ޔޫޙަންނާގެ ފުރަތަމަ ސިޓީ 1:8 - ކިތާބުލް މުޤައްދަސާ8 އަހަރެމެން ފާފައެއް ނުކުރާކަމުގައި ބުނާ ނަމަ އަހަރެމެން އަމިއްލައަށް އަހަރެމެންގެ ނަފްސުތައް މޮޔަ ހައްދުވަނީ އެވެ. އަދި އަހަރެމެންގެ ހިތްތަކުގައި ތެދުވެރިކަމެއް ނުވަނީއެވެ. အခန်းကိုကြည့်ပါ။ |
ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.
އެބައިމީހުންގެ ސަބަބުން ގިނަ ބަޔަކު ވޭނާ ކުރިމަތިލާނެއެވެ. އަދި އެހެންމެ އެބައިމީހުން ވެސް އެފަދައިން ވޭން އުފުލާންޖެހެއެވެ. ސަބަބަކީ އެ ވޭނަކީ އެބައިމީހުންނަށް ކުރެވިފައިވާ ކަންތައްތަކުގެ އަނިޔާވެރި ޖަޒާއެވެ. ދުވާލުގެ ހާމަވެގެންވާ އަލިކަމުގައި އެބައިމީހުން ލޯބިކުރާނީ ފާޙިޝް ވެގެންވާ އުފާވެރިކަމަށެވެ. ތިޔަބައިމީހުންގެ މެދުގައި އެބައިމީހުން ވާނީ ލަދުޙަޔާތް ނެތިގެންވާ ބައެއްގެ ގޮތުގައެވެ. ތިޔަބައިމީހުންނާއި އެކުގައި ސުފުރާކުރާ ހިނދު އެބައިމީހުން ވާނީ މަކަރުވެރި ކަމުން ފުރިފައެވެ.
އެހެންވީމާ، އަހަރެމެން ރޫޙާނީ އެއްބައިވަންތަ ކަމުގެ ގުޅުމުން މާތްރަސްކަލާނގެ އާއި އެކު ގުޅިފައިވާކަމުގައި ބުނެ، އަހަރެމެންގެ ޙަޔާތް އަނދިރީގައި ވޭތުކުރަމުން ގެންދާނަމަ އަހަރެމެން ބުނާ ބުނުންތަކަކީ ދޮގު ބުނުން ތަކެކެވެ. އަދި އަހަރެމެންގެ އަމަލުތަކުން ދައްކައިދޭނީ އަހަރެމެންގެ ޙަޔާތާއިގެން އަހަރެމެން ކުރިއަށްދަނީ ތެދުވެރި ގޮތެއްގައި ނޫންކަމެވެ.