ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:21 - ކިތާބުލް މުޤައްދަސާ21 ތިޔަބައިމީހުންނަށް މިފަދައިން އަހަރެން ލިޔުމުގެ ބޭނުމަކީ ތިޔަބައިމީހުންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިފައި ނުވާތީއެއްނޫނެވެ. އެއީ ޙައްޤުގެ ތެރޭން ބާތިލެއް ނާންނާނެ ކަން ތިޔަބައިމީހުންނަށް އެނގޭތީ ވެސް މެއެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު މިހެން ވިދާޅުވި އަޑު އިވި ޕިލާތުސް ބުންޏެވެ. ”އެހެން ވިއްޔާ ކަލޭ ތިޔައީ ހަމަ ރަސްކަލަކީމު ތަ؟“ އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަ ވިދާޅުވީ ނޫންތޯ އަޅުގަނޑަކީ ރަސްކަލެކޭ؟ އަޅުގަނޑު އުފަންވެ ދުނިޔެއަށް އައީ ހަމަ އެކަނި މި ސަބަބަށްޓަކައި. އެއީ ތެދުބަސްތައް އަންގައި ދިނުމަށް. ތެދު ހަޤީޤަތުގެ ތެރޭގައި ހުރި މީހަކު ނަމަ އެމީހަކު އަޅުގަނޑުގެ ބަސްތައް އަޑުއަހައި ދެނެގަންނާނެ.“
ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.
މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިފައިވާ ތަކެތި ކަމުގައި ވިޔަސް މި ތަކެތި ތިޔަބައިމީހުންނަށް އަހަރެން ހަނދާން ކޮށްދެމެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ޚިޔާރު ކުރެއްވި އިސްރާއީލު ބާގައިގެ މީހުން މިޞްރުން ސަލާމަތް ކޮށްދެއްވި ގޮތެވެ. އަދި އެބައިމީހުންގެ ތެރޭގައި ތިބި އެކަލާނގެއަށް އީމާން ނުވި މީހުން ނައްތަވާލެއްވި ގޮތެވެ.