Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:17 - ކިތާބުލް މުޤައްދަސާ

17 އަދި މި ދުނިޔެއާއި މި ދުނިޔޭގައިވާ އެންމެހާ ނުބައި ވެގެންވާ އެދުންތަކާއެކު އަބަދަށްޓަކައި ފަނާވެދެއެވެ. ނަމަވެސް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރި ފަރާތްތައް ތާއަބަދަށް ދިރި ދެމިތިބޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:17
28 ပူးပေါင်းရင်းမြစ်များ  

ޙަޔާތަށް ތޫފާނެއް އަންނަ ހިނދު ނުބައިނުލަފާމީހުން ގެއްލި ހިނގައިދާނެއެވެ. އެކަމަކު ޞާލިޙުން ތިބޭނީ އަބަދުވެސް ސަލާމަތްކަން މަތީގައެވެ.


މި ދެ ދަރިންގެ ތެރެއިން ބައްޕައަށް ކިޔަމަންތެރިކަން އަދާކުރީ ކޮން ދަރިއެއް؟⁠“ ބޮޑު އިމާމުންނާއި ބޮޑުން ޖަވާބު ދިނެވެ. ”⁠ދޮށީ ދަރިފުޅު.⁠“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. ނުޙައްޤުން މީހުންގެ އަތުން ޓެކްސް ނަގާ މީހުންނާއި ހަށިވިއްކާ އަންހެނުން ވެސް ތިޔަބައިމީހުންނަށް ވުރެ ކުރިން މާތްރަސްކަލާނގެ ރަސްކަންފުޅު ލިބި ސުވަރުގެއަށް ދާނެ.


އުޑާއި ބިން ނެތިގެން ދާނެ. އެކަމަކު އަހަރެންގެ ބަސްތައް ނެތިގެނެއް ނުދާނެ.⁠“


”⁠މީސްތަކުންގެ ތެރެއިން އަހަރެންނަށް ’⁠މާތްސާހިބާ⁠‘ ގެ ނަމުން މުޚާތަބުކުރާ ކޮންމެ ފަރާތަކަށް ސުވަރުގެއަކަށް ނުވަދެވޭނެ. ހަމައެކަނި ސުވަރުގެއަށް ވަދެވޭނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުތައް ކުރާ މީހަކަށް.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރާ ކޮންމެ މީހަކީ އަހަރެންގެ ފިރިހެން ކޮއްކޮއެއް ނޫނީ އަހަރެންގެ އަންހެން ކޮއްކޮއެއް ނޫނީ އަހަރެންގެ މަންމައެއް.⁠“


އެކަމަކު އަހަރެން ދޭ ފެން ބޮއެފި މީހަކު އިތުރު ފެނަކަށް ބޭނުމެއް ނުވާނެ. އަހަރެން މި ދޭ ފެން ބޮއެފި މީހެއްގެ ހިތުތެރޭގައި ފައްވާރާއެއް ހެން ތާޒާފެން އާރެއް އުތުރި އަރައި ގަންނާނެ. އެ ފެނުގެ ސަބަބުން އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.⁠“


ސުވަރުގެއިން ފޮނުއްވާ އަސްލު ކާނާއަކީ އަހަރެން. މި ކާނާއަކީ ކަލޭމެންގެ ކާބަފައިން ކޭ މަންނާ ފަދަ ކާނާއެއް ނޫން. އެކާނާ ކޭ މީހުން ފަހުން މަރުވެ ދިޔައީ. އެކަމަކު އަހަރެން މިދޭ ކާނާ ކައިފި މީހަކު ދާއިމަށް ދިރިދެމި ހުންނާނެ.⁠“


މާތްރަސްކަލާނގެ އަންގަވާގޮތަށް ކަންތައް ކުރަން އެދޭ މީހަކަށް އަހަރެން މި ބުނެދޭ ތަކެއްޗަކީ މާތްރަސްކަލާނގެ އެންގެވުންތައްކަން ހާމަވެގެންދާނެ. އަދި މިއީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫންކަން ވެސް އެނގިގެންދާނެ.


ތިޔަބައިމީހުންނާއި ބެހޭ ޚަބަރުތައް އަހަރެމެންނަށް އަޑު އިވުނީއްސުރެ ތިޔަބައިމީހުންނަށްޓަކައި ދުޢާކުރުން އަހަރެމެން ހުއްޓައެއް ނުލަމެވެ. އަދި އެކަލާނގެ މާތް ރޫޙުފުޅުން ދެއްވާ ހުރިހާ ޙިކުމަތްތަކާއި ވިސްނުންތެރިކަމުން އެކަލާނގެ އެދިވޮޑިގެންވާ ކަންތައްތަކުގެ ފުރިހަމަ އިލްމު ތިޔަބައިމީހުންނަށް ދެއްވުން އެދި އަހަރެމެން މެދުނުކެނޑި ދުޢާކުރަމެވެ.


ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ ތިޔަބައިމީހުން މާތް ބައެއްގެ ގޮތުގައި ވުމަށެވެ. އަދި ޖިންސީ ފާފަތަކުން ދުރުވެގެން ވުމަށެވެ.


ކޮންމެ ޙާލަތަކާއިމެދު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާށެވެ. މިއީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި ތިޔަބައިމީހުން ކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް ކަލޭމެންނަށް ކަންތައް ކުރެވެންދެން ކަލޭމެންނަށް ޖެހޭނީ ކެތްތެރިވެ ތިބުމަށެވެ. އޭރުން އެކަލާނގެ ވަޢުދު ކުރެއްވި ކަންތައް ކަލޭމެންނަށް ލިބިގެން ދާނެއެވެ.


ނަމަވެސް މާދަމާ ކަލޭމެންނާ މެދުގައި ކަންތައްތައް ހިނގާނޭ ގޮތެއް ކަލޭމެންނަށް އެނގިގެން ނުވޭމެއެވެ. ކަލޭމެންގެ ޙަޔާތަކީ ފަތިހުގައި ފައިބާ ފިނިފަދައިން ހިނގައިދާ ކަމެކެވެ. އެހެނީ ކުޑަ ހިނދުކޮޅެއްގައި ފެނިދެއެވެ. ނަމަވެސް އެއަށް ފަހު ނެތިދޭމެއެވެ.


އަދި ތިޔަބައިމީހުންނަށް ދިންނެވުން ލިބެންދެން އެކަލާނގެ ތިޔަބައިމީހުން ރައްކާތެރި ކޮށްދެއްވަނީ އެކަލާނގެ ކުޅަދުންވަންތަ ކަމާމެދު ތިޔަބައިމީހުންގެ އޮންނަ އީމާންތެރިކަމުންނެވެ. އެ ދިންނެވުން ތިޔަބައިމީހުން އެންމެންނަށް ފައުޅުވެގެންދާނީ ޤިޔާމަތާއި ހަމައިންނެވެ.


އޭރުން ތިޔަބައިމީހުންގެ ޙަޔާތުގެ ބާކީ އޮތް ދުވަސްތައް އަމިއްލަ ނުބައިވެގެންވާ އެދުންތަކުން އެއްކިބާވެ ތިބެ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ މަތިން މި ދުނިޔެ ވޭތުކުރެވޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ