Biblia Todo Logo
Online Bible

- Advertisements -




ރާޢޫތު 1:8 - ކިތާބުލް މުޤައްދަސާ

8 ދެން ނުޢުމީ އޭނާގެ ދެ ދަނބި ދަރިންނަށް ބުންޏެވެ. ”⁠ދަރިފުޅުމެން އެނބުރި ދަރިފުޅުމެންގެ މައިންބަފައިންގެ ގާތަށް ދާންވީނު. ތިޔައިގެ ދެކުދިން އަހަރެންނަށާއި އަހަރެންގެ ފިރިމީހާއާއި ދަރިންނަށް ދިންފަދަ އޯގާވެރިކަމުގެ އިނާމެއް މާތްރަސްކަލާނގެ ތިޔަ ދެކުދިންނަށް ވެސް ދެއްވާށި!

See the chapter Copy




ރާޢޫތު 1:8
14 Cross References  

އެކަމަށްޓަކައި ކަލޭމެންނާއި މެދު މާތްރަސްކަލާނގެ ދެގޮތެއްނުވާ އޯގާވެރިކަމާއި އަމާނާތްތެރިކަން ކަލޭމެންނާމެދު ބަހައްޓަވާނެ. އަހަރެން ވެސް ކަލޭމެން އެ ކުރި ހެޔޮކަން ބަލައިގަނެ ކަލޭމެންނާމެދު އެފަދައިން ކަންތައް ކުރާނަން.


އަނބިންނޭވެ. މާތްސާހިބާއަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިން ތިޔަބައިމީހުންގެ ފިރިންނަށް ކިޔަމަންތެރިކަން އަދާ ކުރާށެވެ.


އަނބިންނޭވެ! ތިޔަބައިމީހުންގެ ފިރިންނަށް ތަބާވެ ތިބޭށެވެ. އެހެނީ އެއީ މާތް ސާހިބާ ރުހިވަޑައިގަންނަވާ ގޮތެވެ.


އެކަމުގެ ބަދަލުގައި މާތްސާހިބާގެ މީހުންނަށް ދެއްވަން ބަހައްޓަވާފައިވާ އިނާމުތައް ތިޔަބައިމީހުންނަށް ވެސް ދެއްވާނެއެވެ. އެހެނީ ތިޔަބައިމީހުންގެ އެޚިދުމަތް ރައްދުވަނީ މާތްސާހިބާ އީސާ އަލްމަސީޙަށެވެ.


އޭގެފަހުން ނުޢުމީގެ ދެފިރިހެން ދަރިން ކަމަށްވާ މަޙުލޫންއާއި ކިލްޔޫން ވެސް މަރުވެއްޖެއެވެ. ފިރިމީހާއާ ދަރިންކޮޅު މަރުވެ ދިއުމުން ނުޢުމީ ވަނީ ބިކަވެފައެވެ.


އެމީހުން އުޅުނުތަން ދޫކޮށް ޔަހޫޛާއަށް ދަތުރު ކުރުމުގެ މަގުމައްޗަށް ނުކުމެއްޖެއެވެ.


އަދި އެކަލާނގެ ތިޔަދެކުދިންނަށް ކަމޭ ހިތައި ބަލަހައްޓާނެ ފިރީން ވެސް ދެއްވާށި!⁠“ ދެން ނުޢުމީ އެ ދެކުދިންނަށް ބޮސް ދީ އަލްވަދާޢު ކިޔެވެ. އެވަގުތު އެދެކުދިން ހަރުއަޑުން ރޮއި ގެންފައި ބުންޏެވެ.


”⁠މާތްރަސްކަލާނގެ ބޫޢަޒަށް ރަޙުމަތް ލައްވާށި!⁠“ ނުޢުމީ ބުންޏެވެ. ”⁠އެކަލާނގެއީ ދިރިތިބި މީހުންނަށާއި މަރުވެފައިވާ މީހުންނަށް އޯގާވަންތަ ކަލާނގެ. ބޫޢަޒު އަކީ އަހަރެންގެ ގާތް ތިމާގެ މީހެއް. އަދި އޭނާ އަކީ އަހަރެމެންނަށް ބަލަދުއަރާ މީހުންގެ ތެރެއިން ވެސް ހިމެނޭ އެކަކު.⁠“


ބޫޢަޒު ބުންޏެވެ. ”⁠މާތްރަސްކަލާނގެ ކަލެއަށް ރަޙުމަތް ލައްވާށި. ކަލޭ ތިޔަ ކަންތައް ކުރި ގޮތުން ވެސް އެނގޭ އެއްޗަކީ ކަލޭ ކަލޭގެ އާއިލާއަށް ހަމަ ޙަޤީޤަތުގައި ވެސް ތެދުވެރިވެ ވަފާތެރިވާ މިންވަރު. ކަލޭގެ ފިރިއަކު ކަމުގައި ވާން މުއްސަންޖަސް ފަޤީރަސް ކޮންމެ ޒުވާނަކު ވެސް ބޭނުންވާނެ. ނަމަވެސް އެއިން މީހަކާ ކަލޭ ނުއިނީމު.


Follow us:

Advertisements


Advertisements