Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 1:7 - ކިތާބުލް މުޤައްދަސާ

7 މާތްރަސްކަލާނގެ އެކަލާނގެ އަލިކަމުގެ ތެރޭގައި ވޮޑިގެންވާ ފަދައިން އަހަރެމެން ވެސް އެ އަލިކަމުގެ ތެރޭގައިވާނަމަ އަހަރެމެން އެކަކު އަނެކަކާއެކު އެއްބައިވަންތަ ގުޅުމެއް އޮންނާނެއެވެ. އަދި މާތްރަސްކަލާނގެ ދަރިކަލުން، އީސާގެފާނުގެ ލޭފޮދުން އަހަރެމެންގެ ފާފަތައް ސާފުތާހިރު ކޮށް ދެއްވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 1:7
34 ပူးပေါင်းရင်းမြစ်များ  

އަޅަމެންނާއިމެދު ނުބައިކޮށް އަމަލުކުރާ ފަރާތްތަކަށް އަޅަމެން މަޢާފްދޭ ފަދައިން އަޅަމެންގެ ފާފަތައް ވެސް އިނބަރަސްކަލާނގެ ފުއްސަވާފާނދޭވެ!


ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”⁠ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަލިކަން ކަލޭމެންގެ ގާތުގައި ވާނީ ވަރަށް ކުޑަ ހިނދުކޮޅަކު. އެއަލިކަން ވާހައި ހިނދަކު އެ އަލިކަމުގެ ތެރޭގައި ހިނގަމުން ގެންދޭ. އެހެން ނޫނީ އަނދިރިކަން ކަލޭމެންގެ ތެރެއަށް ވެރިވެދާނެ. އަނދިރީގެ ތެރޭގައި ހިނގަމުން ދާ މީހަކަށް އެދެވެނީ ކޮންތާނކަށް ކޮން ދިމާއަކަށް ކަމެއް ނޭނގޭނެ.


ބައެއްފަހަރު މާތްރަސްކަލާނގެ ފޮނުއްވާ މަލާއިކަތަކު ވަޑައިގެން އެވެވުގެ ފެންގަނޑު ހަލުވާލުމުން ފެންގަނޑު އުތުރި އަރައެވެ. އެ ހިނދު އެންމެ ފުރަތަމަ އެވެވަށް އެރޭ މީހެއްގެ ބަލި ރަނގަޅު ވެއެވެ.


އަލްމަސީޙާއި އެކުގައި އަހަރެމެން އެއްބައިވަންތަ ކަމުގައި ވުމުން އެކަލޭގެފާނުގެ ޤުރުބާނުގެ ލޭފޮދުން އަހަރެމެން ވަނީ ފާފަތަކުން މިނިވަން ކޮށްދެއްވާފައެވެ. އޭގެ މާނައަކީ އަހަރެމެންގެ ފާފަތައް ވަނީ އަފޫކުރައްވާފައެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުގެ ތަނަވަސްކަން އެހައިމެ ބޮޑެވެ.


މާޒީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރީ އަނދިރީގައެވެ. ނަމަވެސް މާތްސާހިބާ އާއިއެކުގައި މިއަދު ތިޔަބައިމީހުން އެއްބައިވަންތަ ވުމުން ތިޔަބައިމީހުންނަށް ވަނީ އަލިކަން ލިބިފައެވެ. އެހެންވީމާ، އަލިކަން ލިބިފައިވާ ބަޔަކުފަދައިން އަޚުލާޤު ބަހައްޓާށެވެ.


އެކަލާނގެއީ އެކަކަށް ވެސް ކައިރި ނުވެވޭފަދަ ނޫރުފުޅެއްގައި އަބަދަށްޓަކައި ވޮޑިގެންވާ ފަރާތެކެވެ. އެއްވެސް އިންސާނަކަށް އެކަލާނގެ ފެނިފައެއް ނުވެއެވެ. އަދި ނުވެސް ފެންނާނެ އެވެ. އެކަލާނގެއީ ހަމައެކަނި އަޅުކަންކުރެވޭ އަދި އަބަދަށްޓަކައި ބާރުވެރިކަން ލިބިގެންވީ ހަމައެކަނި ފަރާތެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމާއި މަތިވެރިކަން އަބަދަށްޓަކައި ދެމިގެންވާނެއެވެ! އާމީން.


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.


ކޮންމެ ރަނގަޅު އަދި ފުރިހަމަ ހަދިޔާއެއް ލިބިދެނީ އުޑުގައި ވޮޑިގެންވެ ބަބުޅަމުން ދާ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ބައްޕާފުޅު މާތްރަސްކަލާނގެ ޙަޟްރަތުން ވެސް މެއެވެ. އުޑުގައިވާ އެ ތަކެތި އޭގެ ދައުރާނާ އަދާކުރަމުން ދާހިނދު އައްޔާއި ހިޔަންޏަށް ބަދަލު އަންނަމުން ދެއެވެ. އެފަދަ ތަކެތި ބަދަލުވެ ދިޔަސް މާތްރަސްކަލާނގެ ބަދަލުވުމެއްނެތި ދެމިވޮޑިގެންވެއެވެ.


އެކަލާނގެ ބަދަލު ދެއްވީ ފާފަވެރިކަމެއް ނެތް ސާފު، އެކަލާނގެ ޅަކަންބަޅީގެ ލޭފޮދު ކަމުގައި ވީ އަލްމަސީޙުގެ މަތިވެރި ލޭ ފޮދުންނެވެ.


ތިޔަބައިމީހުންނަށް އަހަރެމެން ބުނެދެމުން މި ގެންދަނީ އަހަރެމެންނަށް ފެނިފައިވި އަދި އިވިފައިވި ކަންތައްތަކެވެ. އެހެންވީމާ، ތިޔަބައިމީހުން އެފަރާތާއި މެދު އީމާންތެރި ކަމުގައިވެ އަހަރެމެންނާއި އެކުގައި އެއްބައިވަންތަ ގުޅުމެއްގައި ވުމަށް އެދެމެވެ. އެއްބައިވަންތަ ގުޅުމެއްގައި އަހަރެމެން ވަނީ މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅާއި އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙު އާއި އެކުގައެވެ.


ތިޔަބައިމީހުންނަށް އިޢުލާނު ކުރުމަށްޓަކައި އީސާގެފާނު އަހަރެމެންނަށް އުނގަންނަވައި ދެއްވި ޚަބަރުފުޅަކީ މިއީއެވެ. އެއީ މާތްރަސްކަލާނގެއީ ފުރިހަމަ އަލިކަމެވެ. އެކަލާނގެ ކިބަފުޅަކަށް އެއްގޮތަކަށް ވެސް އަނދިރިކަމެއް ނުވޭމެއެވެ.


އީސާ އަލްމަސީޙުއަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ފާޅުވެގެން ދިޔައީ އެކަލޭގެފާނު ފެނުން ތައުބާގެ ހިނެވުން ހިނެވުމުންނާއި ސަލީބަށް އެރުވިފައިވީ ހިނދު އޮހުނު ލޭފޮދުންނެވެ. ހަމައެކަނި ފެނަކުން ނޫނެވެ. މިކަންތަކަށް ޚުދު މާތްރޫޙުފުޅު ވެސް ހެކިވެއެވެ. އެހެނީ އެ ރޫޙުފުޅަކީ ޙައްޤުތެދު ކަމަށް ވާތީއެވެ.


އެއީ މާތްރޫޙުފުޅާއި ފެނާއި ލެޔެއެވެ. މިތިނެތި އެއްބަސްވެއެވެ.


މަތިވެރި ބައްޕާފުޅު އަހަރެމެން އަމަލު ކުރުމަށް އެންގެވި ފަދައިން ތިޔަބައިމީހުންގެ ބައެއް ދަރިން ތެދު ޙަޤީޤަތާއިމެދު ކިޔަމަންތެރިކަން އަދާކުރާކަން އެނގުމުން އަހަރެން ނުހަނު އުފާ ކުރަމެވެ.


ޙައްޤު ގޮތުގައި ދެމިތިބެ އަހަރެންގެ ދަރިން ކުރިއަށް ދާކަމުގެ ޚަބަރު ލިބުމުން ލިބޭ އުފަލަށް ވުރެން މަތިވެރި އުފަލެއް އަހަރެންނަކަށް ނުލިބޭނެއެވެ.


އެބައިމީހުންވަނީ ޅަކަންބަޅި ޤުރުބާން ކުރެވިދިޔަ ލެއިން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފަ. އަދި އެބައިމީހުން ގަތުލު ކުރުމަށް ދާންދެން އީސާގެފާނާއި ބެހޭ ހެޔޮ ޚަބަރުފުޅާއި މެދު ހެކިދެމުން ދިޔައީތީ ވެސް މެ. އެހެނީ ދުނިޔަވީ ޙަޔާތަށް އެބައިމީހުން ލޯތްބެއް ނުކުރީމު.


އަހަރެން ޖަވާބު ދެއްވީމެވެ. ”⁠ސާހިބާ! އަޅުގަނޑަކަށް ނޭނގޭ. ތިބާ ބުނެދެއްވާ.⁠“ އެބޭކަލަކު އަހަރެންނަށް ވިދާޅުވިއެވެ. ”⁠އެބައިމީހުންނީ އެބައިމީހުންނަށް ދިމާވި ބޮޑެތި ކާރިސާއިން ސަލާމަތް ވެގެން އައިސް ތިބި ބައެއް. އެބައިމީހުންގެ ރިދާތައް އެބައިމީހުން ދޮވުނު. އަދި ޅަކަންބަޅީގެ ލެއިން އެތަކެތި ވަނީ ހުދު ކުރެވިފަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ