ފިލިއްޕީގެ މަސީޙީންނަށް ސިޓީ 1:10 - ކިތާބުލް މުޤައްދަސާ10 އެހެންވީމާ އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިގެންވާކަމުގައި ދެކެމެވެ. އޭރުން އަލްމަސީޙު އެނބުރި ވަޑައިގަންނަވާ ހިނދު ބަދުނާމުނުވެ، ރޫޙާނީ ގޮތުން ތޯހިރުވެ ތިބެ ޙަޔާތް ވޭތު ކުރެވޭނެއެވެ. See the chapter |
މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. އަހަރެން މީހުންނަށް ޚިތާނު ކުރުމަށް އަންގަމުން ގެންދެއޭ މީހުން އެބުނާ ބުނުން އެއީ ތެދެއްނަމަ، އަހަރެންނަށް ބަނީއިސްރާއީލު މީހުންގެ ފަރާތުން މިހުރިހާ އުނދަގޫތަކެއް ލިބެމުން މިދަނީ ދެން ކީއްވެހެއްޔެވެ؟ އަހަރެން އެފަދައިން ކަންތައް ކުރަމުން ދާނަމަ އަލްމަސީޙު ގެ ސަލީބު ގެ ވާހަކަ އަންގާދީ ކިޔާދެމުން މިދާ ދިންނެވުމުގެ ވާހަކަތަކާހެދި އަހަންނާމެދު އެއްވެސް ދެކޮޅުވެރިކަމެއް ނުވީހެވެ.
އޭގެބަދަލުގައި ތެދުބަހުން ވާހަކަ ދައްކައި އެކަކު އަނެކަކާ މެދު ލޮބުވެތި ގޮތުގައިވާނެއެވެ. އޭރުން އަހަރެމެން ހެދި ބޮޑެތިވަމުން ދާނީ އަލްމަސީޙާއި އެއްފަދައިންނެވެ. އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެއީ އެކަލޭގެފާނުގެ ބޮލާއި ހަށިގަނޑު ފަދައިންނެވެ. މި ހަށިގަނޑު އެކަލޭގެފާނު ގުޅުވައި ހިފެހެއްޓެވީ ފުރިހަމަ ގޮތުގައެވެ. އެއިން ކޮންމެ ގުނަވަނެއް އެ ގުނަވަނަކަށް ޚާއްސަ ކުރެވިފައިވާ މަސައްކަތެއް ކުރުމުން އެހެނިހެން ގުނަވަންތައް ހެދި ބޮޑެތިވުމަށް އެހީތެރި ވެދެއެވެ. އެހެންވީމާ، މުޅިހަށިގަނޑު ދުޅަހެޔޮ ކަމާއެކު ހެދިބޮޑުވެގެން ދަނީ ފުރިހަމަ ލޯތްބާއި އެކުގައެވެ.
މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެހީތެރިކަމުން އުނގަންނައިދޭ ތަކެތި ކަމުގައި ބުނެ ދަޢުވާ ކުރި ކަމުގައިވިޔަސް ގަބޫލު ނުކުރާށެވެ. އެއާ ޚިލާފަށް އެމީހަކު ބުނާ އެއްޗަކަށް ސަމާލުވެ ތިބެ އިމްތިޙާނު ކުރާށެވެ. އޭރުން އެފަދަ މީހެއްގެ އުނގަންނައި ދިނުމަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން އުނގަންނައިދޭ ތަކެތި ކަން ތިޔަބައިމީހުންނަށް ޔަޤީންވާނެއެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅަށް އެތަކެއް ދޮގު ނަބިއްޔުން ގޮސް ދެމުން ގެންދާ ޚަބަރަކީ މާތްރަސްކަލާނގެ ވަޙީބަސްފުޅުކަމުގައި އެމީހުން ދައުވާ ކުރަމުން ގެންދާނެ ކަމެވެ.
ތިޔަބައިމީހުން ކަންތައް ކުރި ގޮތާއި ތިޔަބައިމީހުން ކުރި ބުރަ މަސައްކަތް އަހަރެންނަށް އެނގޭ. އަދި ތިޔަބައިމީހުން ކެތްތެރިކަމާއެކު ހިފެހެއްޓި މިންވަރު ވެސް އަހަރެންނަށް އެނގޭ. ނުބައި ނުލަފާ މީހުން ތިޔަބައިމީހުންނަށް ޤަބޫލު ނުކުރެވޭކަން ވެސް އަހަރެންނަށް އެނގޭ. އަދި މަންދޫބުން ކަމުގައި ބަޔަކު ބުނަމުން ދިޔަ ހިނދު ތިޔަބައިމީހުން އެފަދަ މީހުން އިމްތިޙާނު ކުރި. އަދި ތިޔަބައިމީހުން ކުރި އިމްތިޙާނުން އެބައިމީހުން ފޭލްވުމުން އެއީ ދޮގުވެރިން ކަމުގައި ތިޔަބައިމީހުންނަށް އެނގުނު.