ޔޫޙަންނާގެ ފުރަތަމަ ސިޓީ 1:6 - ކިތާބުލް މުޤައްދަސާ6 އެހެންވީމާ، އަހަރެމެން ރޫޙާނީ އެއްބައިވަންތަ ކަމުގެ ގުޅުމުން މާތްރަސްކަލާނގެ އާއި އެކު ގުޅިފައިވާކަމުގައި ބުނެ، އަހަރެމެންގެ ޙަޔާތް އަނދިރީގައި ވޭތުކުރަމުން ގެންދާނަމަ އަހަރެމެން ބުނާ ބުނުންތަކަކީ ދޮގު ބުނުން ތަކެކެވެ. އަދި އަހަރެމެންގެ އަމަލުތަކުން ދައްކައިދޭނީ އަހަރެމެންގެ ޙަޔާތާއިގެން އަހަރެމެން ކުރިއަށްދަނީ ތެދުވެރި ގޮތެއްގައި ނޫންކަމެވެ. အခန်းကိုကြည့်ပါ။ |
ޤިޔާމަތް ދުވަހުގައި ގިނަބަޔަކު އަހަރެން ގާތު ބުނާނެ، ’މާތްސާހިބާ، މާތްސާހިބާ، ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން ޣައިބު ބަސްތައް ނީއްވަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން މީހުންގެ ހަށިގަނޑުން ޖިންނިތައް ބޭރު ނުކުރަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ގިނަގުނަ މުޢުޖިޒާތްތައް ތިމަންމެން ނުދައްކަމުތޯ އޭ.‘
އީސާގެފާނު ވިދާޅުވިއެވެ. ”އަލިކަން ކަލޭމެންގެ ގާތުގައި ވާނީ ވަރަށް ކުޑަ ހިނދުކޮޅަކު. އެއަލިކަން ވާހައި ހިނދަކު އެ އަލިކަމުގެ ތެރޭގައި ހިނގަމުން ގެންދޭ. އެހެން ނޫނީ އަނދިރިކަން ކަލޭމެންގެ ތެރެއަށް ވެރިވެދާނެ. އަނދިރީގެ ތެރޭގައި ހިނގަމުން ދާ މީހަކަށް އެދެވެނީ ކޮންތާނކަށް ކޮން ދިމާއަކަށް ކަމެއް ނޭނގޭނެ.
މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.“
ނަމަވެސް ޙަޤީޤަތުގައި ކަލޭމެންނަކަށް މާތްރަސްކަލާނގެއަކީ ކޮބައިކަމެއް ނޭނގޭ. މާތްރަސްކަލާނގެ އަކީ ކޮބައިކަން އަހަރެންނަށް އެނގޭ. މާތްރަސްކަލާނގެއަކީ ކޮބައިކަން ނޭނގެއޭ އަހަރެން ބުނެފިނަމަ އަހަރެން ވެސް ވާނީ ހަމަ ކަލޭމެން ފަދަ ބޮޑު ދޮގުވެރިއަކަށް. ތެދަކީ އަހަރެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން ރަނގަޅަށް އެނގޭ. އަދި އަހަރެން އެކަލާނގެ ކިބަފުޅަށް ކިޔަމަންވަން.
ކަލޭމެންގެ އެކަކު އެ އަޚާ ނޫނީ އުޚުތާއަށް މިފަދައިން ބުނިމެއެވެ. ”ތިބާއަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވާށިއޭ! ތިބާ އުނުއަންނައުނާއި ބަނޑުހައި ހޫނުކަމުގެ ވޭނުން މާތްރަސްކަލާނގެ ނަޖާ ކުރައްވާށިއޭ!“ ނަމަވެސް އޭނާގެ ޙަޔާތުގައި ވީ މުހުތާދު ފިލުވައި ދިނުމަށްޓަކައި ތިބާ އެއްވެސްކަމެއް ކޮށްނުދިނީމުއެވެ. ވީއިރު ތިބާގެ އެ ހެޔޮ ބަސްތަކުގެ މާނައެއް ވޭހެއްޔެވެ؟
ފަހަރެއްގައި ބައެއް މީހުން މިފަދައިން ބުނެފާނެއެވެ. ”ހެޔޮ އަމަލުތައް ކުރުމުގައި ނުވި ކަމުގައިވިޔަސް އީމާންތެރިކަމުގައި ހުރެވިދާނޭ.“ އެފަދަ މީހުންނަށް އަހަރެން ޖަވާބުދޭނީ މިފަދައިންނެވެ. ”ތިބާ ހެޔޮ އަމަލުތައް ކުރުމުގައި ނުވެ ތިބާގެ އީމާންތެރިކަން އަހަރެންނަށް ސާބިތުކޮށްދީބަލާށޭ. އަދި އަހަރެންގެ އީމާންތެރިކަން އަހަރެންގެ ހެޔޮ އަމަލުތަކުން ތިބާއަށް އަހަރެން ސާބިތުކޮށްދޭނަމޭ.
ތިޔަބައިމީހުންނަށް އަހަރެމެން ބުނެދެމުން މި ގެންދަނީ އަހަރެމެންނަށް ފެނިފައިވި އަދި އިވިފައިވި ކަންތައްތަކެވެ. އެހެންވީމާ، ތިޔަބައިމީހުން އެފަރާތާއި މެދު އީމާންތެރި ކަމުގައިވެ އަހަރެމެންނާއި އެކުގައި އެއްބައިވަންތަ ގުޅުމެއްގައި ވުމަށް އެދެމެވެ. އެއްބައިވަންތަ ގުޅުމެއްގައި އަހަރެމެން ވަނީ މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅާއި އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙު އާއި އެކުގައެވެ.