Biblia Todo Logo
Online Bible

- Advertisements -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 3:3 - ކިތާބުލް މުޤައްދަސާ

3 އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.

See the chapter Copy




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 3:3
32 Cross References  

މާތްރަސްކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަށް އާ ދިރުމެއް ދެއްވައިފިއެވެ. ވީމާ އެރޫޙުފުޅުގެ އެންގުމާ އެއްގޮތަށް އަހަރެމެން ކަންތައް ކުރަމާ ހިނގާށެވެ.


މިފަދައިން އުޅޭ އެންމެންނަށް މާތްރަސްކަލާނގެ ދެއްވާ ފުރާނައިގެ ހިތްހަމަޖެހުމާއި މާތްރަސްކަލާނގެ ރަޙުމަތްފުޅު ހުއްޓެވެ. އެފަދަ މީހުންނަކީ އަލަށް މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން ކަމުގައި ލެއްވި މީހުންނެވެ.


ކޮންމެ ވަގުތެއްގައްޔާއި އަދި ކޮންމެ މުނާސަބަތެއްގައިމެ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ދުޢާ ކުރާށެވެ. އަދި އެންމެހާ މަސީޙީންނަށް ދުޢާ ކުރުމުގައި ދެމިތިބޭށެވެ. ތިޔަބައިމީހުން ދުޢާކުރާ ހިނދު ސަމާލުވާށެވެ.


މި ސިޓީ އަކީ އަލްމަސީޙު އީސާގެފާނުގެ ޚާދިމުން ކަމުގައިވާ ޕައުލް އާއި ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީ މިލިޔަނީ އީސާ އަލްމަސީހަށް އީމާންވެގެންވީ މާތްކަލާނގެ މުޤައްދަސްކުރެއްވި ފިލިއްޕީގެ އެންމެހައި ފަރާތްތަކަށާއި މަސީޙީ ޖަމާޢަތުގެ ބޮޑުންނާއި އެހީތެރިންނަށެވެ.


މިހާތަނަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ހާ ފުރިހަމަކަމެއް ހާސިލު ވެއްޖެ ކަމަކަށް އަހަރެން ނުދެކެމެވެ. ނަމަވެސް އަލްމަސީޙާއި އެކުގައިވެ، އެގޮތުގައި އެ ލަނޑުދަނޑިއާއި ހަމަޔަށް ދެމިގަތުމަށް މިކުރާ މަސައްކަތާއިގެން ކުރިއަށް ދިޔުމުގައި ދެމިހުރީމެވެ. އަލްމަސީޙު އީސާގެފާނު އަހަރެން ޚިޔާރު ކުރެއްވީ އެ ސަބަބަށްޓަކައެވެ.


އަހަރެން ދެމިގަންނަން ގަދައަޅާނީ ލަނޑުދަނޑި އާއި ދިމާއަށެވެ. އޭރުން އަލްމަސީޙު އީސާގެފާނު މެދުވެރި ކުރައްވާ މާތްކަލާނގެ ގޮވައިލައްވާ ދާއިމީ ޙަޔާތުގެ އިނާމު ޙާސިލު ކުރުމަށެވެ.


ތިޔަބައިމީހުން އަލްމަސީޙަށް އީމާންވުމުން ތިޔަވަނީ ޚިތާނު ކުރެވިފައެވެ. ނަމަވެސް ޖިސްމާނީ ގޮތަކުން ނޫނެވެ. އެއީ އަލްމަސީޙު ރޫޙާނީގޮތުން ކުރެއްވި ޚިތާނު ކުރެވުމެކެވެ. އެއީ ތިޔަބައިމީހުންގެ ފާފަވެރި ތަބީޢަތް ކަނޑައި ލެއްވުމެވެ.


ނަމަވެސް ލޮބުވެތި އެކުވެރިންނޭވެ! ތިޔަބައިމީހުން އީސާއީ ދީނުގެ އަގީދާގެ މަތީ ކުރިއަރަމުން ގެންދާށެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ވާގިވެރިކަމާ އެކު ދުޢާ ކުރަމުން ގެންދާށެވެ.


Follow us:

Advertisements


Advertisements