Biblia Todo Logo
Online Bible

- Advertisements -




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:7 - ކިތާބުލް މުޤައްދަސާ

7 ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަޤީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ޙިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ.

See the chapter Copy




ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:7
34 Cross References  

އަހަންނަށް އެނގޭހާ ވެސް ކަމަކީ އަހަރެން ދާކޮންމެ ރަށެއްގައި ވެސް އުނދަގޫތަކާއި ދިމާވެ އަދި ޖަލަށް ވެސް ލެވޭނެކަން މާތްރޫޙުފުޅު އަހަރެންނަށް އަބަދުވެސް އަންގަވާ.


ދެން ސިފައިންގެ ކޮމާންޑަރު ޕައުލް ހައްޔަރު ކުރިއެވެ. އަދި ޕައުލްގެ ދެ އަތުގައި ހިލިހިލާ ޖެހުމަށް ވެސް އޭނާ އަމުރުކުރިއެވެ. ދެން އެތާތިބި މީހުން ކުރެން ޕައުލް ކުރީ ކީއްތޯ އަހާ އޭނާ ސުވާލު ކުރިއެވެ.


އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.


އަހަރެން ގައިދީއެއްގެ ގޮތުގައި ޖަލުގައި ހައްޔަރުވެފައި މިވަނީ އީސާ އަލްމަސީޙުގެ ސަބަބުންނެވެ. އެއީ އެކަލޭގެފާނާއި ބެހޭ ދިންނެވުން ލިބިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ދަރިކޮޅު ނޫން ފަރާތްތައް ކަމުގައިވާ ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން ގެންދާތީވެއެވެ.


މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންފަދައިން އެދެވޭ ގޮތުގައި ޙަޔާތާއިގެން ކުރިއަށް ދިއުމަށް މާތްސާހިބާގެ ގައިދީއެއްގެ ގޮތުން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ.


އީސާ އަލްމަސީޙު އަހަރެން ޚިޔާރު ކުރެއްވީ އެކަލޭގެފާނުގެ ސަފީރެއްގެ ގޮތުގައެވެ. އަދި އެ ސަބަބަށްޓަކައި އަހަރެން މިވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރު ކުރެވިފައެވެ. އެހެންވީމާ، ދިންނެވުން ލިބިދޭ ޚަބަރުފުޅު ވަޢުޡު އަހަރެން ކުރަން ޖެހޭ ގޮތަށް ހިތްވަރުގަދަ ކަމާއެކު ބުނެވޭނެ ފަދައިން ހިންމަވައި ދެއްވުން އެދި އަހަރެންނަށްޓަކައި ދުޢާކޮށްދޭށެވެ.


އަޚުންނާއި އުޚުތުންނޭވެ! މިތަނުގައި ހިނގި ހުރިހާ ކަމެއްގެ ތެރޭގައި ހެޔޮޚަބަރުފުޅު ފެތުރުމަށް އަހަންނަށް ލިބުނީ ކުރިއެރުންކަން ތިޔަބައިމީހުންނަށް އަންގާލަން ބޭނުމެވެ.


އެހެން ކަމުން މިތަނުގައިވާ އެންމެހައި ފަރާތްތަކުގެ އިތުރުން ގަނޑުވަރުގެ ފާރަވެރި ސިފައިންނަށް އަހަރެން ޗޭނުޖެހި ހައްޔަރު ކުރެވިފައި މިވަނީ އަލްމަސީޙުގެ ސަބަބުންކަން ދަންނާނެއެވެ.


އަދި މިސަބަބަށްޓަކައި އަހަރެން ހައްޔަރު ކުރުމުން މިތަނުގައި ތިބި ގިނަ މަސީޙީންނަށް އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް ބިރެއްނެތި އަންގައި ދިނުމުގެ ހިތްވަރު އިތުރުވެއްޖެއެވެ.


ސަބަބަކީ ހެޔޮޚަބަރުފުޅު އެންމެ ފުރަތަމަ ފަހަރަށް ތިޔަބައިމީހުންނަށް ލިބިދިން ވަގުތެކޭ އެއްފަދައިން މިއަދާއި ހަމައަށް މި ޚަބަރު ފެތުރުމުގައި އަހަރެންނާއި އެކުގައި ތިޔަބައިމީހުން ދެމިތިބިކަމެވެ.


އެހެނަސް ތިމޮތީއަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން ތިޔަބައިމީހުން ދަންނާނެއެވެ. އޭނާ އަހަރެންނާއިއެކުގައި ހެޔޮޚަބަރުފުޅު ފެތުރުމުގައި މަސައްކަތް ކުރަމުން ގެންދަނީ އަހަރެންގެ ދަރިއެއް ފަދައިންނެވެ.


ކޮންމެ ގޮތެއްގައި ވިނަމަވެސް މި ހިނދު އަހަރެންނަށް ދިމާވެފައިވާ މި މުސީބާތްތަކުގައި ތިޔަބައިމީހުން ޙިއްސާވެ އެހީތެރިވިކަމީ ނުހަނު ރަނގަޅު ކަމެކެވެ.


ހަމަކަށަވަރުން ތިޔަ ފިލިއްޕީގެ މަސީޙީން ދަންނާނެއެވެ. ހެޔޮޚަބަރުފުޅު ދަސްކުރުމަށް ތިޔަބައިމީހުން އެންމެފުރަތަމަފެށި ވަގުތުގައެވެ. އަހަރެން ތިޔަ ސަރަހައްދުގައިވާ މެސެޑޯނިޔާއިން ފުރި ހިނދުގައިމެއެވެ. މަސީޙީ ޖަމާޢަތްތަކުން އަހަރެންނަށް އެހީތެރި ވުމަށްޓަކައި ހަމައެކަނި ހަދިޔާއެއް ފޮނުވި ބަޔަކީ ތިޔަބައިމީހުންނެވެ.


މީގެއިތުރުން އީމާންތެރިކަމުގައި ވީ އަހަރެންގެ އެކުވެރިޔާ ކައިރިން މި ދެއަންހެނުންގެ މެދުގައި ސުލްޙަވެރި ޙަޔާތެއް ވޭތު ކުރުމަށް އެހީތެރިވެ ދިނުމަށް އެދެމެވެ. އަދި މި ދެ އަންހެނުން އަހަރެންނާއި ކިލެމެންތުއާއި ދެމީހުންނާއި އެކު އެހެނިހެން ފަރާތްތަކަށް ހެޔޮޚަބަރުފުޅު އަންގައި ދިނުމުގައި އެހީތެރިވެދިނެވެ. އެމީހުންގެ ނަން ޙަޔާތުގެ ފޮތުގައި މިހާރު ވާނީ ލިޔެވިފައެވެ.


އަހަރެން، ޕައުލް، ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވުމަށް މިސިޓީގައި މިލިޔާ ބައި ލިޔަމުން މިގެންދަނީ އަހަރެންގެ އަތު ލިޔުމުންނެވެ. އަހަރެން ޖަލުގައި ހައްޔަރުވެ ހިލިހިލާ ޖެހިފައިވާކަން ތިޔަބައިމީހުންގެ ހަނދާނުގައި ބެހެއްޓުމަށް އެދެމެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާ އެކުގައި ވާށިއެވެ!


އަދި ތިޔަބައިމީހުން ދުޢާކުރާ ހިނދު އަހަރެމެންނަށްޓަކައި ވެސް ދުޢާކޮށްދޭށެވެ. އެއީ މާތްރަސްކަލާނގެ ރިސާލަތު އަންގައި ދިނުމަށް ގިނަ ފުރުސަތު ލިބުމަށް އެދިއެވެ. އަދި އަލްމަސީޙާ ބެހޭގޮތުން ކުރީގައި އެނގިފައި ނުވާ ޚަބަރުފުޅުތައް ހުރިހާ އެންމެންނަށް އުނގަންނައި ދެވޭނެ ގޮތް މެދުވެރި ވުމަށް އެދިއެވެ. އަހަރެން ޖަލުގައި ހައްޔަރު ކުރެވި ހިލިހިލާ ޖެހިފައި ވަނީ ވެސް އެ ސަބަބަށްޓަކައެވެ.


އެހެނީ ތިޔަބައިމީހުންނީ އަލިކަން މިލްކުވެގެންވާ އަދި ދުވާލުގައި ޙަޔާތުވޭތުކުރަމުން ގެންދާ ބައެކެވެ. އަހަރެމެން އެންމެންނަކީ ރޭގަނޑާއި އަދި އަނދިރިކަމުގެ އަހުލުވެރި ބައެއް ނޫނެވެ.


އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާ ވެސް ތައްޔާރުވެ ހުންނާށެވެ.


އަހަރެން އަންގައިދޭ މި ހެޔޮޚަބަރުފުޅުގެ ސަބަބުން އަހަރެން މިހާރު މިވަނީ ޖިނާއީ ކުށްވެރިއެއް ފަދައިން ހިލިހިލާޖެހި ވޭން ލިބިދޭ ގޮތެއްގައި ހައްޔަރު ވެފައެވެ. ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅަކު ހިލިލާޖެހި ހައްޔަރެއް ނުކުރެވޭނެއެވެ.


ޙަޤީޤަތުގައި އަހަރެން ބޭނުންވަނީ އޭނާ އަހަރެންގެ ކައިރީގައި ބަހައްޓާށެވެ. ސަބަބަކީ އަހަރެން އިއްވަމުންމިދާ ހެޔޮޚަބަރުފުޅުގެ ސަބަބުން މި ގޮތަށް ހިލިހިލާ ޖެހިގެން ވީހިނދު ތިބާގެ ބަދަލުގައި އޭނާގެ އެހީތެރިކަން އަހަންނަށް ލިބިދޭތީވެއެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


އޭގެބަދަލުގައި އުފާކުރާށެވެ. އަލްމަސީޙު އުފުއްލެވިފަދަ ދިލަގަދަ ވޭނާއި އަނިޔާތަކެއް އުފުލުމުގައި ތިޔަބައިމީހުން ވެސް ޙިއްސާ ކުރެވޭތީއެވެ. އެއީ މަތިވެރި ނޫރުފުޅާއިއެކު އަލްމަސީޙު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހުން ތިޔަބައިމީހުންނަށް އުފާވެރިކަން ނިހާޔަތަށް ލިބިދޭނެތީއެވެ.


އެގޮތުން ގޮވާލެއްވުނު މަސީޙީ ޖަމާޢަތުގައިވާ ބޮޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލުމަށް މި ހިނދު އަހަރެން ބޭނުމެވެ. އަހަރެންނަކީ ވެސް މަސީޙީ ޖަމާޢަތުގެ ބޮޑެއްމެއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރެއްވި ވޭންތަކަކީ އަހަރެންގެ ލޮލުން ދުށް ކަންތައްތަކެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމުން އެކަލޭގެފާނުގެ ނޫރުފުޅާއި މަތިވެރިކަން އަހަރެންނަށް ވެސް ޙިއްސާ ކުރެވޭނެއެވެ. ޖަމާޢަތުގެ ބޮޑެއްގެ ޙައިސިއްޔަތުން ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ އިލްތިމާސް އަކީ މިއީއެވެ.


އަހަރެން ދިރިހުރިހާ ހިނދަކު މިތަކެތި ތިޔަބައިމީހުންނަށް ހަނދުމަކޮށްދިނުމުގައި ދެމިހުރުމަކީ އަހަރެން ގަބޫލުކުރާ ގޮތެވެ.


އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތި ކަން މަތީ ތިބޭ ތިބުމުން ސާބިތު ކޮށްދެނީ އަހަރެމެން މަރުވެ ތިބުމަށް ފަހު އާ ޙަޔާތެއް ލިބިއްޖެ ކަމެވެ. އަނެކާގެ މައްޗަށް ލޯތްބެއްނުވާ ކޮންމެ މީހަކީ އަދިވެސް މަރުވެފައިވާ މީހެއްމެއެވެ.


Follow us:

Advertisements


Advertisements