Biblia Todo Logo
Online Bible

- Advertisements -




ރާޢޫތު 3:2 - ކިތާބުލް މުޤައްދަސާ

2 ދަރިފުޅު ބޫޢަޒުގެ މަސައްކަތުގައި އުޅޭ އަންހެން ކުދިންނާއިއެކު މަސައްކަތް ކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. އަދި ދަރިފުޅަށް ވެސް އެނގޭނޭ ފަދައިން ބޫޢަޒު އަކީ އަހަރެމެންގެ ގާތް ތިމާގެ މީހެއް. މިރެއަކީ އޭނާ މިފަހަރު އެއްކުރި ދޮނަޅަ ސާފު ކުރުމުގެ މަސައްކަތް ކުރާ ރޭ.

See the chapter Copy




ރާޢޫތު 3:2
8 Cross References  

ދަތުރުކޮށް ގޮސް އުރުދުން ކޯރުގެ އިރުމަތީ ފަރާތުން އަޠާދުގައި އޮންނަ ތޮށިނޮޅާ ތަނަށް އާދެވުނު ހިނދު އެބައިމީހުން ޔަޢުޤޫބުގެފާނުގެ މައްޗަށް ހިތާމަކޮށް އަޑުން އަޑުނަގާ ރޮމުން ގެންދިޔައެވެ. ޔޫސުފުގެފާނު މި މުނާސަބަތު ހަފްތާއެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދެވިއެވެ.


ނުޢުމީގެ ފިރި އަލީމާލިކުގެ ގާތް ތިމާގެ ބޫޢަޒު އޭ ނަމަކަށް ކިއުނު މީހަކު ވިއެވެ. މި ބޫޢަޒު އަކީ ވަރަށް މުއްސަނދި އަދި އެރަށުގެ ބަސްވިކޭމީހުންގެ ތެރެއިން ހިމެނޭ މީހެކެވެ.


އެވަގުތު ބޫޢަޒު ރާޢޫތުގެ ގާތަށް ގޮސް ބުންޏެވެ. ”⁠ފަރުވާވެ އަޑުއަހާތި ދަރިފުޅާ! އެހެން މީހެއްގެ ދަނޑެއްގައި މަސައްކަތް ކުރަން ނުދާތި. މިދަނޑުގައި މަސައްކަތް ކުރާ އެހެން އަންހެން ކުދިން ގާތަށް ގޮސް އެމީހުންނާ އެކުގައި އުޅޭ.


އެއްދުވަހަކު ނުޢުމީ ރާޢޫތުއަށް ބުންޏެވެ. ”⁠މަންމަ ދަރިފުޅަށް ރަނގަޅު ފިރިޔަކު ހޯދައި ދިނުމަށް ގަސްތު ކޮށްފީން. އެމީހަކީ ދަރިފުޅުގެ ކަންތައްތައް ބަލަހައްޓާ އަދި ދަރިފުޅަށް ދިރިއުޅޭނޭ ވަޒަނެއް ވެސް ދޭނޭ މީހެއް.


ފެންވަރައި ދަރިފުޅުގެ އަތުގައިވާ އެންމެ ރީތި ލިބާސް ލައި އަތަރުލައި ތައްޔާރުވެގެން އޭނާ މަސައްކަތް ކުރުމަށް އުޅޭ ތަނަށް ދޭ. ނަމަވެސް ރޭގަނޑުގެ ކެއުމުން ނިމިގެން ނިދަން ހިނގައްޖެއުމަށް ދަންދެން ދަރިފުޅު އޭނާއަށް ފެނިގެން ނުވާނެ.


Follow us:

Advertisements


Advertisements