Biblia Todo Logo
Online Bible

- Advertisements -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 4:10 - ކިތާބުލް މުޤައްދަސާ

10 މާތްސާހިބާއަށް އަހަރެން މިލްކުވެގެން ވުމުން އަހަރެން ނިހާޔަތަށް އުފާވަމެވެ. ސަބަބަކީ ގިނަ ދުވަސްތަކަކަށް ފަހު އަނެއްކާވެސް ތިޔަބައިމީހުންގެ އެހީތެރިކަމާއި އަޅާލުން އަހަންނާ މެދުގައި ފެނިގެން ދިޔަކަމެވެ. ހަމަކަށަވަރުން ވެސް ތިޔަބައިމީހުން އަހަންނާ މެދުގައި ވިސްނާކަން އަހަންނަށް އެނގިއްޖެއެވެ. އެހެނަސް މިއަދާއި ހަމައަށް ތިޔަބައިމީހުން އަހަންނާ މެދު ވިސްނާކަން ދައްކައިދޭނޭ އިތުރު ފުރުސަތެއްމެ ލިބިފައި ނެތްމެއެވެ.

See the chapter Copy




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 4:10
11 Cross References  

އަހަރެމެންނަށް ލިބޭ ކޮންމެ ފުރުސަތެއްގައިމެ ހުރިހާ އެންމެންނާއި މެދު ވެސް ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއެވެ. އަދި އީސާގެފާނަށް އީމާންވެގެން ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ވަކިން ޚާއްސަކޮށް ކަންތައް ކުރަން ޖެހޭނެއެވެ.


މާތްރަސްކަލާނގެ ބަސްފުޅު ދަސްކޮށްދެވޭ ކޮންމެ ބަޔަކު ވެސް އެބަޔަކަށް ކިޔަވާދޭ މީހާގެ ކަންތައްތައް ބަލަހައްޓައި އެހީވާން ޖެހޭނެއެވެ.


މި ސިޓީ އަކީ އަލްމަސީޙު އީސާގެފާނުގެ ޚާދިމުން ކަމުގައިވާ ޕައުލް އާއި ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީ މިލިޔަނީ އީސާ އަލްމަސީހަށް އީމާންވެގެންވީ މާތްކަލާނގެ މުޤައްދަސްކުރެއްވި ފިލިއްޕީގެ އެންމެހައި ފަރާތްތަކަށާއި މަސީޙީ ޖަމާޢަތުގެ ބޮޑުންނާއި އެހީތެރިންނަށެވެ.


ތިޔަބައިމީހުންގެ މަތިން ހަނދުމަވާ ކޮންމެ ފަހަރަކު އަހަރެންގެ ކަލާނގެއަށް ޝުކުރުވެރި ވަމެވެ.


ސަބަބަކީ އޭނާ މަރުވުމެކޭ އެއްފަދައިން ބަލިވެ ދިޔައީ އަލްމަސީޙަށްޓަކައި ކުރަމުން ދިޔަ މަސައްކަތުގެ ތެރޭގައެވެ. ފުރާނަ އަތްމައްޗަށް ލައިގެންވީ ޙާލުގައި އޭނާގެ ޚިދުމަތް އަހަންނަށްޓަކައި ދިނީ ތިޔަބައިމީހުންގެ ފަރާތުން އަހަންނަށް ޚިދުމަތް ކުރުމުގައެވެ.


Follow us:

Advertisements


Advertisements