Biblia Todo Logo
Online Bible

- Advertisements -




ރާޢޫތު 3:1 - ކިތާބުލް މުޤައްދަސާ

1 އެއްދުވަހަކު ނުޢުމީ ރާޢޫތުއަށް ބުންޏެވެ. ”⁠މަންމަ ދަރިފުޅަށް ރަނގަޅު ފިރިޔަކު ހޯދައި ދިނުމަށް ގަސްތު ކޮށްފީން. އެމީހަކީ ދަރިފުޅުގެ ކަންތައްތައް ބަލަހައްޓާ އަދި ދަރިފުޅަށް ދިރިއުޅޭނޭ ވަޒަނެއް ވެސް ދޭނޭ މީހެއް.

See the chapter Copy




ރާޢޫތު 3:1
10 Cross References  

ތިބާ މިނިވަންވުމުން، އަހަރެންގެ މަތިން ހަނދާންކުރުމަށް އެދެން. އަހަރެންގެ މައްޗަށް އޯގާތެރިވެ އަހަރެންގެ ޚަބަރު ރަސްގެފާނަށް ނަންގަނެ ދޭތި. އަދި އަހަރެން މި ތަނުން ސަލާމަތްކޮށްދެއްވުމަށް ދަންނަވާތި.


އެހެންވީމާ، ޅަޒުވާން ހުވަފަތް އަންހެން ކުދިން އިތުރު ކައިވެންޏެއް ކުރުމަށް އަހަރެން ނަސޭހަތްތެރި ވަމެވެ. އަދި ދަރިން ހޯދާށެވެ. އަދި ގެވެހިކަމުގެ ޒިންމާ އަދާކުރުމެވެ. މިފަދައިން ކަންތައް ކޮށްފި ކަމުގައިވާނަމަ މަސީޙީންނާއި ދެކޮޅަށް ހަތުރުންނަށް އެއްޗެއް ބުނުމުގެ ކުޅަދާނަ ކަމެއް ނުލިބޭނެއެވެ.


ހަމަ މިފަދައިން ގާތްތިމާގެ މީހުންނަށް އަޅާލުން ނުބަހައްޓާ ފަރާތްތަކާއި އަމިއްލަ އާއިލާއާއި މެދު އަޅާލުމަށް އިންކާރުކުރާ ފަރާތްތައްވަނީ އީމާންތެރިކަމުން އެއްކިބާވެ ކަލާނގެވަންތަކަން ގަބޫލު ނުކުރާ ފަރާތްތަކަށް ވުރެން ވެސް ނުބައިވެގެންވީ ޙާލަތެއްގައެވެ.


އަދި އެކަލާނގެ ތިޔަދެކުދިންނަށް ކަމޭ ހިތައި ބަލަހައްޓާނެ ފިރީން ވެސް ދެއްވާށި!⁠“ ދެން ނުޢުމީ އެ ދެކުދިންނަށް ބޮސް ދީ އަލްވަދާޢު ކިޔެވެ. އެވަގުތު އެދެކުދިން ހަރުއަޑުން ރޮއި ގެންފައި ބުންޏެވެ.


އެދުވަހުން ފެށިގެން ރާޢޫތު ގޮވާން ހޮވުމުގެ މަސައްކަތުގައި އުޅޭއިރު އެތާނގައި މަސައްކަތުގައި އުޅޭ ބޫޢަޒުގެ އެހެން އަންހެން ކުދިންގެ ފަސްފަހަތުގައި އޭނާ އުޅެމުން ގެންދިޔައެވެ. ދުވަސްތައް ފާއިތު ވަމުންގޮސް ދޮނަޅައާއި ގޮދަނުގެ މޫސުން ވެސް ނިމިއްޖެއެވެ. އެހުރިހާ ދުވަހަކު ރާޢޫތު އުޅެމުން ދިޔައީ އޭނާގެ މައިދައިތައާ އެކުގައެވެ.


ދަރިފުޅު ބޫޢަޒުގެ މަސައްކަތުގައި އުޅޭ އަންހެން ކުދިންނާއިއެކު މަސައްކަތް ކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. އަދި ދަރިފުޅަށް ވެސް އެނގޭނޭ ފަދައިން ބޫޢަޒު އަކީ އަހަރެމެންގެ ގާތް ތިމާގެ މީހެއް. މިރެއަކީ އޭނާ މިފަހަރު އެއްކުރި ދޮނަޅަ ސާފު ކުރުމުގެ މަސައްކަތް ކުރާ ރޭ.


Follow us:

Advertisements


Advertisements