Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:20 - ކިތާބުލް މުޤައްދަސާ

20 ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވިއެވެ. މިގޮތުން ތިޔަ ހުރިހާ އެންމެންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިގެން ވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:20
28 ပူးပေါင်းရင်းမြစ်များ  

ނުބައިމީހުންނަކަށް އިންސާފުވެރިކަމެއް ނޭނގެއެވެ. އެކަމަކު މާތްރަސްކަލާނގެއަށް ބޯލަނބާ މީހުންނަށް އެކަންތައް ފުރިހަމައަށް އޮޅުންފިލައެވެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ޚިޔާރު ކުރެވިފައި ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރުތައް ދެނެގަތުމަށް ޓަކައި. ނަމަވެސް އަނެކުންނަށް އެފަދަ ސިއްރުތައް އެނގިގެންނުވޭ.


”⁠އޭ. ނާޒަރަތުގެ އީސާ، ކަލޭގެފާނު ތިޔަ އުޅުއްވަނީ އަހަރެމެންނަށް ކީއްކުރައްވަން؟ ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަހަރެމެން ނެތިކޮށްލައްވަންތަ؟ އަހަރެންނަށް ކަލޭގެފާނަކީ ކޮން ބޭކަލެއްކަން އެނގޭ. ކަލޭގެފާނީ މާތްރަސްކަލާނގެ މަތިވެރިކުރައްވައި ޚާއްސަ ކުރެއްވި ފަރާތް!⁠“


”⁠އަހަރެން މި ވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަގީރުންނަށް ހެޔޮޚަބަރުފުޅު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް


”⁠އޭ ނާޒަރަތުގެ އަހުލުވެރި އީސާ. ކަލޭގެފާނު ތިޔައުޅެނީ އަހަރެމެންނަށް ކީއްކުރަން؟ ކަލޭގެފާނު މިތަނަށް ތިޔައައީ އަހަރެމެން ނައްތާލުމަށް ތަ؟ ކަލޭގެފާނު ތިޔައީ ކާކުކަން އަހަންނަށް އެނގޭ. ކަލޭގެފާނަކީ މާތްރަސްކަލާނގެ މަތިވެރި ކުރެއްވި މީހާ.⁠“


ނަމަވެސް އަހަރެންގެ ބަދަލުގައި ކަލޭމެންނަށް އެހީތެރިވުމަށް ބައްޕާފުޅު ފޮނުއްވައި ދެއްވާ މާތްރޫޙުފުޅު ކަލޭމެންނަށް ހުރިހާ ކަމެއް ދަސްކޮށްދީ އަހަރެން މި ދަސްކޮށްދިން ކަންތަކުގެ މަތިން ކަލޭމެންގެ ހަނދާންތައް އާކޮށް ދޭނެ.


ތެދު ކަމުގައިވާ މާތްރޫޙުފުޅު ކަލޭމެންގެ ކިބައިގައި ވާހިނދު ކަލޭމެންނަށް ފުރިހަމަ ތެދަކީ ކޮބައިކަން ހާމަކޮށްދެއްވާނެ. މާތްރޫޙުފުޅު އަންގަވާނީ އެ ރޫޙުފުޅުގެ އަމިއްލަ ބަސްފުޅުތަކެއް ނޫން. އެއީ އެރޫޙުފުޅަށް އެންގެވޭނެ ބަސްފުޅުތައް. އަދި ފަހުންވާނެ ކަންތައް ވެސް އެރޫޙުފުޅު އަންގަވައި ދެއްވާނެ.


މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން އަދި ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ.


ހެޔޮކަންތަކަށް ކަލޭގެފާނު ލޯބިވެ ވަޑައިގަންނަވައެވެ. ކަލޭގެފާނު ނަފްރަތު ކުރައްވަނީ ނުބައި ކަންތަކަށެވެ. އެހެންކަމުން ތިމަން ކަލާނގެ، ކަލޭގެފާނުގެ ކަލާނގެ، ކަލޭގެފާނު ޚިޔާރު ކުރެއްވީމުއެވެ. އަދި މިހާތަނަށް ކަލޭގެފާނުގެ އެއްވެސް ބައިވެރިޔަކަށް ތިމަން ކަލާނގެ ދެއްވާފައި ނުވާފަދަ ޝަރަފަކާއި އުފާވެރިކަމެއް ދެއްވީމުއެވެ.⁠“


އެމީހުންގެ ތެރޭން އެކަކު ވެސް އަނެކާގެ ގާތް ތިމާގެ ރައްޓެހިންގެ ގާތުގައި ތިމަންކަލާނގެ އިތުރު ތަޢާރަފެއް ބުނެދޭކަށް ނުޖެހޭނެ އެވެ. އެ މީހުންގެ ކުދިބޮޑު އެންމެންނަށް ތިމަންކަލާނގެއަކީ ކޮބައިކަން އެނގިގެން ވާނެ އެވެ.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ލެއްވިއެވެ. އަދި އެ މާތްރޫޙުފުޅު ތިޔަބައިމީހުންނާއި އެކުގައި ވުމުން އިތުރު އެދުރެއްގެ އުނގަންނައިދިނުމެއް ތިޔަބައިމީހުންނަކަށް ބޭނުމެއް ނުވެއެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން ޙައްޤު ތެދުމަގަކީ ކޮބައިކަން އަންގަވައި ދެއްވައެވެ. އަދި މާތްރަސްކަލާނގެ އެ މާތްރޫޙުފުޅު ތިޔަބައިމީހުންނަށް އެންމެހާ ތަކެތި އުނގަންނައި ދެއްވައެވެ. އެހެންވީމާ، އަލްމަސީޙާއި އެކުގައި ޙަޔާތް ވޭތުކުރުމުގައި ކުރިއަށް ދާށެވެ. އެއީ އެމަތިވެރި ރޫޙުފުޅު ތިޔަބައިމީހުންނަށް އުނގަންނައި ދެއްވިގޮތުގެ މަތިންނެވެ.


މާތްރަސްކަލާނގެ އަހަރެމެންނަށް ދެއްވި އެކަލާނގެ މާތްރޫޙުފުޅު ސާބިތުކޮށްދެނީ އަހަރެމެން އެކަލާނގެ އާއި ގުޅި އެކަލާނގެ އަހަރެމެންނާއި ގުޅިފައިވާ ކަމެވެ.


މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިފައިވާ ތަކެތި ކަމުގައި ވިޔަސް މި ތަކެތި ތިޔަބައިމީހުންނަށް އަހަރެން ހަނދާން ކޮށްދެމެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ޚިޔާރު ކުރެއްވި އިސްރާއީލު ބާގައިގެ މީހުން މިޞްރުން ސަލާމަތް ކޮށްދެއްވި ގޮތެވެ. އަދި އެބައިމީހުންގެ ތެރޭގައި ތިބި އެކަލާނގެއަށް އީމާން ނުވި މީހުން ނައްތަވާލެއްވި ގޮތެވެ.


”⁠ފިލަދެލްފިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތް އަދި ތެދުވެރި ފަރާތުން ދިން ޚަބަރެއް. ދާއޫދުގެފާނަށް މިލްކުވެގެންވީ ތަޅުދަނޑި ވަނީ އަހަރެންގެ އަތުގައި. އަދި އަހަރެން ދޮރެއް ހުޅުވައިފިނަމަ އެ ދޮރެއް ބަންދުކުރެވެނޭ ފަރާތެއް ނުހުންނާނެ. އަދި އަހަރެން ދޮރެއް ލައްޕައިފިނަމަ އެ ދޮރެއް ހުޅުވޭނޭ ފަރާތެއް ވެސް ނުހުންނާނެމެ.


މި ދިރިހުރި މަޚުލޫގުންގެ ތެރެއިން ކޮންމެ މަޚުލޫގެއްގެ ހަށިގަނޑުގައި ހަ ފިޔަ ވެއެވެ. އަދި އޭގެ ކޮންމެ އެއްޗެއްގެ ހަށިގަނޑުވަނީ ލޯތަކުން ފުރިފައެވެ. އޭގެ ފިޔަތަކުގެ ދަށާއި އެކުވެސް މެއެވެ. ދުވާލާއި ރޭގަނޑު ހުއްޓުމެއް ނެތި މި އެއްޗެތި ޙަމްދު ސަނާ ކިޔަމުން ގެންދެއެވެ. ”⁠ޤުއްދޫސް، ޤުއްދޫސް، ޤުއްދޫސް ވަންތަ ފަރާތްޕުޅަކީ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ފަރާތްމެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ