Biblia Todo Logo
Online Bible

- Advertisements -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 3:15 - ކިތާބުލް މުޤައްދަސާ

15 އަހަރެމެންގެ ތެރެއިން ރޫޙާނީ ގޮތުން ތަސައްރަފު ފުދިފައިވާ ކޮންމެ މީހަކުމެ މި ގޮތަށް ވިސްނާށެވެ. އަދި މީގެ ތެރޭގައި ތިޔަބައިމީހުންނަށް އެއްބަސްވުމަށް ދަތިވާ ކަންތަކެއް ހުރި ނަމަ، މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް އެކަންތައްތައް ސާފުކޮށް އަންގަވައި ދެއްވާނެތެވެ.

See the chapter Copy




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 3:15
21 Cross References  

ނަމަވެސް ތިޔަބައިމީހުން ވާންޖެހޭނީ ފުރިހަމަ ބައެއްގެ ގޮތުގައި. އެހެނީ ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ފުރިހަމަކަމާއި އެއްގޮތަށް.⁠“


ކަލޭމެންނަކީ ނުބައި ބަޔަކު ކަމުގައި ވިޔަސް ކަލޭމެންގެ ދަރިންނަށް ރަނގަޅު ހަދިޔާ ދޭން ދަނޭ. ވީއިރު ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ކިބަފުޅުން އެދޭ މީހުންނަށް އެކަލާނގެ މާތްރޫޙުފުޅު އުފަލާއިއެކު ނުދެއްވާނެ ތަ؟⁠“


ނަބީބޭކަލުންގެ ފަތްފުށްތަކުގައި މިފަދައިން ލިޔެވިގެންވޭ. ’⁠އެމީހުންނަށް ދަސްކޮށް ދެއްވާނީ މާތްރަސްކަލާނގެ.⁠‘ ބައްޕާފުޅުގެ ބަސްފުޅު އަޑުއަހައި ދަސްކޮށްފި ކޮންމެ މީހަކު އަހަރެންގެ ގާތަށް އަންނާނެ.


މާތްރަސްކަލާނގެ އަންގަވާގޮތަށް ކަންތައް ކުރަން އެދޭ މީހަކަށް އަހަރެން މި ބުނެދޭ ތަކެއްޗަކީ މާތްރަސްކަލާނގެ އެންގެވުންތައްކަން ހާމަވެގެންދާނެ. އަދި މިއީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫންކަން ވެސް އެނގިގެންދާނެ.


ނަމަވެސް ކަލޭމެން ތިއީ މާތްސާހިބާގެ މިލްކެކެވެ. އެހެންކަމުން ކަލޭމެން ވެސް ހަމަ އަހަރެންނެކޭ އެއްފަދައިން، މިކަންތައްތަކާ ދޭތެރޭ ދެކޭނެ ކަމުގެ އިތުބާރު، އަހަރެންނަށް އެބައޮތެވެ. އަދި ކަލޭމެންނަށް އޮޅުވާލަން އުޅުނު މީހަކަށް، މާތްރަސްކަލާނގެ އެކަމުގެ ސަޒާދެއްވާނެއެވެ.


އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ، ތިޔަބައިމީހުންނަށް ރޫޙާނީ ޙިކުމަތްތެރިކަމަކާއި އަދި ފުރިހަމަ އިލްހާމެއް ދެއްވުމަށް އެދިދަންނަވަމެވެ. އޭރުން ތިޔަބައިމީހުންނަށް އެކަލާނގެ ފުރިހަމައަށް އެނގިގެންވާނެއެވެ.


އެހެންކަމުން އަހަރެމެން ހުރިހާ އެންމެންގެ ގާތު ވެސް އީސާއަލްމަސީޙާ ބެހޭ ވާހަކަތައް ދައްކައި މާތްކަލާނގެ ދެއްވި ޙިކުމަތްފުޅާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންނަށް ނަސޭހަތްދީ އިންޒާރުކޮށް ހަދަމެވެ. އަހަރެމެންގެ މަގުސަދަކީ އެމީހުން އަލްމަސީޙާ ގުޅުވައި ފުރިހަމަ ބައެއްގެ ގޮތުގައި މާތްކަލާނގެ ޙަޟްރަތަށް ގެންގޮސްދިނުމެވެ.


ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.


ތިޔަބައިމީހުންގެ މެދުގައިވާ މަސީޙީ އާއިލާގެ އެކަކު އަނެކަކާއިމެދު ލޮބުވެތި ކަމުގައި ވުމަށް އެދި ތިޔަބައިމީހުންނަށް ލިޔާކަށް ވެސް ނުޖެހެއެވެ. ސަބަބަކީ ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ލޮބުވެތި ވުމަށް މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް އުނގަންނަވައި ދެއްވާފައިވާތީއެވެ.


މި ފަތްފުށްތައް މާތްރަސްކަލާނގެ ޚާދިމުންނަށް ހެޔޮ ގޮތުގައި ހުރިހާ ރަނގަޅު ކަމެއް ކުރުމަށް ދަސްކޮށް ދެއެވެ.


ހަރު ކާނާ ކެވޭނީ ބޮޑުވެ ތަސައްރަފު ފުދުނީމައެވެ. ހެޔޮނުބައި ވަކިކޮށް ދެނެގަތުމުގެ ތަމްރީނު ދެވުނީމައެވެ.


ނަމަވެސް އަހަރެމެން އެކަލާނގެ ބަސްފުޅުތަކަށް ކިޔަމަންތެރި ވާނަމަ އަހަރެމެންނީ އެކަލާނގެއާއިމެދު ފުރިހަމަޔަށް ލޯބިވާ ބައެއްކަން ހާމަވާނެއެވެ. އަހަރެމެން އެކަލާނގެއާ އެއްބައިވެ ތިބިކަން އަހަރެމެންނަށް އެނގޭނީ މިގޮތުންނެވެ.


Follow us:

Advertisements


Advertisements