Biblia Todo Logo
Online Bible

- Advertisements -




ރާޢޫތު 1:1 - ކިތާބުލް މުޤައްދަސާ

1 އިސްރާއީލުގައި ރަސްކަލުން ނެތި ފަނޑިޔާރުންގެ އަތްމަތީގައި ހުރިހާ ބާރެއް އޮތް ދުވަސްވަރު އެރަށަށް ވަރަށް ބޮޑު ތަދަކާ ކުރިމަތިލާން ޖެހުނެވެ. އަދި ހަމަ އެދުވަސްވަރު އިސްރާއީލުގެ ބޮޑު ސަހަރެއްކަމުގައިވާ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު މީހަކު މިތަދުގެ ސަބަބުން އޭނާގެ އަންހެނުންނާއި ދެފިރިހެން ދަރިން ގޮވައިގެން މުއާބުއޭ ކިޔުނު ރަށަށް ބަދަލު ވިއެވެ.

See the chapter Copy




ރާޢޫތު 1:1
26 Cross References  

އެދުވަސްވަރު ކަންޢާނަށް ވަރަށްބޮޑު ތަދުމަޑުކަމަކާ ކުރިމަތިވެފައިވެއެވެ. އެހެންކަމުން އަބްރާމް ވަޑައިގެންނެވީ މިޞްރަށެވެ. އެކަލޭގެފާނު ގަސްތުކުރެއްވީ މިތަދުމަޑުކަން ލުއިވަންދެން ކުޑަދުވަސްކޮޅަކު މިޞްރުގައި ދިރިއުޅުއްވުމަށެވެ.


މި ދުވަސްވަރު އިބްރާހީމްގެފާނުގެ ޒަމާނުގައި ކުރިމަތިވިފަދަ ތަދުމަޑުކަމެއް މުޅި ރަށަށް ކުރިމަތިވެފައި ވުމުން ފިލިސްޠީނު ރަސްގެފާނު އަބީމާލިކުގެ އަރިހަށް ޖަރާރަށް އިސްޙާޤުގެފާނު ވަޑައިގެންނެވިއެވެ.


ކަންޢާނު ސަހަރަށް ދިމާވެފައިވީ ތަދުމަޑުކަން ބޮޑުވަމުން ދިޔައެވެ.


ދާއޫދުގެފާނުގެ ޒަމާނުގައި ތަދުމަޑުކަމެއް އަތުވެއްޖެއެވެ. މި ތަދުމަޑުކަން ތިން އަހަރަށް ދެމިގެން ދިޔައެވެ. މިކަމާ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމުން އެކަލާނގެ އެންގެވިއެވެ. ”⁠ތިޔަ ތަދުމަޑު ކަން ލައިގަތީ ޝާއުލްގެފާނާއި އޭނާގެ އާއިލާގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން. އެމީހުން ވަނީ ޖިބްޢޫނީންގެ މީހުން ޙައްޤަކާނުލައި މަރާލާފައި.⁠“


Follow us:

Advertisements


Advertisements