ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:16 - ކިތާބުލް މުޤައްދަސާ16 މި ގޮތަށް މިބައިމީހުން ވަޢުޡު އިއްވަނީ އަހަރެންނާއި މެދުގައިވާ ފުން ލޯބީގެ ސަބަބުންނެވެ. އަދި މާތްސާހިބާ އަހަރެން މިތަނުގައި ވުމަށް އެދިލެއްވީ ހެޔޮޚަބަރުފުޅު ދިފާޢު ކުރެއްވުމަށް ކަން މިފަދަ މީހުން ދަނެއެވެ. See the chapter |
ތިޔަބައިމީހުން އެންމެންނާ މެދު އަހަންނަށް އިހުސާސް ކުރެވެނީ ހަމަ ރަނގަޅަށެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ހިތުގައި ޚާއްސަ ޖާގައެއް ވެއެވެ. އެއީ އުފާވެރި ޚަބަރު ފުޅާއިމެދު ޔަޤީންކަން އުފެއްދުމުގައިއާއި އެ ޚަބަރުފުޅުގެ ދިފާޢުގައި އަހަރެން ފެއްޓި މަސައްކަތުގައި އަހަރެން ޖަލުގައި ބަންދުވެފައި މިވާ ވުމުގައި އެކަލާނގެ ދެއްވި ޚާއްސަ ނިޢުމަތުގައި ތިޔަބައިމީހުން ވެސް ހިމެނޭތީއެވެ. އެއީ ތަބިޢީ ގޮތުން އަހަރެން ކުރަމުން މިގެންދާ މަސައްކަތުގައިވާ އިހުސާސްތަކުންނެވެ. މާތްރަސްކަލާނގެ އަހަރެންނަށް ދެއްވި މި ނިޢުމަތުގައި އަހަންނާއިއެކު ތިޔަބައިމީހުން ޙިއްސާ ކުރަމެވެ. އެއީ ޖަލުގައި އަހަރެން މިހެން ހައްޔަރުވެހުރެ، ހެޔޮޚަބަރުފުޅު ދިފާޢުކޮށް މި އުފާވެރި ޚަބަރުފުޅު އަންގައިދެމުން ގެންދާ ހިނދުގައި ވެސްމެއެވެ.
ހަމަކަށަވަރުން ތިޔަ ފިލިއްޕީގެ މަސީޙީން ދަންނާނެއެވެ. ހެޔޮޚަބަރުފުޅު ދަސްކުރުމަށް ތިޔަބައިމީހުން އެންމެފުރަތަމަފެށި ވަގުތުގައެވެ. އަހަރެން ތިޔަ ސަރަހައްދުގައިވާ މެސެޑޯނިޔާއިން ފުރި ހިނދުގައިމެއެވެ. މަސީޙީ ޖަމާޢަތްތަކުން އަހަރެންނަށް އެހީތެރި ވުމަށްޓަކައި ހަމައެކަނި ހަދިޔާއެއް ފޮނުވި ބަޔަކީ ތިޔަބައިމީހުންނެވެ.
މީގެއިތުރުން އީމާންތެރިކަމުގައި ވީ އަހަރެންގެ އެކުވެރިޔާ ކައިރިން މި ދެއަންހެނުންގެ މެދުގައި ސުލްޙަވެރި ޙަޔާތެއް ވޭތު ކުރުމަށް އެހީތެރިވެ ދިނުމަށް އެދެމެވެ. އަދި މި ދެ އަންހެނުން އަހަރެންނާއި ކިލެމެންތުއާއި ދެމީހުންނާއި އެކު އެހެނިހެން ފަރާތްތަކަށް ހެޔޮޚަބަރުފުޅު އަންގައި ދިނުމުގައި އެހީތެރިވެދިނެވެ. އެމީހުންގެ ނަން ޙަޔާތުގެ ފޮތުގައި މިހާރު ވާނީ ލިޔެވިފައެވެ.