Biblia Todo Logo
Online Bible

- Advertisements -




ރާޢޫތު 1:2 - ކިތާބުލް މުޤައްދަސާ

2 އޭނާގެ ނަމަކީ އަލީމާލިކު އެވެ. އަންހެނުންނަކީ ނުޢުމީއެވެ. އޭނާގެ ދެ ދަރިންނަކީ މަޙުލޫންއާއި ކިލްޔޫން އެވެ. އެމީހުންނަކީ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު އަފްރާތީންގެ އައުލާދުގެ ބަޔެކެވެ. އެމީހުން މުއާބަށް އައިސް ވަޒަންވެރިވިއެވެ.

See the chapter Copy




ރާޢޫތު 1:2
11 Cross References  

އަދި އެބައިމީހުން އަފްރާތާއަށް ދިޔަ މަގުމަތީގައި ބައިތުލަޙަމުގެ ސަރަހައްދުގައި ރާޙީލް ވަޅުލިއެވެ.


އެމީހުން މިރަށުގައި އުޅެމުން ގެންދިޔަ ދުވަސްވަރު ނުޢުމީގެ ފިރިމީހާ އަލީމާލިކު ނިޔާވެ އޭނާއާއި ދެފިރިހެން ދަރިން އެކަނިވެރި ވެއްޖެއެވެ.


އޭގެފަހުން ނުޢުމީގެ ދެފިރިހެން ދަރިން ކަމަށްވާ މަޙުލޫންއާއި ކިލްޔޫން ވެސް މަރުވެއްޖެއެވެ. ފިރިމީހާއާ ދަރިންކޮޅު މަރުވެ ދިއުމުން ނުޢުމީ ވަނީ ބިކަވެފައެވެ.


ނުޢުމީގެ ފިރި އަލީމާލިކުގެ ގާތް ތިމާގެ ބޫޢަޒު އޭ ނަމަކަށް ކިއުނު މީހަކު ވިއެވެ. މި ބޫޢަޒު އަކީ ވަރަށް މުއްސަނދި އަދި އެރަށުގެ ބަސްވިކޭމީހުންގެ ތެރެއިން ހިމެނޭ މީހެކެވެ.


ބޫޢަޒު އަވަށުގެ ބޮޑުންނަށާއި އަދި އެތާނގައިވާ ހުރިހާ މީހުންނަށް ބުންޏެވެ. ”⁠އަހަރެން މިއަދު ނުޢުމީގެ މަރްހޫމް ފިރިމީހާ އަލީމާލިކުގެ މައްޗަށާއި އޭނާގެ ދެފިރިހެން ދަރިން ކިލްޔޫން އާއި މަޙުލޫންގެ މައްޗަށް މިލްކުވެގެންވާ ބިން ނުޢުމީގެ އަތުން ގަތް ކަމަށް ތިޔަ އެންމެހައި ބޭކަލުން ހެކިވެ ލައްވާ.


އަފްރާއިމުގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ރާމާތާއިމުއިންގައި އަލްޤާނާއޭ ކިއުނު މީހަކު އުޅުނެވެ. މީނާއަކީ އަފްރާއީމީ ދަރިކޮޅުގެ ޞޫފު އާއިލާގެ މީހެކެވެ. މީނާގެ ބައްޕައަކީ ޔަރޫހާމް އެވެ. ޔަރޫހާމްއަކީ އަލީހޫގެ ދަރިއެކެވެ. އަލީހޫއަކީ ތޫޙޫގެ ދަރިއެކެވެ. ތޫޙޫއަކީ ޞޫފުގެ ދަރިއެކެވެ.


ދާއޫދުގެފާނަކީ ޔަހޫޛާގެ ބައިތުލަޙަމުގެ އަފްރާތީ ޚާންދާނުން އައިސްހުރި ޔައްސާގެ ދަރިއެކެވެ. ޔައްސާގެ އަށް ދަރިން ތިބެއެވެ. ޝާއުލްގެފާނުގެ ޒަމާން އައިއިރު އޭނާ ހުރީ މުސްކުޅި ވެފައެވެ.


އިސްރާއީލާއި ފިލިސްޠީނުގެ ހަނގުރާމަވެރިން ދެބައިމީހުން ކުރިމަތިލައި ސަފުތައް ރުކުރުވާލާފައި ވެއެވެ.


Follow us:

Advertisements


Advertisements