެސް މެއެވެ.


ދުނިޔޭގެ މީސްތަކުން ކަލޭމެންނަކީ އަހަރެންގެ މީހުންނަށް ވީތީ ކަލޭމެން ދެކެ ނަފްރަތުކޮށް ރުޅިއަންނާނެ. އެއީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ އެމީހުން ނުދަންނާތީ.


އެއީ އެމީހުންނަށް ބައްޕާފުޅެއް ވެސް އަދި އަހަންނެއް ވެސް ނޭނގޭތީ.


މާތް ޞާލިޙުވަންތަ ބައްޕާފުޅު! މި ދުނިޔޭގެ މީސްތަކުންނަކަށް ބައްޕާފުޅެއް ނޭނގޭ. އެކަމަކު އަޅުގަނޑު ބައްޕާފުޅު ދަންނަން. އަދި އަޅުގަނޑަށް އީމާންވެގެންތިބި މީހުންނަށް އަޅުގަނޑު ފޮނުއްވެވީ ބައްޕާފުޅުކަން އެނގޭ.


މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.


އީސާގެފާނަށް އީމާންވުމުގެ ސަބަބުން މިހާރު ކަލޭމެން އެންމެންނަކީ ވެސް މާތްރަސްކަލާނގެ ދަރިންނެވެ.


ވީމާ ކަލޭމެންނަކީ އީސާގެފާނުގެ ބަޔަކަށް ވާނަމަ ކަލޭމެން ތިޔައީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. ކަލޭމެންނަކީ އެކަލޭގެފާނުގެ ތަރިކައިގެ މިލްކުވެރިންނެވެ. ވީމާ މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅަކީ ކަލޭމެންނަށް ވެސް ކުރެއްވި ވަޢުދުފުޅެކެވެ.


އެހެނީ ތިޔަބައިމީހުން ތިޔަތިބީ މިދުނިޔެއަށް މަރުވެފައެވެ. ތިޔަބައިމީހުންގެ އަސްލު ޙަޔާތް ވަނީ އަލްމަސީޙާއެކު މާތްކަލާނގެ ކިބަފުޅުގައި ރައްކާތެރި ކުރެވިފައެވެ.


މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ.


އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! މިހާރު އަހަރެމެންނީ މާތްރަސްކަލާނގެ ދަރިންނެވެ. ފަހުން އަލްމަސީޙު މި ދުނިޔެއަށް އެނބުރި ވަޑައިގަންނަވާ ހިނދު އަހަރެމެން ދެން ވާނީ ކޮންފަދަ ބަޔަކަށް ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ނަމަވެސް ޔަޤީންކަމާއެކު އަހަރެމެންނަށް އެނގެނީ އަލްމަސީޙު އެނބުރި މި ދުނިޔެއަށް ވަޑައިގެންނެވުމުން އަހަރެމެން އެކަލޭގެފާނާ އެއްގޮތް ވާނޭ ކަމެވެ. ސަބަބަކީ އަހަރެމެންނަށް އެކަލޭގެފާނުގެ އަސްލު ޒާތުފުޅު އޭރުން ސާފުކޮށް ފެންނާނެތީއެވެ.


އަހަރެމެން މާތްކަލާނގެއާ ގުޅި ލާމެހިފައިވުމުން އަހަރެމެންގެ ލޮބުވެތިކަން ފުރިހަމަވެގެން ދާނެއެވެ. އެހެންކަމުން އަހަރެމެން ޤިޔާމަތް ދުވަހާމެދަކު ބިރުވެތިވާކަށް ނުޖެހެއެވެ. އެހެނީ އެކަލާނގެ ޙަޟްރަތަށް އަހަރެމެން ދާނީ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކުގައެވެ. އެގޮތަކީ މިދުނިޔޭގައި އަހަރެމެން އުޅެމުން ގެންދަނީ އީސާގެފާނު ފަދައިން ކަމުގައިވާތީއެވެ.


ނަސްރު ހޯދާ ފަރާތްތަކަށް މި ހުރިހާ ރަޙުމަތެއް ލިބިދޭނެ. އަދި އަހަރެންނަކީ އެބައިމީހުންގެ ރަސްކަލާނގެ. ހަމައެހެންމެ، އެބައިމީހުންނަކީ އަހަރެންގެ ދަރިން ކަމުގައި ވެސް ވާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ