Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:1 - ކިތާބުލް މުޤައްދަސާ

1 އަހަރެންގެ ލޮބުވެތި ދަރިންނޭވެ. އަހަރެން މިހެން ތިޔަބައިމީހުންނަށް މިލިޔަނީ ތިޔަބައިމީހުން ނުބައިވެގެންވީ ފާފަވެރި އަމަލުތަކުގައި ބައިވެރި ނުވާނެ ގޮތް ހެދުމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ނުބައި ޢަމަލެއް ކުރެވިއްޖެނަމަ މާތްރަސްކަލާނގެ ބައްޕާފުޅުގެ ޙަޟްރަތުގައި އަހަރެމެންނާމެދު މަދަދުވެރިވާނެ ފަރާތެއް ވެއެވެ. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ހަމައެކަނި ޞާލިޙުވަންތަ ފަރާތް ކަމުގައިވާ އީސާ އަލްމަސީޙު އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 2:1
47 ပူးပေါင်းရင်းမြစ်များ  

ދެން އީސާގެފާނު އެތަނުގައި ތިބި މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވި. ”⁠އަހަރެންގެ ބައްޕަ ވަނީ ހުރިހާ ކަމެއް އަހަރެންގެ މައްޗަށް ދޫކޮށްލައްވާފަ. ދަރިފުޅަކީ ކާކު ކަމެއް ބައްޕާފުޅަށް ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ. ދަރިފުޅަށް ފިޔަވާ އެހެން މީހަކަށް ބައްޕައަކީ ކާކު ކަމެއް ވެސް ނޭނގޭނެ. ބައްޕަފުޅަކީ ކާކުކަން އެނގޭނީ ހަމައެކަނި ދަރިފުޅު އެކަން އަންގައިދިނުމަށް ކަނޑައަޅާ ބަޔަކަށް.⁠“


ބައްޕާފުޅު އަހަރެން ދެނެވޮޑިގެންވޭ، އަހަރެން ބައްޕާފުޅު ވެސް ދަންނަން. ހަމަ އެފަދައިން އަހަރެންނާއި އަހަރެންގެ ކަންބަޅިތައް ވެސް އެކަކު އަނެކަކު ދަނޭ. އަދި އެ އެއްޗެއްސަށްޓަކައި އަހަރެން އަހަރެންގެ ފުރާނަވެސް ދޭނަން.


ހަމަ އަހަރެން ބަނީއިސްރާއީލުގެ ވެރިންނަށް ބުނާ ފަދައިން ކަލޭމެންނަށް ވެސް ބުނަން، މަގޭ ދަރިންނޭ! އަހަރެން ދެން މާކަ ގިނަވަގުތަކު ކަލޭމެންނާއި އެއްކަކު ނުވާނެ. ކަލޭމެން އަހަރެން ހޯދާނެ ވެސްމެ. އެކަމަކު އަހަންނެއް ނުފެންނާނެ އަދި އަހަރެން މި ދާތަނަކަށް ކަލޭމެންނަކަށް ނުވެސް އާދެވޭނެ.


އަހަރެން ބައްޕާފުޅުގެ ކިބައިން އަހަރެން ފަދައިން ކަލޭމެންގެ ގާތުގައި ވުމަށް އެހެން އެހީތެރިއަކު ފޮނުއްވުމަށް އެދި ދަންނަވާނަން. އޭރުން ކަލޭމެންނަށް އެހީވުމުގައި ދެމިހުރުމަށް މާތްރޫޙުފުޅު ފޮނުއްވައި ދެއްވާނެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.


އެކަލޭގެފާނު ގޮވާލެއްވިއެވެ. ”⁠އެކުވެރިންނޭ! ކޮބާ އެކައްޗެއް ވެސް ނުބޭނުނު ދޯ؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އެކައްޗެއް ވެސް ނުބޭނޭ.⁠“


ފަހުން ބައިތުލް މަޤްދިސްގެ ތެރޭން އީސާގެފާނު އެމީހާ ހޯއްދަވައި އެމީހާއަށް ވިދާޅުވިއެވެ. ”⁠އަޑުއަހާ! މިހާރު ކަލޭ ތިޔަވަނީ ގަދަ ވެފަ. ދެން ފާފަކުރުން ހުއްޓާލާ! އެހެން ނޫނީ ތިޔަށް ވުރެ ނުބައި ގޮތެއް ވެސް ދިމާ ވެދާނެ.⁠“


ނަމަވެސް ޔަޙުޔާގެފާނު ވިދާޅުވި ބަސްފުޅުތަކަށް ވުރެވެސް މާ މުހިންމު ހެއްކެއް އަހަރެންގެ ފަރާތުގައިވޭ. އެއީ އަހަރެން ދަސްކޮށްދެމުން މިދާ ކަންތަކާއި ދައްކަމުން މި ގެންދާ މުޢުޖިޒާތްތައް. އަދި އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ކުރުމަށް އެންގެވި ކަންތައްތައް އަހަރެން ކޮށް ނިންމުން. މިކަންތައްތަކުގެ ސަބަބުން އަހަރެން ފޮނުއްވީ ބައްޕާފުޅުކަން ސާބިތު ކޮށްދޭ.


ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.⁠“


އަންހެންމީހާ ޖަވާބުގައި ދެންނެވިއެވެ. ”⁠ސާހިބާ، އެކަކު ވެސް އެކަމެއް ނުކުރި.⁠“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ވެސް ކަލޭ ކުށްވެރިއެއް ނުކުރާނަން. ކަލޭ މިތަނުންދޭ. އެކަމަކު ދެން މީގެ ފަހުން ފާފަ ނުކުރާތި.⁠“


ކަލޭމެންގެ ކާބަފައިން އަނިޔާ ނުކުރާ ދެރަކޮށް ނަހަދާ އެންމެ ނަބީބޭކަލަކު ވެސް ވޭ ތަ؟ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ މަތިވެރި ޞާލިޙު މީހާ އަންނަ ވާހަކަ ފާޅުކޮށް އެންގުމަށް ފޮނުއްވި ނަބީބޭކަލުން ވެސް އެމީހުން މަރާލި. އަދި މިހާރު ކަލޭމެން އެ ޚާއްސަކުރައްވާ ފޮނުއްވި މަތިވެރި މީހާ އާއި ވެސް ދެކޮޅުހަދާ އެކަލޭގެފާނު ވެސް މަރާލާފީމު.


މަގޭ ދަރިންނޭވެ! އީސާ އަލްމަސީޙު ގެ ކިބައިގައިވާ ސިފަތައް ކަލޭމެންގެ ކިބައިގައި އަށަގަތުމަށް ދާންދެން އަންހެނަކު ވިހެއުމަށް އަޅާފަދަ ބޮޑުވޭނެއް އަހަރެންގެ ހިތުގައި ކަލޭމެންނަށްޓަކައި އެބައަޅައެވެ.


އެއީ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެން ހުރިހާ އެންމެންނަށް، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ފަރާތްތަކާއި އަދި ބަނީއިސްރާއީލުގެ ދަރިކޮޅަށް އެއް ރޫޙުފުޅެއްގައި ބައްޕާފުޅުގެ ޙަޟްރަތަށް ވާސިލުވުމުގެ ކުޅަދާނަކަން ލިބިދިނުމަށް ވެސް މެއެވެ.


ފާފަވެރި ވެދާފަދަ މިންވަރަށް ތިޔަބައިމީހުން ރުޅި ނާންނާށެވެ. އަދި ރުޅިވެރިކަމުގައި ތިއްބާމެ އިރު އޮއްސުނަ ނުދޭށެވެ.


އެހެނީ ހަމައެކަނި ވޮޑިގެންވާ ފަރާތަކީ އެކަލާނގެއެވެ. އަދި މާތްރަސްކަލާނގެ އާއި އެކަލާނގެ އިންސާނުންނާއި ދެމެދު ސުލްޙަ ކުރެއްވުމުގެ ބާރު ލިބިގެން ވަނީ އިންސާނުންގެ ތެރެއިން ހަމައެކަނި އެންމެ މެދުވެރި އަކަށެވެ. އެއީ ހަމައެކަނި އީސާ އަލްމަސީޙުއެވެ.


މިވަގުތު އަހަރެން މި ފަތްފުށްތައް ތިބާއަށް މިލިޔަނީ ވަރަށް އަވަސް މުއްދަތެއްގައި ތިބާ އާއި އެކުގައި ހޭދަ ކުރެވޭނެ ކަމުގެ އުންމީދާ އެކުގައެވެ.


އެހެނީ އީސާއަލްމަސީޙު ވެދެވަޑައިގަތީ އިންސާނުން އުފައްދަވާފައިވާ ފޭލިގެއަކަށް ނޫނެވެ. ބިންމަތީގައި ވަނީ އަސްލު ފޭލިގެކޮޅުގެ މާދިރީއެކެވެ. އެއާ ޚިލާފަށް އެކަލޭގެފާނު ވެދެވަޑައިގަތީ ސުވަރުގެއަށެވެ. އެކަލޭގެފާނު މިއަދު ވެސް ހުންނެވީ އެތާގައި މާތްރަސްކަލާނގެ ޙަޟްރަތުގައެވެ. އަހަރެމެންނަށްޓަކައެވެ.


މާތްރަސްކަލާނގެ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުގައި ސާފު އަދި ސައްޙަ ދީނަކީ މުހުތާދެއްގައިވާ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެ އަޅާލުމާއި އަދި ދުނިޔަވީ ނުތާހިރުކަމުން ސަލާމަތް ވެގެން ވުމެވެ.


ނަމަވެސް އަހަރެމެންގެ ބައްޕާފުޅު ސާހިބުވަންތަ ރަސްކަލާނގެއަށް ޙަމްދު ތަޢުރީފު ކުރުމުގައި އަހަރެމެން ދުލުގެ ބޭނުން ކުރަމެވެ. އަދި މީސްތަކުންނަށް ބަދުދުޢާ ކުރުމުގައި ވެސް ހަމަ އަހަރެމެން އެ ދުލުގެ ބޭނުން ކުރަމުއެވެ. އެހެނަސް އިންސާނުންނަކީ މާތްރަސްކަލާނގެ ސިފަފުޅާއި އެއްފަދައިން ޚަލްޤުކުރެވިގެންވާ ބައެކެވެ.


އެކަލޭގެފާނީ ފާފައިން ހުސްދުރުވެ ވަޑައިގެން ހުންނެވި ފަރާތެކެވެ. އަދި އެއްވެސް ފަރާތަކަށް އިތުރުފުޅެއް ނަހައްދަވައެވެ.


އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ.


އަހަރެންގެ ދަރިންނޭވެ! އަހަރެމެން މީސްތަކުންނާއިމެދު ލޮބުވެތިކޮށް ހިތާންވީ ހަމައެކަނި ބަސްތަކަކުން ނުވަތަ ބުނާއެއްޗަކުންނެއް ނޫނެވެ. ނަމަވެސް އަހަރެމެންގެ ލޮބުވެތިކަން ދައްކައިދޭންވީ ތެދު ހިތުން މީސްތަކުންނަށް އެހީތެރިވެދީގެންނެވެ.


އަދި އީސާގެފާނު ވަޑައިގެންނެވީ އަހަރެމެން ހުރިހާ އެންމެންގެ ފާފަ ޢަފޫކޮށްދެއްވުމަށް ކަން ތިޔަބައިމީހުންނަށް އެނގޭނެއެވެ. އަދި އެކަލޭގެފާނީ ފާފައިން ހުސްދުރުވެގެންވާ ބޭކަލެއްކަން ވެސް ތިޔަބައިމީހުން ދަންނާނެއެވެ.


އަހަރެންގެ ދަރިންނޭވެ! އެއްވެސް މީހަކަށް ތިޔަބައިމީހުން މަގުފުރެއްދުމަށް ފުރުސަތު ނުދީ ސަމާލުވެ ތިބޭށެވެ. މީސްތަކުން ހެޔޮ އަމަލުތައް ކުރުމުން ދައްކައިދެނީ އެބައިމީހުންނަކީ ޞާލިޙު ބައެއް ކަމެވެ. އަދި އެބައިމީހުން އަލްމަސީޙު ފަދައިން ޞާލިޙު ކަމެވެ.


ދަރިންނޭވެ! ތިޔަބައިމީހުންނީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ތިޔަބައިމީހުން ވަނީ އެފަދަ އެންމެހާ މީހުންގެ ދޮގު ފަތުވާތަކުގެ މައްޗަށް ފަތަޙަ ހޯދާފައެވެ. ތިޔަބައިމީހުންނަށް މިފަދަ ހިތްވަރެއް ލިބިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ ކިބައިގައި ވާތީއެވެ. ސަބަބަކީ އެ މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ އަކީ ކޮބައިކަން ނޭނގޭ މީހުންގެ މައްޗަށް ބާރުހިންގާ ޝައިތާނާގެ ރޫޙަށް ވުރެން މާ މަތިވެރި ބާރެއް ކަމުންނެވެ.


ކޮންމެ ނުބައިކަމަކީ ފާފައެކެވެ. އެކަމަކު ކޮންމެ ފާފައެއްގެ ސަބަބުން މަރުވެ ނެތިއެއް ނުދެއެވެ.


އަހަރެންގެ ލޯބިވާ ދަރިންނޭވެ! ތިޔަބައިމީހުންގެ ހިތުގައިވާ މާތްކަލާނގެ މަޤާމު އަތުލައިފާނެ ހުރިހާ ވިޔާނުދާ ކަމަކުން ދުރުހެލިވެ ތިބޭށެވެ.


ޙައްޤު ގޮތުގައި ދެމިތިބެ އަހަރެންގެ ދަރިން ކުރިއަށް ދާކަމުގެ ޚަބަރު ލިބުމުން ލިބޭ އުފަލަށް ވުރެން މަތިވެރި އުފަލެއް އަހަރެންނަކަށް ނުލިބޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ