Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ފުރަތަމަ ސިޓީ 1:5 - ކިތާބުލް މުޤައްދަސާ

5 ތިޔަބައިމީހުންނަށް އިޢުލާނު ކުރުމަށްޓަކައި އީސާގެފާނު އަހަރެމެންނަށް އުނގަންނަވައި ދެއްވި ޚަބަރުފުޅަކީ މިއީއެވެ. އެއީ މާތްރަސްކަލާނގެއީ ފުރިހަމަ އަލިކަމެވެ. އެކަލާނގެ ކިބަފުޅަކަށް އެއްގޮތަކަށް ވެސް އަނދިރިކަމެއް ނުވޭމެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ފުރަތަމަ ސިޓީ 1:5
19 ပူးပေါင်းရင်းမြစ်များ  

ޖެރޫސަލަމުން، ބަނީއިސްރާއީލުގެ ވެރިން ޔަޙުޔާގެފާނުގެ ގާތުން އެކަލޭގެފާނަކީ ކާކުތޯ އަހައި ސުވާލު ކުރުމަށް އިމާމުންނާއި އަދި ބައިތުލް މަޤްދިސް ބަލަހައްޓާ އެހީތެރީން ފޮނުވުމުން ޔަޙުޔާގެފާނު އެމީހުންނަށް މިފަދައިން ވިދާޅުވެ އެންގެވިއެވެ.


ހުރިހާ އެއްޗަކަށް ދިރުން ލިބުނީ ބަސްފުޅުގެ ސަބަބުންނެވެ. އަދި އެންމެންނަށް އަލިކަން ލިބުނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ސަބަބުންނެވެ.


އެންމެންނަށް އަލިކަން ދެއްވާނެ ފަރާތް ކަމަށްވާ އަސްލު އަލިކަމުގެ ވެރިޔާ އޭރު ވަނީ ވަޑައިގަންނަވަން ކައިރިވެފައެވެ.


މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.⁠“


އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު އަހަރެން މީ ދުނިޔޭގެ އަލިކަން.⁠“


އެކަލާނގެއީ އެކަކަށް ވެސް ކައިރި ނުވެވޭފަދަ ނޫރުފުޅެއްގައި އަބަދަށްޓަކައި ވޮޑިގެންވާ ފަރާތެކެވެ. އެއްވެސް އިންސާނަކަށް އެކަލާނގެ ފެނިފައެއް ނުވެއެވެ. އަދި ނުވެސް ފެންނާނެ އެވެ. އެކަލާނގެއީ ހަމައެކަނި އަޅުކަންކުރެވޭ އަދި އަބަދަށްޓަކައި ބާރުވެރިކަން ލިބިގެންވީ ހަމައެކަނި ފަރާތެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމާއި މަތިވެރިކަން އަބަދަށްޓަކައި ދެމިގެންވާނެއެވެ! އާމީން.


ކޮންމެ ރަނގަޅު އަދި ފުރިހަމަ ހަދިޔާއެއް ލިބިދެނީ އުޑުގައި ވޮޑިގެންވެ ބަބުޅަމުން ދާ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ބައްޕާފުޅު މާތްރަސްކަލާނގެ ޙަޟްރަތުން ވެސް މެއެވެ. އުޑުގައިވާ އެ ތަކެތި އޭގެ ދައުރާނާ އަދާކުރަމުން ދާހިނދު އައްޔާއި ހިޔަންޏަށް ބަދަލު އަންނަމުން ދެއެވެ. އެފަދަ ތަކެތި ބަދަލުވެ ދިޔަސް މާތްރަސްކަލާނގެ ބަދަލުވުމެއްނެތި ދެމިވޮޑިގެންވެއެވެ.


ފެށުނީއްސުރެން ތިޔަބައިމީހުން އަޑުއަހަމުން އައި އެންގެވުމަކީ މިއީއެވެ: ”⁠އަހަރެމެން އެކަކު އަނެކަކު ދެކެ ލޯބިވޭ!⁠“


އެ ސަހަރަށް އަލިކަން ލިބިދިނުމަށް އިރާއި ހަނދު ބޭނުމެއް ނުވެއެވެ. ސަބަބަކީ މާތްރަސްކަލާނގެ ނޫރުފުޅު އެ ސަހަރުގައި ބަބުޅަމުން ދެއެވެ. އަދި އެ ސަހަރުގެ ބައްތިއަކީ ޅަކަންބަޅި ކަމުގައި ވުމެވެ.


އެތަނަށް ރޭގަނޑު ވުމެއް ނޯންނާނެއެވެ. އަދި ބައްތިތަކާއި އިރުގެ އަލިކަން އެބައިމީހުންނަށް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އެބައިމީހުންގެ އަލިކަމަކީ ސާހިބުވަންތަ މާތްރަސްކަލާނގެ ކަމުގައި ވާނެކަމެވެ. އަދި އެބައިމީހުން ރަސްރަސްކަލުން ފަދައިން ދާއިމަށް ވެރިކަން ކުރާނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ