Biblia Todo Logo
Online Bible

- Advertisements -




ރާޢޫތު 2:2 - ކިތާބުލް މުޤައްދަސާ

2 އެއްދުވަހަކު ރާޢޫތު ނުޢުމީއަށް ބުންޏެވެ. ”⁠އަޅުގަނޑު މިދަނީ ގޮވާން އެއްކުރުމަށް ދަނޑުތަކުގައި މަސައްކަތް ކުރާ މީހުންނަށް ނުނެގި އުކާލެވިފައި ހުންނަ ގޮވާން ހޮވުމުގެ ހުއްދަ ދޭނޭ ދަނޑުވެރިޔަކު ފެނޭތޯ.⁠“ ނުޢުމީ ބުންޏެވެ. ”⁠އެންމެ ރަނގަޅު. ދޭ، މަގޭ ދަރިފުޅާ.⁠“

See the chapter Copy




ރާޢޫތު 2:2
9 Cross References  

މި ޚަބަރާއިގެން ޢީސޫގެ ގާތަށް ދިޔަ މީހުން އެނބުރި ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެމެން ކަލޭގެފާނުގެ ބޭބެ އާއި ބައްދަލު ކުރީމު. އަދި ކަލޭގެފާނުގެ ބޭބެ ހަތަރު ސަތޭކަ މީހުން ގޮވައިގެން ކަލޭގެފާނާއި ބައްދަލުކުރެއްވުމަށް މިތަނަށް އެބަ އާދޭ.⁠“


ދެން ރާޢޫތު ގޮސް ބާކީ ގޮވާން އެއްކުރުމުގެ ގޮތުން ދަނޑެއްގައި މަސައްކަތް ފަށައިފިއެވެ. ކަންދިމާވި ގޮތުން ރާޢޫތަށް މި ދެވުނީ ބޫޢަޒްގެ ދަނަޑަކަށެވެ. ބޫޢަޒްއަކީ އަލީމާލިކުގެ ތިމާގެ މީހެކެވެ.


އޭނާ މިތަނަށް އައިސް އެދުނީ މަސައްކަތު މީހުންނަށް ނުނެގިފައި ހުންނަ ގޮވާން ނެގުމުގެ ހުއްދައަކަށް. އެއަށް ފަހު އޭނާ ދިޔައީ ދަނޑުގައި މަސައްކަތް ކުރަމުން. އިރުއެރީއްސުރެން ފެށިގެން ހިނދުކޮޅަކަށް ހިޔަލަކަށް ވެސް ވަދެ ނުލާ. ތަނެއްގައި ފޫވެސް ޖައްސާނުލާ.⁠“


”⁠މި ޚާދިމާ އާއި މެދު ތިޔަ ސާހިބު ރުހިގެން ވާހުށި.⁠“ މިހެން ބުނެފައި އޭނާ އެތަނުން ގޮސް ކާއެއްޗެއް ކައިފިއެވެ. އޭރު އޭނާގެ މޫނުމަތީގައިވާ މޮޅިވެރިކަން ވަނީ ފިލާފައެވެ.


Follow us:

Advertisements


Advertisements