Biblia Todo Logo
Online Bible

- Advertisements -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:1 - ކިތާބުލް މުޤައްދަސާ

1 ތިޔަބައިމީހުން އަލްމަސީޙާ އާއި އެކުގައިވުމުން ތިޔަބައިމީހުންނަށް ހިތްވަރު ލިބުނެވެ. އެކަލޭގެފާނުގެ ލޯބިން ތިޔަބައިމީހުންގެ ހިތް އުފާ ކޮށްދެއްވިއެވެ. އަދި މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުން ތިޔަބައިމީހުން އެއްބައިވަންތަ ކުރުވިއެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ހަމްދަރުދީވެ އޯގާތެރި ވެވުނެވެ.

See the chapter Copy




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 2:1
42 Cross References  

އެދުވަސްވަރު ސިމިއޯން އޭ ކިޔުނު މީހަކު ޖެރޫސަލަމުގައި އުޅުނެވެ. މީނާއަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަން ވާ ތެދުވެރި ކަމާއިއެކު އެކަންތައްތައް އަދާކުރަމުން ގެންދާ މީހެކެވެ. އޭނާ ހުރީ ބަނީއިސްރާއީލު މީހުންގެ އުނދަގޫތައް ލުއިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަލޭގެފާނުގެ އިންތިޒާރުގައެވެ. މާތްރޫޙުފުޅުގެ އެހީފުޅު އޭނާއާއި އެކުގައިވިއެވެ.


އަހަރެން ކަލޭމެން ޔަތީމުންގެ ގޮތުގައި ދޫކޮށްލާފައެއް ނުދާނަން. އެއްގޮތަކަށް ވެސް އެހެނެއް ނުހަދާނަން. އަހަރެން ކަލޭމެންގެ ގާތަށް އެނބުރި އަންނާނަން.


އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ.


އަޅުގަނޑު އިނބަރަސްކަލާގެ ޙަޟްރަތަށް ދިއުމުގެ މަގުމަތީ ދުނިޔޭގައި ހުރެ މިވާހަކަ މި ބުނަނީ އެމީހުންގެ ހިތްތަކަށް އަޅުގަނޑުގެ ކިބައިގައި މިވާ އުފަލާ ހިތްހަމަޖެހުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިއްބައި ދިނުމަށް.


ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ.


އީސާގެފާނަށް އީމާންވެގެންވީ އެންމެން އެއްބައިވަންތަވެ އެކަކު އަނެކަކާއި ދޭތެރޭ ވަރަށް ގާތްކަން ބާއްވާ އެކުވެރިކަން މަތީ އުޅުނެވެ. އަދި އެކަކުގެ މުދަލާއި ތަކެއްޗަކީ ވެސް އަނެކަކުގެ ވެސް އަމިއްލަ އެއްޗިހި ކަމަށް ދެކި ދީލަތިކަމާއި އެކު އެމީހުންގެ މެދުގައި އެ ތަކެތިން ހަމަހަމަ ގޮތުގައި ބޭނުންކޮށް އުޅުނެވެ.


ކަލޭމެންނަކީ އެކަލާނގެ ދަރިންކަން ހާމަކުރުމުގެ ގޮތުން އެކަލާނގެ ދަރިކަލުންގެ ރޫޙުފުޅު ކަލޭމެންގެ ހިތުތެރޭގައި ލެއްވިއެވެ. އަދި އެކަލޭގެފާނުގެ ރޫޙުފުޅުކަލޭމެންނަށް އަންގައިދީ ދައްކައިދެނީ އެކަލާނގެއީ ކަލޭމެންގެ ބައްޕާފުޅު ކަމެވެ.


ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން،


ތިޔަ ހުރިހާ އެންމެންނަކީ އެއް ހަށިގަނޑެއް ފަދަ ބައެކެވެ. މާތްރަސްކަލާނގެ ރޫޙުފުޅަކީ ހަމައެކަނި އެންމެ ރޫޙު ފުޅެކެވެ. މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންގެ ގޮތުގައި ތިޔަބައިމީހުން ޚިޔާރު ކުރެއްވި ހިނދު ތިޔަބައިމީހުންނަށް ލިބިދިނީ ހަމައެކަނި އެންމެ އުންމީދެކެވެ.


އަލްމަސީޙު އީސާގެފާނުގެ އޯގާވެރި ލޯތްބާއެކު ތިޔަބައިމީހުންނާއި އެކުގައިވުމަށް އަހަރެންގެ ހިތްއެދޭވަރާއި ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާވަރު މާތްކަލާނގެ ދެނެވޮޑިގަންނަވާނެއެވެ.


އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.


އަހަރެންގެ މަގުސަދަކީ އެމީހުންނަށް ހިތްވަރު ދިނުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިވެ އެއްބައިވަންތަކަމާއެކު ގުޅި ލާމެހިފައިވުމެވެ. އަހަރެންގެ އެދުމަކީ އެމީހުންނަށް މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭވުންތަކާ ބެހޭ ޚަބަރުތައް ކަމަށްވާ އަލްމަސީޙާ ބެހޭ ޚަބަރުތައް، އެމީހުންނަށް ފުރިހަމައަށް ޔަޤީންކުރެވި އޮޅުންފިލުވައި ދިނުމެވެ.


ތިޔަބައިމީހުންނަކީ މާތްކަލާނގެ ހޮއްވަވާފައިވާ ބަޔަކަށްވެ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ބަޔަކަށް ވާތީ ތިޔަބައިމީހުންގެ ކިބައިގައި ހިތްހެޔޮކަމާއި، ރަހުމާއި، އޯގާވެރިކަމާއި، ހިތްތިރިކަމާއި، މަޑުމައިތިރިކަމާއި، އަދި ކެތްތެރިކަމުގެ ފޭރާމުން ފޭރާން ލާށެވެ.


އެހެންވީއިރު އެކަލާނގެ ކުރެއްވި ވަޢުދާއި ހުވަޔަކީ ބަދަލުވުމެއް ނުވާ ދެ ކަންތަކެވެ. އެ އިތުބާރާއެކު އަހަރެމެން މިތިބީ މާތްކަލާނގެ ކިބަފުޅުން ސަލާމަތް ކަމަށް އެދި ދުވެފައި އައިއެވެ. މިހިނދު އެކަލާނގެ ކުރެއްވި ވަޢުދުފުޅު ކުރެއްވީ އެ އުންމީދުގައި އަހަރެމެން ބާރަށް ހިފަހައްޓައިގެން ތިބުމަށް ހިތްވަރު ދެއްވުމަށެވެ. އެކަންތައް މިވަނީ އަހަރެމެންގެ ދިމާ ކުރިމަތީގަ ފެންނާށެވެ.


އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!


އަހަރެމެންނީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ބައެއް ނަމަ އަހަރެމެން ވާނީ މާތްރަސްކަލާނގެ އާ ގުޅި ލާމެހިފައެވެ. އަދި އެކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައި ވެސްމެއެވެ. އެކަލާނގެ އަހަރެމެންނާ ގުޅި ލާމެހިފައިވާކަން އަހަރެމެންނަށް އެނގެނީ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ވާތީއެވެ.


އެއްވެސް އިންސާނަކަށް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. ނަމަވެސް އަހަރެމެން އެކަކު އަނެކަކަށް ލޯބިވާނަމަ، މާތްރަސްކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައެވެ. އަދި އެކަލާނގެ ލޯބި އަހަރެމެންގެ ކިބައިގައި ފުރިހަމަވެފައި ވާނެއެވެ.


އަހަރެމެންނާ މެދު މާތްކަލާނގެ ލޯބިވެ ވޮޑިގަންނަވާ މިންވަރު އަހަރެމެންނަށް އެނގެއެވެ. އެލޯތްބާމެދު އަހަރެމެން މިތިބީ އިތުބާރު ކޮށްގެންނެވެ. މާތްކަލާނގެއަކީ ލޯތްބެވެ. އެހެންކަމުން ލޮބުވެތިކަން މަތީގައި ތިބޭ ބަޔަކު އެތިބެނީ މާތްކަލާނގެއާ ގުޅިލާމެހިފައެވެ.


Follow us:

Advertisements


Advertisements