ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:14 - ކިތާބުލް މުޤައްދަސާ14 ބަފައިންނޭވެ! ތިޔަ ބަފައިންނަށް އަހަރެން މިފަދައިން ލިޔާ ސަބަބަކީ ދުނިޔެ ފެށުމުގެ ކުރީގައި ހުންނެވި ކަލާނގެ ތިޔަ ބަފައިންނަށް އެނގިފައިވާތީއެވެ. ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުންގެ ބާރުގަދަ ކަމުންނެވެ. އަދި ތިޔަ ޒުވާނުންގެ ހިތްތަކުގައި މާތްރަސްކަލާނގެ ބަސްފުޅު އެކުލެވިގެން ވާތީއެވެ. އޭގެ އިތުރުން ޝައިތާނާގެ މައްޗަށް ތިޔަ ޒުވާނުން ފަތަޙަ ހޯދާފައިވާތީ ވެސް މެއެވެ. အခန်းကိုကြည့်ပါ။ |
އެކަމަކު ތިމަންކަލާނގެ އިސްރާއީލުންނަށް މި އާ ޢަހުދުނާމާ ގާއިމު ކުރައްވައި، ތިމަންކަލާނގެ މީސްތަކުންގެ ސިކުނޑިއަށް އެއަމުރުފުޅުތައް ވައްދަވައި، އެއަމުރުފުޅުތައް އެމީހުންގެ ހިތްތަކުގައި ލިޔުއްވާނެ ދުވަސް އެބަ އާދެއެވެ. ތިމަންކަލާނގެ ވާހުށީ އެމީހުންގެ ކަލާނގެ ކަމުގައެވެ. އަދި އެމީހުން ވާހުށީ ތިމަންކަލާނގެ މީހުން ކަމުގައެވެ.
އަހަރެމެން ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން މިގެންދަނީ މީސްތަކުންނަށް ދިރުން ލިބިދޭ ބަސްފުޅެވެ. އެހެނީ ފެށުމުގައި ވެސް އެކަލޭގެފާނު ވޮޑިގެންވިއެވެ. އަހަރެމެންނަށް އެކަލޭގެފާނު ބަސްވިދާޅުވި އަޑު އިވުނެވެ. އަހަރެމެންގެ ލޯތަކަށް އެކަލޭގެފާނު ފެނިފައިވިއެވެ. އަދި އެކަލޭގެފާނު ކުރެއްވި ތަފާތު ކަންތައްތައް އަހަރެމެންގެ ހަމަ ލޮލުން ދުށީމެވެ. ހަމައެހެންމެ އަހަރެމެންގެ އަތްތަކުން އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްލީމެވެ.
ބަފައިންނަށް މިފަދައިން އަހަރެން މިލިޔަނީ ދުނިޔެ ފެށުމުގެ ކުރީގައި ވެސް ހުންނެވި އަލްމަސީޙު ތިޔަބައިމީހުންނަށް އެނގިފައިވާތީއެވެ. ޒުވާނުންނޭވެ! ތިޔަ އެންމެހައި ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފައި ވާތީއެވެ. އަހަރެންގެ ލޮބުވެތި ދަރިންނޭވެ! އަހަރެން މިފަދައިން ތިޔަ ދަރިންނަށް ލިޔާ ސަބަބަކީ ތިޔަ ދަރިންނަށް މަތިވެރި ބައްޕާފުޅު އެނގިފައިވާތީއެވެ.