ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:25 - ކިތާބުލް މުޤައްދަސާ25 އަހަރެމެންނަށް ދެއްވާނެކަމަށް އަލްމަސީޙު ވަޢުދުވެ ވަޑައިގެންނެވީ ނިމުންނުވާ ޙަޔާތެވެ. အခန်းကိုကြည့်ပါ။ |
ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.“
އަހަރެންނާއިމެދު މާތްރަސްކަލާނގެ ކޮޅެއްނެތްހާ ކެތްތެރިކަމާއެކު ބައްލަވާ ވޮޑިގެން އަހަރެންފަދަ އެންމެ ނުބައި ފާފަވެރިއަކަށް އެކަލާނގެ ރަޙުމަތްވަންތަކަން ދެއްވުމުގެ ބޭނުންފުޅަކީ އީސާ އަލްމަސީޙާއި މެދު ޢާންމު ނަމޫނާއެއްކަމުގައި އަހަރެން ލެއްވުމެވެ. ހަމައެހެންމެ، އެހެންމީހުން މިކަން ބަލައި އެނގި އެކަލޭގެފާނު ގަބޫލުކޮށް އީމާން ވުމުން ނިމުންނުވާ ޙަޔާތް ލިބުމެވެ.
ދިރުން ދެއްވާ ފަރާތް ކަމުގައިވާ އީސާގެފާނު އަހަރެމެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވިއެވެ. އަދި އަހަރެމެން އެކަލޭގެފާނު ދުށީމެވެ. އެހެންވީމާ އެކަލޭގެފާނާއި ބެހޭ ތެދު ޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން މި ބުނެދެނީ އެކަލޭގެފާނާއި މެދު ހެކިވަނިވި ބައެއްގެ ގޮތުގައި ތިބެއެވެ. އެ ދާއިމީ ޙަޔާތް ލިބެނީ ބައްޕާފުޅުގެ ކިބައިންނެވެ.
މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.