ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:13 - ކިތާބުލް މުޤައްދަސާ13 ބަފައިންނަށް މިފަދައިން އަހަރެން މިލިޔަނީ ދުނިޔެ ފެށުމުގެ ކުރީގައި ވެސް ހުންނެވި އަލްމަސީޙު ތިޔަބައިމީހުންނަށް އެނގިފައިވާތީއެވެ. ޒުވާނުންނޭވެ! ތިޔަ އެންމެހައި ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފައި ވާތީއެވެ. އަހަރެންގެ ލޮބުވެތި ދަރިންނޭވެ! އަހަރެން މިފަދައިން ތިޔަ ދަރިންނަށް ލިޔާ ސަބަބަކީ ތިޔަ ދަރިންނަށް މަތިވެރި ބައްޕާފުޅު އެނގިފައިވާތީއެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެތަނުގައި ތިބި މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވި. ”އަހަރެންގެ ބައްޕަ ވަނީ ހުރިހާ ކަމެއް އަހަރެންގެ މައްޗަށް ދޫކޮށްލައްވާފަ. ދަރިފުޅަކީ ކާކު ކަމެއް ބައްޕާފުޅަށް ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ. ދަރިފުޅަށް ފިޔަވާ އެހެން މީހަކަށް ބައްޕައަކީ ކާކު ކަމެއް ވެސް ނޭނގޭނެ. ބައްޕަފުޅަކީ ކާކުކަން އެނގޭނީ ހަމައެކަނި ދަރިފުޅު އެކަން އަންގައިދިނުމަށް ކަނޑައަޅާ ބަޔަކަށް.“
އީސާގެފާނު ވިދާޅުވިއެވެ. ”ފިލިޕު، އަހަރެން ކަލޭމެންގެ ގާތުގައި އެތައް ދުވަހެއް ވަންދެން އުޅެފީމު. އެކަމަކު އަދިވެސް އަހަރެން މިއީ ކާކުކަމެއް ކަލެއަށް ނޭނގުނުތަ؟ އަހަރެން ދަނެ، ދެކެފި، ކޮންމެ މީހަކަށް ބައްޕާފުޅު ވެސް އެވަނީ ފެނިފައި. ވީއިރު ’ބައްޕާފުޅު އަހަރެމެންނަށް ދައްކާދޭށޭ‘ ކަލޭ ތިޔަ ބުނީ ކީއްވެ؟
އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.“
އަޅުގަނޑުގެ ދުޢާއަކީ އެމީހުން އެކަތިގަނޑަކަށް ހައްދަވައި ދެއްވުން. ބައްޕާފުޅާ! އަޅުގަނޑުގެ ކިބައިގައި ބައްޕާފުޅު ވާފަދައިން އަދި ބައްޕާފުޅުގެ ކިބައިގައި އަޅުގަނޑު ވެސް ވާފަދައިން އެމީހުން ވެސް ބައްޕާފުޅާއި އަޅުގަނޑުގެ ކިބައިގައި ލައްވާށި. އޭރުން ދުނިޔޭގެ މީސްތަކުންނަށް އަޅުގަނޑު ފޮނުއްވީ ބައްޕާފުޅުކަން ގަބޫލުކޮށް އީމާންވެވޭނެ.
އެކަލޭގެފާނު މިހެން ވިދާޅުވުމުން އެމީހުން ބުންޏެވެ. ”ކަލޭގެ ބައްޕައަކީ ކޮބައިތަ؟“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ކަލޭމެންނަށް އަހަރެން މިއީ ކާކުކަން ނޭނގޭތީ ކަލޭމެންނަކަށް އަހަރެންގެ ބައްޕާފުޅަކީ ކާކުކަމެއް ވެސް ނޭނގޭނެ. އަހަރެން މިއީ ކާކުކަން ކަލޭމެންނަށް އެނގިއްޖެނަމަ އަހަރެންގެ ބައްޕާފުޅަކީ ކޮބައިކަން ވެސް ކަލޭމެންނަށް ސާފުކޮށް އެނގޭނެ.“
އަހަރެމެން ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން މިގެންދަނީ މީސްތަކުންނަށް ދިރުން ލިބިދޭ ބަސްފުޅެވެ. އެހެނީ ފެށުމުގައި ވެސް އެކަލޭގެފާނު ވޮޑިގެންވިއެވެ. އަހަރެމެންނަށް އެކަލޭގެފާނު ބަސްވިދާޅުވި އަޑު އިވުނެވެ. އަހަރެމެންގެ ލޯތަކަށް އެކަލޭގެފާނު ފެނިފައިވިއެވެ. އަދި އެކަލޭގެފާނު ކުރެއްވި ތަފާތު ކަންތައްތައް އަހަރެމެންގެ ހަމަ ލޮލުން ދުށީމެވެ. ހަމައެހެންމެ އަހަރެމެންގެ އަތްތަކުން އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްލީމެވެ.
އަހަރެންގެ ލޮބުވެތި ދަރިންނޭވެ. އަހަރެން މިހެން ތިޔަބައިމީހުންނަށް މިލިޔަނީ ތިޔަބައިމީހުން ނުބައިވެގެންވީ ފާފަވެރި އަމަލުތަކުގައި ބައިވެރި ނުވާނެ ގޮތް ހެދުމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ނުބައި ޢަމަލެއް ކުރެވިއްޖެނަމަ މާތްރަސްކަލާނގެ ބައްޕާފުޅުގެ ޙަޟްރަތުގައި އަހަރެމެންނާމެދު މަދަދުވެރިވާނެ ފަރާތެއް ވެއެވެ. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ހަމައެކަނި ޞާލިޙުވަންތަ ފަރާތް ކަމުގައިވާ އީސާ އަލްމަސީޙު އެވެ.
ބަފައިންނޭވެ! ތިޔަ ބަފައިންނަށް އަހަރެން މިފަދައިން ލިޔާ ސަބަބަކީ ދުނިޔެ ފެށުމުގެ ކުރީގައި ހުންނެވި ކަލާނގެ ތިޔަ ބަފައިންނަށް އެނގިފައިވާތީއެވެ. ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުންގެ ބާރުގަދަ ކަމުންނެވެ. އަދި ތިޔަ ޒުވާނުންގެ ހިތްތަކުގައި މާތްރަސްކަލާނގެ ބަސްފުޅު އެކުލެވިގެން ވާތީއެވެ. އޭގެ އިތުރުން ޝައިތާނާގެ މައްޗަށް ތިޔަ ޒުވާނުން ފަތަޙަ ހޯދާފައިވާތީ ވެސް މެއެވެ.
އަހަރެމެންނަކީ ޤާއިން ފަދަ ބައެއް ނޫނެވެ. އޭނާ މިލްކުވެގެންވީ ޝައިތާނާއަށެވެ. އަދި އޭނާ އޭނާގެ ކޮއްކޮ ހާބީލް މަރައިލިއެވެ. ޤާޔިން އޭނާގެ ކޮއްކޮ ގަތުލު ކުރީ ކީއްވެ ހެއްޔެވެ؟ އެއީ ޤާޔިން ކުރީ ނުބައިވެގެންވީ އަމަލުތަކެއް ކަމުންނެވެ. ނަމަވެސް އޭނާގެ ކޮއްކޮ ކުރި އަމަލުތަކަކީ ސާލިޙު އަމަލުތަކެއް ކަމުންނެވެ.
ދަރިންނޭވެ! ތިޔަބައިމީހުންނީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ތިޔަބައިމީހުން ވަނީ އެފަދަ އެންމެހާ މީހުންގެ ދޮގު ފަތުވާތަކުގެ މައްޗަށް ފަތަޙަ ހޯދާފައެވެ. ތިޔަބައިމީހުންނަށް މިފަދަ ހިތްވަރެއް ލިބިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ ކިބައިގައި ވާތީއެވެ. ސަބަބަކީ އެ މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ އަކީ ކޮބައިކަން ނޭނގޭ މީހުންގެ މައްޗަށް ބާރުހިންގާ ޝައިތާނާގެ ރޫޙަށް ވުރެން މާ މަތިވެރި ބާރެއް ކަމުންނެވެ.
މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.