Biblia Todo Logo
Online Bible

- Advertisements -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:28 - ކިތާބުލް މުޤައްދަސާ

28 އޭނާ ތިޔަބައިމީހުންގެ ކައިރިއަށް ފޮނުވުމަށް އަހަރެން ވަރަށް ބޮޑަށް ބޭނުންވެއެވެ. އެއީ އޭރުން އޭނާ ފެނި ތިޔަބައިމީހުން އުފާވާނޭތީއެވެ. އޭރުން އަހަރެން ވެސް ތިޔަބައިމީހުންނާމެދު އެހާ ފިކުރުބޮޑުވާން ނުޖެހޭނެތީ ވެސްމެއެވެ.

See the chapter Copy




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:28
10 Cross References  

އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނަށް ތިބާ ދިރިހުއްޓައި އަލުން ފެންނާނެއެކޭ ހިއެއް ނުކުރަމު. އެހެނަސް ތިބާއާއި ތިބާގެ ދަރިން ވެސް މާތްކަލާނގެ އަހަރެންގެ ލޮލަށް ދައްކުވައި ދެއްވައިފި.⁠“


މިހާރު ކަލޭމެން ތިޔަ ވަނީ އެފަދަ ހިތާމައެއްގައި. ނަމަވެސް އަހަރެން އަލުން ކަލޭމެންނާއި ބައްދަލުވާނަން. އޭރުން ކަލޭމެން އެހާވަރަށް އުފާވާނެ. އަދި އެއްވެސް މީހަކަށް އެއުފާ ކަލޭމެންގެ އަތުން ޖަހައެއް ނުގަނެވޭނެ.


އެއީ ދެން ދުވަހަކު ވެސް އެމީހުންނަށް ޕައުލް އާއި ބައްދަލު ނުވާނެ ވާހަކަ އިވުމުންނެވެ. ދެން އެމީހުން ޕައުލް އާއި އެކު އޭނާ ފުރާ އޮޑީގެ ކައިރިއަށް ދިޔައެވެ.


މާތްސާހިބާއަށްޓަކައި އޭނާއަށް މަރުޙަބާ ކިޔާށެވެ. އޭނާފަދަ މީހުންނަށް މާތްކޮށް ހިތާށެވެ.


އަހަރެން ވަނީ ތިބާ ދުށުމަށް ކެތްމަދުވެފައިމެއެވެ. އަހަރެމެން ވަކިވިހިނދު ތިބާގެ ލޮލުން ފޭދުނު ކަރުނަތައް މިހާރު ވެސް ހަނދާންވެއެވެ. އަދި އަހަރެމެންނަށް އެއްތަނެއްގައި ތިބެވޭ ދުވަހަކުން އުފާކުރާނީއެވެ.


Follow us:

Advertisements


Advertisements