Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:6 - ކިތާބުލް މުޤައްދަސާ

6 އަހަރެމެން ތިބީ މާތްރަސްކަލާނގެ އާއި އެއްބައިވުން މަތީގައި ކަމަށް އަހަރެމެން ބުނާނަމަ، އަހަރެމެން ޙަޔާތު ވޭތުކުރާންވާނީ އީސާ އަލްމަސީޙު ވެސް ޙަޔާތު ވޭތުކުރެއްވި ފަދައިންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:6
14 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންގެ ބަރުދަންތައް އަހަރެންގެ ތަންޑިޔަލުގައި ލައިގެން އުޅޭ. އަދި އަހަރެން ބުނާގޮތަށް ކަންތައް ކޮށް އަހަރެން ކުރެން ދަސްކުރޭ. އެހެނީ އަހަރެންނަކީ މަޑު މައިތިރި ހިތްތިރި މީހެއް. އެގޮތުން ތިޔަބައިމީހުންގެ ހިތްތަކަށް އަރާމު ލިބިގެން ދާނެ.


އަހަރެން ކަލޭމެންނަށް މިސާލު ދައްކައިފިން. ވީއިރު ކަލޭމެން ވެސް އަހަރެން ދެއްކި ގޮތަށް ކަންތައް ކުރޭ.


އަހަރެންގެ އަމުރަށް ކިޔަމަން ވާނަމަ ކަލޭމެން ތިބޭނީ އަހަރެންގެ ލޯތްބާ ގުޅިފައި. އެއީ އަހަރެން ބައްޕާފުޅު ބަސް އެހުމުގެ ސަބަބުން އަހަރެން ބައްޕާފުޅުގެ ލޯތްބާ ގުޅިފައިވާ ފަދައިން.


އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.


މާތްރަސްކަލާނގެ ތިޔަބައިމީހުން ޚިޔާރު ކުރެއްވީ މިފަދައިން އަމަލު ކުރުމަށެވެ. އަލްމަސީޙު ތިޔަބައިމީހުންނަށްޓަކައި އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށް ވޭން އުފުއްލަވައި މިސާލު ދައްކުވައި ދެއްވިއެވެ. އެހެންވީމާ، އެކަލޭގެފާނުގެ ފިޔަވަޅުފުޅު މަތިން ތިޔަބައިމީހުން ހިނގާށެވެ.


އަހަރެންގެ ދަރިންނޭވެ! އެހެންވީމާ، އަލްމަސީޙާއި އެކުގައި ބަދަހި ގުޅުމެއްގައި ދެމިތިބޭށެވެ. އެއީ މި ދުނިޔެއަށް އެކަލޭގެފާނު އެނބުރިވަޑައި ގަންނަވާ ހިނދު ލަދުވެތި ކަމެއް ނެތި ފުރިހަމަ ހިތްވަރާއެކު އެކަލޭގެފާނާއި ބައްދަލު ވާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ.


އެހެންވީމާ، އަހަރެމެންނަށް އެކަލާނގެ އެނގޭކަމަށް ދަޢުވާ އުފުލައި އަހަރެމެން އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ނުވާނަމަ، އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އަހަރެމެންގެ ހިތްތަކުގައި އެއްވެސް ތެދުވެރިކަމެއް ނުވަނީއެވެ.


އަހަރެމެންނީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ބައެއް ނަމަ އަހަރެމެން ވާނީ މާތްރަސްކަލާނގެ އާ ގުޅި ލާމެހިފައެވެ. އަދި އެކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައި ވެސްމެއެވެ. އެކަލާނގެ އަހަރެމެންނާ ގުޅި ލާމެހިފައިވާކަން އަހަރެމެންނަށް އެނގެނީ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ވާތީއެވެ.


އެހެންވީމާ، އަލްމަސީޙާއި އެއްބައިވަންތަ ކަމުގައިވާ އެއްވެސް ފަރާތަކުން ފާފަ ކުރުންމަތީގައި ދެމިހުރެގެން ނުވާނެއެވެ. ނަމަވެސް ފާފަކުރުންމަތީގައި ދެމިހުންނަ މީހަކަށް އެކަލޭގެފާނެއް ނުފެނެވެ. ނުވަތަ އެމީހަކަށް އެކަލޭގެފާނެއް ނޭނގެއެވެ.


އަހަރެމެން މާތްކަލާނގެއާ ގުޅި ލާމެހިފައިވުމުން އަހަރެމެންގެ ލޮބުވެތިކަން ފުރިހަމަވެގެން ދާނެއެވެ. އެހެންކަމުން އަހަރެމެން ޤިޔާމަތް ދުވަހާމެދަކު ބިރުވެތިވާކަށް ނުޖެހެއެވެ. އެހެނީ އެކަލާނގެ ޙަޟްރަތަށް އަހަރެމެން ދާނީ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކުގައެވެ. އެގޮތަކީ މިދުނިޔޭގައި އަހަރެމެން އުޅެމުން ގެންދަނީ އީސާގެފާނު ފަދައިން ކަމުގައިވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ